The New Version Of Noorul-islam.Net
Noorul-islam.NET

 
 
 ނޫރުލްއިސްލާމް
##siteName##

މުޝްރިފްގެ ޤަލަމުން

» ހަފްތާގެ ބަސް 1 - އިސްލާމީ ޝަރީޢަތާއި ދިވެހިޖުމުހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް ދިވެހިރާއްޖޭގައި ޚިޔާލުފާޅެއް ނުކުރެވޭނެ
Sunday, March 28, 2010

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި އިންސާނާއަށް ހޯދަދީފައިވާ މަތިވެރި އަސާސީ ޙައްޤެކެވެ. ފިކުރުކުރުމާއި އެމީހާގެ ޚިޔާލަށް ފެންނަ އެއްޗަކާއި ބުއްދިއަށް ތަޞައްވަރުކުރެވޭ ކަމެއް އެކި ވަސީލަތްތަކުގެ އަލީގައި ބަޔާންކުރުމަކީ އިސްލާމްދީން މަނާކުރާ ކަމެއްނޫނެވެ. ބިނާކުރަނިވި ޚިޔާލުފާޅުކުރުމަކީ ތަރައްޤީއާއި ތަހުޒީބުގެ މައިބަނދަކަމުގައި އަޅުގަނޑު ދެކެމެވެ. ނަމަވެސް ހަނދާނަށް ގެންނަން ޖެހޭނެ ޙަޤީޤަތަކީ މިކަން ޤާއިމު ވެފައި އޮންނަން ޖެހޭނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކަމެވެ. އިސްލާމްދީނުގެ އަޞްލުތަކާއި ޚިލާފަށް ޚިޔާލުފާޅެއް ނުކުރެވޭނެއެވެ. މިސާލަކަށް ސުވަރުގެއާއި ނަރަކައަކީ އަކީ ޚިޔާލީ ތަނެއްކަމުގައި ބުނުމަކީ ކީރިތި ޤުރްއާނާއި އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ރިސާލަތު ތަކާއި އެންމެހައި ސަމާވީ ދީންތަކާއި މުޅިން ތަޢާރަޟްވާ ޚުރާފީ ޚިޔާލެކެވެ.

» ހުކުރު ދުވަހުގެ ޖަމާޢަތް އަޅައި ގަދަ ނިދީގައި ޣާފިލުވެފައި ތިބޭ މީހުން ބިރުވެތިވުން ހުއްޓެވެ.
Sunday, March 28, 2010

ހުކުރުގެ ނަމުން ނަންދެވިފައިވާ ޚާއްޞަ ސޫރަތެއް ކީރިތި ޤުރްއާނުގައި ﷲ ބާވާލައްވާފައިވެއެވެ. ހުކުރު ދުވަހު މުއުމިނުންގެ ޢަމަލާއި ސުލޫކު ބަހައްޓަންވާ ގޮތް ވަރަށް ރަނގަޅަށް އެސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. ހުކުރުދުވަހުގެ ޚާއްޞަ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތުގައި މެންދުރު ނަމާދުގެ ބަދަލުގައި ކުރެވޭ ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ މުސްލިމުންގެ އިޖުތިމާޢީ އުޚުއްވަތްތެރިކަން ރަމްޒުކޮށްދޭ ވަރަށް މަތިވެރި ނިޝާނެކެވެ. ހައިބަތާއި ޤަދަރު އުފުލިގެންވާ މުހިންމު އަޅުކަމެކެވެ. ނަމަވެސް ހިތާމަޔަކީ މިމަތިވެރި އަޅުކަމުގެ މަތިން ޣާފިލުވެފައި ވާ ބައެއް މުސްލިމުން އިސްލާމީ މުޖްތަމަޢުގެ ތެރޭގައި އުޅޭކަމެވެ.

» ޙަޟާރަތް ބިނާކުރުމުގައި އަންހެނުންގެ ދައުރު
Wednesday, March 24, 2010

ދުނިޔެ އާރަސްތުކުރުމާއި ޙަޟާރަތް ބިނާކުރުމުގައި އަންހެނުންގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެކަމަށް ދެކެވޭ ވާހަކަތަކަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޞްލު އުޞޫލުތަކާއި މުޅިން ތަޢާރަޟްވާ ވާހަކަތަކެކެވެ. ޙަޤީޤަތަކަށް އެނބުރި ދާއިރު އަންހެނާއަށް ދިރިހުރުމުގެ ޙައްޤާއި އަނިޔާވެރިކަމުން މިނިވަންވެގަތުމުގެ ފުރްޞަތު ހޯދައިދީ، އޭނާ އަކީ މަތިވެރި އިންސާނެއްކަމުގައި ހަދައިދިނީ އިސްލާމްދީންކަން އެނގިފާޅުވެއެވެ. މާތްވެގެންވާ އިސްލާމްދީނުގެ ދަންމަރުގެ އަލިކަން ދުނިޔެއަށް ފާޅުވެގެންދިޔައީ ދުނިޔޭގެ ބޮޑެތި ހަޟާރްތަކުގައި އަންހެނާއަށް ނިކަމެތިކޮށް ހިތާފައިވާ ޖަހާލަތުގެ އަނދިރި ދުވަސްވަރެއްގައި ކަން ތާރީޚު ހެކިދެއެވެ.

» އާ ކޮންމެ ކަމަކީ ހަމަ ބިދުޢައެއް ހެއްޔެވެ؟
Sunday, May 24, 2009

މުސްލިމު ޒުވާނުންނެވެ! އިސްލާމްދީނުގެ ނަމުގައި ތަފާތު ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢުތެރޭގައި ފެތުރެމުންދާއިރު އެވިސްނުންތަކުގެ ޙަޤީޤަތް ބެލުމެއްނެތި އެއަށް ނިސްބަތްވުމަކީ އެދެވޭގޮތެއްނޫނެވެ. އިސްލާމްދީނުގެ ޞައްޙަ މަޞްދަރުތަކުން މަޢްލޫމާތު ހޯދުމުގެ ޝައުޤުވެރިކަން ތިޔަ ޒުވާނުންގެ ހިތްތަކުގައި އުފައްދާށެވެ! އިތުބާރު ހުރި ޢިލްމުވެރީންނާއި ސުވާލުކުރާށެވެ. މާތް ﷲ ތިޔަ ޒުވާނުންނަށް ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ!

» ޓީވީ ޗެނަލްތައް އިސްލާމީ ޘަޤާފަތާ އެއްގޮތައް ކުރިއަށް ގެންދަވާށެވެ!
Thursday, April 16, 2009

މީޑިޔާގެ ތަފާތު ވަސީލަތްތަކުން މިވާހަކަތަކަށް ހިތާމައާއެކު ހަރުއަޑުން ގޮވަމުން އަންނައިރު، އަނެއް ކޮޅުން އެވަސީލަތްތަކުން މުޖުތަމަޢަށާއި އެޒުވާނުންނަށް މި ދެއްކެނީ މުޅިން އެހެން ތަޞައްވަރެކެވެ. ބަދުއަޚްލާޤީ މަންޒަރުކަތާއި އިސްލާމީ މުޖުތަމަޢެއްގެ މީޑީޔާއިން ފެނިގެން ނުވާނެ އެތައް މަންޒަރެއް ދެއްކެއެވެ. ކުޑަކުދީންނާއި ޒުވާނުންނަށް ދައްކަންނުވާނެ އެތައް މަންޒަރުތަކެއް ބައެއް ޗެނަލްތަކުން އާދެއެވެ. އަދި ބުދަށް އަޅުކަންކުރާ މަންޒަރާއި މާރާމާރީ ހިންގާ ތަންތަނާއި ރާބޯ މަންޒަރާއި ޖިންސީ ޣަރީޒާއަށް މަގުފަހިވާ އެތައް އެތައް މަންޒަރުތަކާއި، ހެދުންލައިގެން ނިވާނުވެ ތިބެ ނެށުމާއި، މިފަދަ ކަންތައްތައް ފެންނަމުންދާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

» އަޅުގަނޑުގެ ޤަލަމުން ފޯކައިދޫގައި ހިނގައިދިޔަ ޙާދިޘާ
Saturday, March 21, 2009

ށ. ފޯކައިދޫ އޮފީސް ބަންދުކޮށްގެން އެއްމަހާއި ނުވަ ދުވަސް ވެފައި ވަނިކޮށް އެރަށުގެ ރައްޔިތުންނަށް ދެމުން ދިޔަ އަސާސީ ޚިދުމަތްތައް ހުއްޓި ރަށުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދިފައިވީހިނދު، ދީނުގެ ފިޤުހީ ފަރުޢީ ޚިލާފެއް ހުރި މިފަދަ މައްސަލައަކާގުޅިގެން އެފަދަ ދަރަޖައަކަށް ކަންތައްތައް ދިއުމުން އެމައްސަލަ ޙައްލުކުރުމަށް އަޅުގަނޑު އެރަށަށް ދިޔައީމެވެ.

» މަސްޖިދުލްއަޤުޞާ ތިޔަ ބޭފުޅުންގެ ދުޢާއަކަށް އެދި ރޮނީއެވެ؟؟
Saturday, January 24, 2009

ކުރިއަށް އޮތް ގަރުނަކީ މާތް ﷲ އިރާދަކުރެއްވިއްޔާ އިސްލާމްދީނާއި، މުސްލިމުންގެ ޤަރުނެވެ. އެމެރިކާ ވެއްޓިގެންދަނީއެވެ. ނަޞްރާއި ނަޞީބާއި ކާމިޔާބު ލިބޭނީ މުސްލިމުންނަށެވެ

» ޣައިބަށް ކަށުނަމާދުކުރުމާމެދު އިސްލާމީ ފިޤުހުވެރީންގެ މެދުގައި އޮތް ޚިޔާލުތަފާތުވުމުގެ މައްޗަށް ނަޒަރެއް
Tuesday, November 25, 2008

ޣައިބަށް ކަށުނަމާދު ކުރުމަކީ ދީނުގެ ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ފިޤުހީ މައްސަލަތަކުން ކުރެ އެއް މައްސަލައެވެ. މި މައްސަލައިގައި ދަންނަބޭކަލުންގެ ހަތަރު ރައުޔެއް ވެއެވެ. އެހުރިހާ ރައުޔެއްވެސް ބުރަވަނީ ހަމަ ގާތްގަނޑަކަށް އެއް ދަލީލެއްގެ މައްޗަށެވެ.

» ވެރިކަން ހިންގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަކީ ޖަރީމާއެއް
Sunday, October 19, 2008

ﷲ ގެ ޝަރީއަތާ ޚިލާފު ނުވާގޮތަށް މުޖުތަޢުގެ ޢާއްމު މަޞްލަޙަތު ދެމެހެއްޓުމުގެ ގޮތުންނާއި، ޞުލްޙަވެރިކަން ޤާއިމުކުރުމަށާއި، ދައުލަތް އިންތިޒާމުކުރުމަށް، ވަޟްޢީ ޤާނޫނުތައް ހެދުމަކީ ޙާކިމަށާއި، އުއްމަތަށް އިޚުތިޔާލުލިބިގެންވާ ކަމެކެވެ.

» އެމެރިކާގެ ސަފީރު ދިވެހީންނަށް ޑިމޮކްރަސީގެ ފިލާވަޅުތައް ނަންގަވައިދެއްވަން ލަދުވެތިވެވަޑައި ނުގަންނަވަނީބާވައެވެ؟
Sunday, October 19, 2008

ފަހުގެ އަހަރުތަކުގައި އަދި ވަކީން ޚާއްޞަކޮށް ރައީސް ޖޯޖު ޑަބްލިޔު ބުޝްގެ އިދާރާއިން މުސްލިމުންނަށް ޑިމޮކްރަސީ ދަސްކޮށްދިނުމަށް ވަރަށް ގިނަގުނަ ފިލާވަޅުތައް ނަގައި ވަރަށް މަސައްކަތްކުރަމުން އެބަދެއެވެ.

ޞަފްޙާ ނަންބަރު:   1 2 3 4 > 
 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި