 ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެހިނދު ﷲ ތަޢާލާ ޖިބްރީލްގެފާނު އެކަލޭގެފާނުގެ އަރިއަހަށް ފޮނުއްވިއެވެ. އަދި އެއިލާހު މޮޅަށް ދެނެވޮޑިގެންވާ ޙާލު ވަޙީ ކުރެއްވިއެވެ. [އޭ ޖިބްރީލެވެ! މުޙައްމަދުގެފާނާއި [ޞައްލަﷲ ޢަލައިހި ވަސައްލަމް] ސުވާލު ކުރައްވާށެވެ! ކަލޭގެފާނު ކީރިތި ކުރައްވަނީ ކީއްވެތޯއެވެ؟] އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ދެންނެވިއެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ކީރިތި ކުރައްވަނީ ކޮންކަމަކާއިމެދު ތޯއެވެ؟] |