Noorul-islam.NET :: މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ މުދީރު ދިވެހިރާއްޖޭގައި
މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ މުދީރު ދިވެހިރާއްޖޭގައި
Category »  ޚަބަރު

ތާރީޚް: 25 ޑިސެމްބަރު 2010

 : 

މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ މުދީރު ޑރ. މުޙައްމަދު ބުނު ޢަލީ އަލްޢުޤްލާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނުގެ ވަގުތެއްގައި މާލެވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު އެނބުރި ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ މަގުމަތީގައި ކުރައްވާ ނުރަސްމީ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ އަރިހުގައި ޔުނިވާސިޓީގެ އިސް ބައެއް ބޭފުޅުން ވަނީ މިއަދު ރާއްޖެ ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ޑރ. ޢަބްދުލްޢަޒީޒް އަލްއަޙްމަދީ އާއި ޑރ. މަޙްމޫދް ޤަދްޙު އާއި ޑރ. ޢަބްދުލްޢަޒީޒް އައްޠުވައިޙާން އާއި މުދީރު ޑރ. ޢުޤްލާގެ ދަރިކަލުން ޠާރިޤް އަލްޢުޤްލާ ހިމެނިވަޑައިގަންނަވައެވެ.

ދިވެހި ރާއްޖެއިން އިސްލާމިކް ޔުނިވާސިޓީގެ މުދީރު ޑރ. މުޙައްމަދު އަލްޢުޤްލާއަށް މަރުޙަބާ ދަންނަވާފައިވަނީ މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި މިނިސްޓްރީގެ އިސްވެރިންނެވެ.

ނޫރުލްއިސްލާމަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ، ޑރ. އަލްޢުޤްލާގެ ވަފްދުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާދަމާގެ ވަގުތެއްގައި ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިސްލާމިކް ޔުނިވާސިޓީއިން ތަޢުލީމު ޙާޞިލުކޮށްގެން ތިއްބެވި ގިނަ ޢިލްމުވެރިންތަކެއް މިއަދު ދިވެހިރާއްޖޭގައި އެބަ ތިއްބެވިއެވެ. އަދި އެބޭފުޅުން ދަނީ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި ދީނުގެ ޞައްޙަ ތަޢުލީމު ދިވެހިންނަށް ފޯރުކޮށްދެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މީގެ އަސަރު ދިވެހިރާއްޖޭގެ އުތުރާއި ދެކުނުން މިދަނީ ފެންނަމުންނެވެ.

އިސްލާމިކް ޔުނިވާސިޓީގައި މިހާރުވެސް ދިވެހި ފަސްދޮޅޮހެއްހާ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުން ގެންދެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި