The New Version Of Noorul-islam.Net
Noorul-islam.NET

 
 
 ނޫރުލްއިސްލާމް
##siteName##

ޚަބަރު

» ނޫރުލްއިސްލާމްގެ އަލަށް ފަރުމާކުރެވުނު ޞަފްޙާތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
Tuesday, May 11, 2010

ނޫރުލްއިސްލާމްގެ ކިޔުންތެރިންނަށް ފަސޭހަކުރުމަށް، ހުށަހެޅިފައިވާ ބައެއް ޚިޔާލުތަކަށް ރިޢާޔަތްކޮށް އަލަށް ފަރުމާކުރެވުނު ސައިޓު މިހާރުވަނީ އަޕްލޯޑު ކުރެވި ތަޖުރިބާ ކުރުމުގެ މަރުޙަލާގައެވެ. ޞަފްޙާތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުން ކޮމެންޓު ކުރެއްވުމުގެ ފުރުޞަތު، މިމަހުގެ 13 ވާ ބުރާސްފަތިދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

» ޑރ. ޒާކިރު ނައިކް ރާއްޖެއަށް ގެނައުމަށްޓަކައި ސްޕޮންސަރ ދޭންބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
Sunday, May 02, 2010

ދުނިޔޭގެ މަޤްބޫލުކަން ހޯއްދަވާފައިވާ ދުނިޔޭގެ އެންމެ މަޝްހޫރު ދާޢީންގެ ތެޜޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ ޒާކިރު ނައިކް ރާއްޖޭ ގެނައުމަށްޓަކައި ސްޕޮންސަރ ދޭން ބޭނުންވާ ފަރާތްތަކާއި ތަކެތީގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން އެކަމުގެ އެފުރުސަތު ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ އަހުމަދުﷲ ޖަމީލް ވިދާޅުވީ މިކަމަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީއާއި ގުޅުއްވައިގެން ނުވަތަ ލިޔުމަކުން އެކަން އެންގެވުން އެދިވަޑައިގަންނަވާކަމަށެވެ.

» ޑރ ޒާކިރު ނައިކްގެ ދަތުރުފުޅު ހަމަޖެހިފައިވަނީ މެއި މަހުގެ 25 އިން 31 އަށް: އިސްލާމިކް މިނިސްޓްރީ
Wednesday, April 14, 2010

ދުނިޔޭގެ މަޝްހޫރު ދާޢީ އަދި ކުޅަދާނަ ވާހަކަ ދެއްކުންތެރިޔާ ޑޮކްޓަރ ޒާކިރު ޢަބްދުލްކަރީމް ނައިކް ރާއްޖެވަޑައިގަންނަވާނީ އަންނަ މެއި މަހު 25 ން 31 އަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އެމިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައެވެ. މިދަތުރުގައި އަރިހުގައި ޑރ. ޒާކިރު ނައިކްގެ އަނބިކަބަލުންނާއި ޢާއިލާގެ ބޭފުޅުން ވަޑައިގަންނަވާނެއެވެ. މިދަތުރު ފުޅަކީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

» ޑރ. ޒާކިރު ނައިކް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ
Tuesday, April 06, 2010

ދުނިޔެއަށް އެންމެ މަޝްހޫރު ދާޢީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި ޕީސް ޓީވީ އިން އަޅުގަނޑުމެންނާއި “އެންމެ ރައްޓެހި، އެންމެ މަޤްބޫލް” ޑރ. ޒާކިރު ނައިކް އާއި އޭނާގެ ޢާއިލާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ޑރ. ޒާކިރު ނައިކް ރާއްޖެވަޑައިގަތުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާފައިވާ ދައުވަތު ޤަބޫލުފުޅުކުރައްވައި މިއަންނަމަހުގެ ފަހުކޮޅު ރާއްޖެވަޑައިގެން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިކަމަށް ނޫރުލްއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ. ޑރ. ޒާކިރު ނައިކްގެ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުން މިއަންނަ މަހުގެ ފަހުކޮޅުގައި ރާއްޖެއަށް ޑރ. ޒާކިރުގެ ލެކްޗާރ ދަތުރެއް ވަނީ ހަމަޖެހިފައެވެ.

» ދިވެހި ސިފައިންނަށް ޝައިޚް އިލްޔާސް ދެއްވަން ހަމަޖެހިފައި އޮތް ދީނީ ދަރުސް ސަރުކާރުން ހުއްޓުވައިފި
Wednesday, March 17, 2010

ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ދިވެހި ސިފައިންގެ އިސްބޭފުޅުންގެ އިންތިޒާމު ކުރައްވައިގެން ސިފައިންނާއި މުޚާޠަބު ކުރައްވައި ދިވެހިރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވުމަށް ހަމަޖެހިފައި އޮތް ދީނީ ދަރުސް ދިވެހިސަރުކާރުން ހުއްޓުވައިފިއެވެ. އިންޓަނެޓުގެ ވެބްސައިޓެއްގައި އޮތް ޚަބަރަކާއި ގުޅިގެން ނޫރުލްއިސްލާމް ޓީމުގެ ފަރާތުން ޝައިޚް އިލްޔާސް ޙުސައިން އަށް ގުޅުމުން ޝައިޚް ވަނީ މި ޚަބަރު ކަށަވަރު ކޮށްދެއްވާފައެވެ.

» މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ހުއްދަ ނުދެއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
Sunday, February 28, 2010

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ނުދޭގޮތަށް ދާދި ދެންމެއަކު ސަރުކާރުން ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ އިސްލާމިކް އެފެއާޒާއި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާމެދު ބޭއްވި މަޝްވަރާތަކަކަށް ފަހުގައެވެ. ބަނގުރަލާއި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުމާއި ދެކޮޅަށް މިމަހުގެ 26 ވީ ހުކުރު ދުވަހު ވަނީ މުޅި ރާއްޖޭގައި ބޮޑު މުޒާހަރާއެއް ކޮށްފައެވެ.

» ދިވެހިރާއްޖޭގައި މީހުންދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގައިގެން ނުވާނެ - މަދަނީ އިއްތިޙާދު
Thursday, February 25, 2010

ރާއްޖޭގެ އެކިކަން ކޮޅުތަކުން މަދަނީ ޖަމިއްޔާތަކާއި، ކްލަބްތަށް ބައިވެރިވެފައިވާ މަދަނީ އިއްތިޙާދުން މަސައްކަތްކުރަމުންދަނީ، ދިވެހިރާއްޖޭގެ މީހުން އުޅޭ އެއްވެސް ރަށެއްގައި ބަނގުރަލުގެ އެއްވެސް މުއާމަލާތެއް ހިންގުން ހުއްދަކުރުމާއި ދެކޮޅަށްކަމަށް މަދަނީ އިއްތިޙާދުން ހާމަކުރައްވާފިއެވެ. މިހެން ހާމަކުރެއްވީ، މިއަދު ޓެލެވިޜަން މޯލްޑިވްސުން ވަގުތުން ލައިވް ކުރި ނޫސް ކޮންފަރެއްސެއްގައި ވާހަކަ ދައްކަވަމުން އައްޝައިޚް މުޙައްމަދު ދީދީއެވެ.

» 1431 ވަނައަހަރު ޙައްޖަށް މީހުންގެންދިއުމުގެ ހުއްދަ 6 ޖަމާޢަތަކަށް ދެއްވައިފި!
Friday, January 29, 2010

މިއަހަރު (1431ވަނަ އަހަރު) ދިވެހިރާއްޖެއިން ޙައްޖަށް ގެންދިއުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއި، އޭގެ ތެރެއިން ޙައްޖަށް ގެންދިއުމަށް ހުއްދަ ދެވިފައިވާފަރާތްތައް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާޒުން އިޢުލާން ކުރައްވައިފިއެވެ. ތިރީގައި މިވަނީ އެކަމާ ގުޅޭގޮތުންނާއި އަދި ގުރޫޕްތަކަށް ކޯޓާ ދެވިފައި ޢަދަދު ބަޔާންކުރައްވައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތެވެ.

» ޙައްޖަށް މީހުން ގެންދިއުމަށް ކުރިމަތިލާފައިވަނީ ތޭރަ ޖަމާޢަތަކުން ކަމަށް އިސްލާމިކް އެފެއާޒުން ހާމަކުރައްވައިފި
Monday, January 25, 2010

ސާދަސަތޭކަ އެއްތިރީސްވަނައަހަރު ރާއްޖެއިން ޙައްޖަށް ދާމީހުން ގެންދިއުމަށް ކުރިމަތިލާފައިވަނީ ތޭރަފަރާތަކުން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ހާމަކުރައްވައިފިއެވެ. އެމިނިސްޓްރީގެ ވެބްސައިޓުގައި ހާމަކުރައްވާފައިވާގޮތުގައި މިއަދު ދޭއްޖެހުމާ ހަމައަށް ހުޅުވާލެވިފައި އޮތް މިފުރުޞަތުގައި ކުރިމަތިލާފައިވަނީ 13 ޖަމާޢަތަކުންނެވެ. ޖަމާޢަތްތަކުން ހުށަހެޅި ހުށަހެޅުންތައް އިސްލާމިކް އެފެއާޒުން ދިރާސާ ކުރެއްވުމަށްފަހު މާދަމާގެ 16.00ގެކުރިން ހާމަކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

» ވަރަށް ގިނަ މީހުން އިރުކޭތަ ނަމާދުގައި ބައިވެރިވި
Sunday, January 17, 2010

ހުކުރު ދުވަހު ހިފިއިރުކޭތައާއި ގުޅިގެން ކުރެވުނު ކޭތަނަމާދުގައި އާދަޔާ ޚިލާފަށް ގިނަމީހުން ބައިވެރިވިއެވެ. މިހެން ވުމުގެ ސަބަބުތަކުގެ ތެރޭގައި އިރުކޭތައިގެ އެނިޔުލަރ ފޭސް ސީދާ ހުކުރުވަގުތާ ދިމާވުމުގެ އިތުރުން މެންދުރު ނަމާދުގެ ބަންގީގެފަހުން ހުކުރުނަމާދުގެ ކުރިން ކޭތަނަމާދުކުރުމަށް ހަމަޖައްސާފައިވުމާއި، ކޭތަނަމާދުކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމާބެހޭ ފަރާތްތަކުންނާއި ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރި މަޢުލޫމާތުތަކާއި އަދި އުފެދުނު ހޭލުންތެރިކަން ހިމެނެއެވެ. އެހެން އެވެސް ފަހަރަކު މީހުންނަށް ހާމަނުކޮށްދޭވަރަށް ޓީވީ މޯލްޑިވްސް އިން އިރުކޭތަ އާބެހޭ މަޢްލޫމާތު ގެނެސްދިނުމުގައި ލިބިދިން ދީނީ މަޢްލޫމާތާއި އިރްސާދުތައް ގިނަގުނައެވެ.

ޞަފްޙާ ނަންބަރު:   1 2 3 4 5 > 
 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި