 މިދުވަސްކޮޅަކީ ފާއިތުވި އަހަރުގެ ފަހުކޮޅުގައި ބޭއްވުނު އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގެ ނަތީޖާއަށް އިންތިޒާރުގައި ތިބި ދަރިވަރުންގެ ހިތްތައް އަތްމައްޗަށް ލައިގެން ހަމަ ނިދި ނުނިދިފައި ތިބި ދުވަސްކޮޅެކެވެ. އެއީ އެކަން ވާނެ ގޮތް ވެސް މެއެވެ. އެތައް ރެއެއްގެ ފޮނި މީރު ނިދި ނަގާލާފައި ކުރި މަސައްކަތުގެ ނަތީޖާ ފާޅުކުރެވޭ ދުވަހެވެ. ނަތީޖާގެ އިންތިޒާރީ ވަގުތުގައި ދިވެހި ލޮބުވެތި ދަރިވަރުންނަށް ކުޑަކުޑަ ނަސޭހަތުގެ ބަހެއް ބުނެލަން ގަސްތު ކުރީމެވެ. އެއީ އަމިއްލަ ނަފްސަށާއި އެދަރިވަރުންނަށް އެއިން ފައިދާއެއް ލިބިގަނެވޭނެކަމުގެ އުއްމީދާއި ދުޢާއަށްފަހުގައެވެ. ކޮއްކޮމެންނޭވެ! މިއަދުގެ ނަތީޖާ ލިބޭ ވަގުތު ދަރިވަރުން ދެ ބަޔަކަށް ބެހިގެންދާނެއެވެ. |