Noorul-islam.NET :: ފޮޓޯހުރި ހެދުމެއް ލައިގެން ނަމާދުކުރުން
ފޮޓޯހުރި ހެދުމެއް ލައިގެން ނަމާދުކުރުން
Category »  ފިޤްހު

ތާރީޚް: 26 ޑިސެމްބަރު 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ޖަނަވާރާއި އެނޫންވެސް އެފަދަ ފުރާނަލީ އެއްޗެހީގެ ފޮޓޯ ޖަހާފައިހުރި ތަންތަނާއި ބުދު ބަހައްޓާފައި ހުންނަ ތަންތަނުގައި ނަމާދުކުރުމީ މަކުރޫހަވެގެންވާ ކަމެކެވެ. ހަމަ އެހެންމެ ފުރާނަލީ ތަކެތި ޖަހާފައި ހުންނަ ހެދުން ލައިގެން ނަމާދުކުރުމީ ވެސް މަކުރޫހަވެގެންވާ ކަމެކެވެ. އެފަދަ އެއްޗެއް ހުރި މުސައްލައެއްގައި ނަމާދު ކުރުންވެސް މަކުރޫހަވެގެން ވެއެވެ. މިއީ ނަމާދު ބާޠިލްވާ ކަމެއް ނޫނެވެ.

މިއާ ޚިލާފަށް ގަސްފަދަ ފުރާނަނެތް މަންޒަރު ހުރި ތަކެތި ހުރުމީ ހުއްދަވެގެންވާ ކަމެކެވެ. އެފަދަ ތަކެތީގެ ސަބަބުން ނަމާދުކުރާމީހާގެ ޚުޝޫޢުވެރިކަން ގެއްލޭނަމަ އެކަންވެސް މަކްރޫހަ ވެގެން ވެއެވެ.

މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުންގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ގަނޑުވަރުގައި ތިމަންކަމަނާ ދަންމަވާފައި ހުންނަ ފޮތިގަނޑެއް ހުރެއެވެ. އޭގައި ފުރާނަލީ އެއްޗެހީގެ ކުރެހުންތަކެއް ހުއްޓެވެ. ކީރިތި ރަސޫލާ صلى الله عليه وسلم  އެއާ ދިމާއަށް ހުންނަވައިގެން ނަމާދުކުރަށްވާ ހައްދަވަތެވެ. އެއްދުވަހު ތިމަންކަމަނާއަށް އެންގެވީ އެފޮތިގަނޑު އެކަލޭގެފާނާ ދުރަށް ޖެއްސުމަށެވެ. ދެން ތިމަންކަމަނާ އެފޮތިގަނޑު ފަޅިކުރައްވައިގެން އެއިން ދެބާލީސް ފެއްސެވީމެވެ.[1] 

އަދި މިފޮތިގަނޑާ ބެހޭގޮތުން މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނުންގެ ކިބައިން ރިވާވެގެން ވެއެވެ. އިތުރު އެކަލޭގެފާނު ޢާއިޝަތުގެފާނަށް ޙަދީޘުކުރެއްވިއެވެ. "އެފޮތިގަނޑުގައި ހުރި ކުރެހުމުގެ ސަބަބުން ތިމަންކަލޭގެފާނަށް ނަމާދަށް ހުންނަވާއިރު ޚިޔާލުއައިސް އުނދަގޫފުޅު ވަނީއެވެ. އޭތިގަނޑު ދުރަށް ޖައްސައިލާށެވެ! މިއެވެ.[2]

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ ނަމާދުކުރާނީ ކިހިނެއް؟ މިފޮތުން ނަގާފައިވާ ލިޔުމެކެވެ.[1] ރިވާކުރެއްވީ އިމާމު ބުޚާރީއެވެ.

[2] ރިވާކުރެއްވީ އިމާމު ބުޚާރީއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި