The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ފަރުޟު ހިނެއިން

Category »  ފިޤްހު
Tuesday, July 14, 2009
ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިއުޓީ އެޑިޓަރ)

ފަރުޟު ހިނެއިން ހިނައިގަންނަނީ ބޮޑު ޙަދަޘަކުން ޠާހިރުވުމަށް ޓަކައެވެ. އެއީ ޖުނުބު ވެރި ވުން، ޙައިޟުގެ ލޭ ކެނޑުން، ނޫނީ ނިފާސް ކަމުގެ ލޭކެނޑުމުންނެވެ. ޖުނުބުވެރި ވުމަކީ، ޙައިޟު ނިފާސް ކަމާ ޚިލާފަށް ދެ ޖިންސްގެ މީހުންނަށް ވެސް ދިމާވާ ކަމެކެވެ. ނިދީ ގައި އިޙްތިލާމް (މަނި ބޭރުވުން) ވެއްޖެ ނަމަވެސް މި ހިނެއިން ހިނައި ގަންނަން ޖެހޭ ނެއެވެ. މި ހިނެއިން ހިނައި ގަތުމަށް ދެގޮތެއް ވެއެވެ. ފުރަތަމައީ ތިމާގެ މަތިން އެ ފަރުޟު ކެނޑިގެން ދާ މިންވަރެވެ. މިގޮތަށް ހިނައި ގަންނައިރު ހިނެއުމުގެ ސުނަތްތައް ދޫކޮށް ފަރުވާތެރި ވަނީ ހިނެއުމުގެ ވާޖިބުތަކަށް އެކަނިއެވެ. އެއީ އެކަމަކުން ޠާހިރު ވެގަތުމަށް ހިތުން ނިޔަތްގަތުމާއި މުޅިހަށިގަނޑުގައި ފެންޖެހެނޭހެން ރީއްޗަށް ގަޔަށް ފެންއަޅާލައިގެން ފެންވަރާލުމެވެ. (ނިޔަތްގަތުމުގައި ދުލުން ނިޔަތް ކިޔާކަށް ނުޖެހޭނެއެވެ.) ޝަވަރުން، ދާނިން، ސުވިމިން ޕޫލުން، މޫދުން ފެންވެރުމަކުން މިކަމުގައި ތަފާތެއްނެތެވެ.

އަނެއް ގޮތަކީ ވާޖިބާއި ސުންނަތް ތަކަށް ފަރުވާތެރި ވެގެން ހިނައި ގަތުމެވެ. މިއީ ހިނައި ގަތުމުގައި އޮތް އެންމެ ފުރިހަމަ ގޮތެވެ. މިގޮތަށް ހިނައި ގަންނައިރު :-

·        ހިތުން ނިޔަތްގަތުމަށްފަހު ތިމާގެ ދެއަތް ކުޑަހުޅާ އެކު ވަރަށް ރަނގަޅަށް ދޮންނާށެވެ.

·        ޖުނުބު، ޙައިޟު ނޫނީ ނިފާސް ކަމުގެ ސަބަބުން ހުންނަ ހަޑިއެއް ފިލާވަރަށް ޖިންސީގުނަވަން ދޮންނާށެވެ.

·        ނަމާދަށް ވުޟޫކުރާ ގޮތަށް ރީއްޗަށް ވުޟޫ ކޮއްލާށެވެ.

·        ދެން މުޅި ހަށިގަނޑަށް ފެންއަޅައި ރީއްޗަށް ފެންވަރާލާށެވެ.

·        ދެން ފެނުން ތިން ފަހަރު ބޯ ދޮވެލާށެވެ.

·        ޙައިޟުން ނޫނީ ނިފާސް ކަމުން ހިނައި ގަންނަ މީހާ، އެ ލޭގެ ސަބަބުން ހުންނަ ނުބައިވަސް ކަނޑުވާލުމަށް މީރުވަސް ދުވާ އެއްޗެއް ބޭނުން ކުރުމަށް މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އިރުޝާދު ދެއްވައެވެ.

·        އިސްވެ ދެންނެވުނު ދެ ގޮތުގެ ތެރެއިން ކޮންމެ ގޮތަކަށް ހިނައިގަތް ކަމުގައި ވިޔަސް ނޭފަތާއި ކޯ ރަނގަޅަށް ދޮންނަން ވާނެއެވެ.



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި