 ޢާއިޝާ އަކީ ސްކޫލްގައި އެހާ 'މަޝްހޫރު' ކުއްޖެއް ނޫނެވެ. އޭނާއަކީ ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ކުލާހުގެ ހުރިހާކުދިންނާއި މުދައްރިސުން އޭނާއަށް އިޙްތިރާމް ކުރެއެވެ. އެއީ ބަސްއަހާ ކުދިންދެކެ އެންމެންވެސް ލޯބިވާތީއެވެ.ޢާއިޝާގެ ޢުމުރުން މިހާރު 12 އަހަރުވެއްޖެއެވެ. މިހާރަކަށް އައިސް ޢާއިޝާގެ މޫނުމަތިން މޮޅިވެރިކަމެއް ޢާއިޝާގެ މަންމައަށް ފާހަގަ ކުރެވެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ މެދު ވިސްނާހެންނެވެ.
|