The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ނޫރުލްއިސްލާމް ރަމަޟާން 1430 ވެބްސައިޓަށް މަރުޙަބާ!

Category »  އެޑިޓޯރިއަލް
Friday, July 10, 2009
 : 

 

 

ރަމަޟާން މަހެއް ނިމި ގޮސް، އެ މަހުގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތުން ފިލައިގެން ނުދަނީސް އަނެއްކާވެސް އަނެއް ރަމަޟާންމަހެއް ބައްދަލުކުރަނީއެވެ.

ރަމަޟާން މަސް ނިމުމަށްފަހު، އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން މިވަނީ ރޯދައިން ލިބުނު ފައިދާތަކާއި ފިލާވަޅުތައް ހަނދާން ނައްތާލާފައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ވެފައި ވަނީ ރަމަޟާން މަހަށް އަޅުކަންކުރާ ބަޔަކަށެވެ. އެމަސް އައުމުން މިސްކިތާއި ކައިރިވެއެވެ. އަދި އެ މަސް ދިޔުމުން، މިސްކިތާއި ދުރުވެއެވެ.

ދިވެހި މުސްލިމު އަޚުންނާއި އުޚްތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމްދީނުގެ ނޫރުން ދިވެހި މުޖުތަމަޢު އަލިކޮށް އިސްލާމީ ރިވެތި އަޚުލާޤީ ސިފަތައް މުޖުތަމަޢުގައި ފެތުރުމަށް ނޫރުލްއިސްލާމް އިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއަށް އިތުރު ކުރެވޭ ބޮޅެއްގެ ގޮތުން މިއަދު ﷲގެ އިސްމު ފުޅުގެ ބަރަކާތުން އަޅުގަނޑުމެން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ހުށަހަޅާލަނީ މިއަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ނޫރުލްއިސްލާމްއިން ތައްޔާރުކުރާ (( ނޫރުލްއިސްލާމް ރަމަޟާން 1430 )) ޞަފްޙާތަކެވެ.

(( ނޫރުލްއިސްލާމް ރަމަޟާން 1430 ))ގެ އެޑްރެހަކީ [http://ramadan.noorul-islam.net   ] އެވެ.

 

މި ޞަފްޙާތަކުގައި މިހާރު އެކުލެވިފައިވަނީ ނޫރުލްއިސްލާމް ރަމަޟާން 1429 ޞަފްޙާތަކުގައިވާ ލިޔުންތަކާއި އަދިވެސް އެކި ފަރާތްތަކުން ނޫރުލްއިސްލާމަށް ލިބިފައިވާ ލިޔުންތަކެވެ.

މީގެ އިތުރަށް ރަމަޟާން މަހާ ގުޅޭ ސުވާލުތައް ކުރުމުގެ ފުރުޞަތުވެސް ކައިރި މުސްތަޤްބަލެއްގައި ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ސައިޓަށް ރަމަޟާން މަހާގުޅޭ ގޮތުން ތިޔަބޭފުޅުންގެ ލިޔުންތަކަށް އަޅުގަނޑުމެން މަރުޙަބާ ކިޔާ ވާހަކަ އުފަލާއެކު ދަންނަވަމެވެ. މިގޮތުން ރަމަޟާންމަހާ ގުޅުން ހުރި ކޮންމެ ލިޔުމެއް އަޅުގަނޑުމެން އުފަލާއެކު ޤަބޫލު ކުރާނެ ވާހަކަ ދަންނަވަމެވެ.

އަދި ހަމަ އެއާއެކު ނޫރުލްއިސްލާމް އާ ގުޅިގެން ރަމަޟާން 1430 ޞަފްޙާތަކާއެކު ކުރިއަށް ވަޑައިގަންނަވަން އެދިވަޑައިގަންނަވާ ވެބްސައިޓްތަކާއި ނޫސްތަކާއި މަޖައްލާތަކަށް އެކަމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިކަމަށް އެދިލައްވާ ފަރާތްތަކުން އަޅުގަނޑުމެންގެ އީމެއިލް އެޑްރެސް info@noorul-islam.net  ގުޅުއްވައިގެން މައުލޫމާތު ސާފު ކުރެއްވުން އެދެމެވެ.

މިސައިޓަށް ޒިޔާރަތް ކުރައްވާ ހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑުމެން އެދެނީ، ވީހާވެސް ގިނަ ބަޔަކަށް މި ސައިޓުގައިވާ މަޢުލޫމާތު ނުވަތަ މި ސައިޓުގެ އެޑްރެސް http://ramadan.noorul-islam.net   ފޯރުކޮށްދެވުމެވެ.

ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް އެ ހެޔޮކަން ކުރާމީހާއަށް ލިބޭ މިންވަރަށް ސަވާބާއި ދަރުމަ ލިބޭނެއެވެ. އެ ހެޔޮކަން ކުރާ މީހާއަށް ލިބޭ ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. އެހެންކަމުން މިފަދަ ސަވާބާއި ދަރުމަ ލިބުމުގެ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުމަށް ދަންނަވަމެވެ.

މިސައިޓުގައިވާ އެއްވެސް މާއްދާއަކުން ކުށެއް ފާހަގަ ކުރެއްވިއްޖެ ނަމަ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ އީމެއިލް webmaster@noorul-islam.net އަށް އީމެއިލްކޮށް އެކަން އެންގެވުން އެދެމެވެ.

17 ރަޖަބު 1430

10 ޖުލައި 2009

މުޙައްމަދު އަނީލް

ނޫރުލްއިސްލާމްގެ އެޑިޓަރ



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި