The New Version Of Noorul-islam.Net
Noorul-islam.NET

 
 
 ނޫރުލްއިސްލާމް
##siteName##

ލައިބްރަރީ

» عُلُومُ الحَدِيثِ (ޢުލޫމުލް ޙަދީޘް) - ޙަދީޘް ޢިލްމު
Monday, April 26, 2010

މިއީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ރިވާކުރުމާބެހޭ އުޞޫލުތައް އެފޮތެއްގައި ވަރަށް ސާދާ ތިލަބަހުން ލިޔެވިފައިވާ ފޮތެއް ކަމުގައިވާ "تَيسِيرُ مُصْطَلَحِ الحَدِيْثِ" މިފޮތުގެ ދިވެހި ތަރުޖަމާއެވެ. މިފޮތް ލިޔުއްވާފައިވަނީ ޑރ. މަޙްމޫދު ޠައްޙާނެވެ. މިއީ މިހާތަނަށް މި މައުޟޫޢުގެ ފޮތެއް މިހާ ތިލަ ޢިބާރާތުން ދިވެހިންނާ ހަމައަށް ފޯރި ފުރަތަމަ ފަހަރެވެ. މި ފޮތް މިސައިޓުގައި ޝާއިޢު ކުރުމަށް ދެއްވިކަމަށްޓަކައި ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤް މުޙައްމަދަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ޝައިޚަށާއި އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމެވެ.

» ޙިޞްނުލްމުސްލިމް
Sunday, January 31, 2010

މިއީ ފަޟީލަތުއްޝައިޚް ޑރ ސަޢީދު ބުނު ޢަލީ އަލްޤަޙްޠާނީ އެކުލަވާލައްވާފައިވާ ވަރަށްފުރިހަމަ އަތްމަތީ ދުޢާ ފޮތެއްގެ ތަރުޖަމާއެވެ. މިފޮތްވަނީ ދުނިޔޭގެ އެތައް ބަހަށް ތަރުޖަމާ ކުރެވިފައެވެ. މިފޮތް ދިވެހިބަހަށް ތަރުޖަމާ ކުރައްވާފައިވަނީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް (ޅ.ނައިފަރު) އެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި ފޮތުން ފައިދާ ހޯދުމުގެ ތައުފީޤް އެންމެހާ ދިވެހިންނަށް ދެއްވާށި! އާމީން...

» ޢިޝްޤީ ބަލީގެ ފަރުވާ
Thursday, January 14, 2010

މިއީ ފަޟީލަތުއް ޝައިޚް އިދްރީސް ޙުސައިން، މީގެ އަށެއްކަ އަހަރު ކުރިން އަލްމަދްރަސަތުލް އިސްލާމިއްޔާއިން ނެރުއްވި ދީނީ ސިލްސިލާ (ހިދާޔަތުގެ ނޫރު) ގެ ދަށުން ލިޔުއްވި ފޮތެކެވެ. މިފޮތުގައި ލޯބީގެ ބާވަތްތަކާއި، އޭގެ ޙަޤީޤަތާއި އަދި ޢިޝްޤީ ލޯބީގެ ފަރުވާއަށް އަލިއަޅުއްވައި ލިޔުއްވާފައިވެއެވެ.

» މައްޔިތާގެ ހަދިޔާ
Saturday, December 19, 2009

ތިޔަބޭފުޅުންގެ އަތްޕުޅުގައި މިވަގުތު ތިޔަ އޮތް ކުޑަކުޑަ، އެކަމަކު ބޭނުންތެރި ފޮތަކީ، ފަޟީލަތުއްޝައިޚް ޢަބްދުއްލަތީފް ޢީސާ ނަމަކަށްކިޔުނު ބޭކަލަކު ލިޔުއްވާފައިވާ ފޮތެކެވެ. މައްޔިތާއަށް ހެޔޮ އެދިގެން ކުރުމަށް އަންގަވާފައިވާ ކަންތައްތައް ކީރިތި ޤުރްއާނާއި މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގެ އަލީގައި މިފޮތުގައި ބަޔާންކުރައްވާފައިވަނީ ކިޔާ އެއްވެސް މީހަކަށް އޮޅުމެއް ނުވާފަދަ ސާފުސީދާ ޢިބާރާތުންނެވެ. ފޮތުގެ ބޭނުންތެރިކަމަށްޓަކައި ދިވެހި ބަހަށް ތަރުޖަމާކޮށްލާ ހިތްވީ އަޅުގަނޑުމެންގެ މުސްލިމު އަޚުންނަށް މިފޮތުގެ މަންފާ ޢާއްމުވުން އެދިގެންނެވެ. އަޅުގަނޑުގެ އެދުމަކީ މިހާރު ނިޔައުވެފައިވާ އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނަށް މިފޮތްވިދާޅުވާ ބޭފުޅުން ހެޔޮ ދުޢާ ކޮށްދެއްވުމެވެ. އަދި މިމަސައްކަތަކީ ﷲ ގެ ރުއްސެވުން އެދިގެން ކުރެވުނު އިޚްލާޞްތެރި މަސައްކަތެއްކަމުގައި ލެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

» އިސްލާމްދީނާއި ޑިމޮކްރަސީ
Sunday, October 04, 2009

މިފޮތުގައި، ވެރިކަމުގެ ބާރު ލިބިގެންވަނީ ކޮންފަރާތަކަށް ކަމާއި، މިކަމުގައި އިންސާނާގެ ދައުރަކީ ކޮބައިކަން ހާމަ ކުރައްވާފައިވެއެވެ. ހަމައެހެންމެ އިސްލާމީ ދައުލަތެއްގެ އިސްވެރިކަން އަންހެނަކާ ޙަވާލު ނުކުރެވޭނޭކަން ވެސް ދަލީލުތަކުގެ އަލީގައި ވަރަށް ރަގަޅަށް ބަޔާން ކުރައްވާފައިވެއެވެ.

» ކުޑަކުދިންގެ ކިއްލާ
Friday, April 17, 2009

މި ކުޑަކުޑަ ފޮތުގައި އަޅުގަނޑު މި ހުށަހަޅާލަނީ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައި ވާރިދުވެފައިވާ ބައެއް ދުޢާތަކެވެ. ދުޢާތައް ހުށަހެޅުމުގައި ކުޑަކުދިންނާއި ގުޅޭފަދަ ގޮތަކަށް، އެކުދިން ޝައުޤުވެރިވާފަދަ ގޮތަކަށް ހުށައެޅުމަށް މަސައްކަތް ކުރީމެވެ.މި ފޮތުގައި އެކުލެވިގެންވާނީ 30 ދުޢާއެވެ.

» ނަމާދުގައި އަޑުހަރުކޮށް ބިސްމި ކިޔުމަކީ ސުންނަތާ ދުރުގޮތް ހެއްޔެވެ؟
Sunday, February 22, 2009

بسم އަކީ سورة النمل ގެ30 ވަނަ آية ގެ ބައެއްކަމުގައި ދީނުގެ ދަންނަބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. ޤުރްއާނުގެ އެހެންތަންތަނުގައި ބިސްމި ވާރިދުވެފައިވުމާއި އަދި، ބިސްމިއަކީ އަލްޙަމްދު ސޫރަތުގެ އާޔަތެއްތޯ ނުވަތަ ނޫންތޯ އާމެދު ޢިލްމުވެރިންގެ މެދުގައި ރައުޔުތައް ތަފާތުވެފައިވެއެވެ. މިހެންކަމުން މިތަފާތުތަކާ ހުރެމެ ނަމާދުގައި އަޑުހަރުކޮށް ކިޔުމާއި ނުކިއުމުގެ ޚިލާފު އެބޭކަލުންގެ މެދުގައި ފުޅާވެގެންދިޔައެވެ.

» ކައިވެނީގެ މޭވާ އަންނަ ހިނދު ....
Saturday, February 07, 2009

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ދަރިއަކު އުފަންވުމުން އެކުއްޖާގެ ޙައްޤުގައި ކުރުމަށް ކަނޑައެޅިފައިވަނީ ކޮންކޮން ކަންތައްތަކެއް ކަމެއް ނޭނގޭ މީހުންނެވެ. ވުމާއެކު މި ކުޑަ ލިޔުންކޮޅުގެ މަގުސަދަކީ ދަރިއެއް ލިބުނީމާ ކަންތައް ކުރަންވީ ގޮތް ކުރުގޮތަކަށް ނަމަވެސް ގެނެސްދެވޭތޯ މަސައްކަތް ކުރުމެވެ.

» ކެއިންބުއިމުގެ އަދަބުތައް
Tuesday, January 20, 2009

މިއީ ސުއްނަތްވެގެންވާ ދުޢާގެ ދެވަނަ ބައެވެ. މިފޮތުގައި އަޅުގަނޑު ގެނެސްފައި ވަނީ ނަމާދުތަކުގެ ތެރޭގައްޔާއި އޭގެ އިސްފަހުގައި ކިޔުމަށް ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައި ހުރި ބައެއް ދުޢާތަކެވެ.

» ސުއްނަތްވެގެންވާ ދުޢާ - 2 [ނަމާދުގެ ދުޢާތަކާއި އޭގެ މާނަ]
Tuesday, January 13, 2009

މިއީ ސުއްނަތްވެގެންވާ ދުޢާގެ ދެވަނަ ބައެވެ. މިފޮތުގައި އަޅުގަނޑު ގެނެސްފައި ވަނީ ނަމާދުތަކުގެ ތެރޭގައްޔާއި އޭގެ އިސްފަހުގައި ކިޔުމަށް ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައި ހުރި ބައެއް ދުޢާތަކެވެ.

ޞަފްޙާ ނަންބަރު:   1 2 3 > 
 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި