Noorul-islam.NET :: އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށްފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫން- ޝަހީމް
އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށްފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫން- ޝަހީމް
Category »  ޚަބަރު

ތާރީޚް: 19 ޑިސެމްބަރު 2010

އަޞްލު : މިއަދު ނޫސް

އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށް ފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫންކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮ އިސްލާމިކް އެފެއަރޒް އަދި ނޫރުލްއިސްލާމްގެ މުޝްރިފް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

17 ޑިސެމްބަރ 2010 ވީ ހުކުރު ދުވަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ގައި ދެއްވި ހުކުރު ޚުތުބާގައި ސްޓޭޓް މިނިސްޓަރ ޝަހީމް ވިދާޅުވިގޮތުގައި އިސްލާމީ އުންމަތާމެދު އަނިޔާވެރިވެފައިވާ، އަދި މުސްލިމުންގެ ބިން ޣަޞްބުން ފޭރިގަނެ އެތަނުގެ އަހުލުވެރިން އެތަނުންބޭރުކޮށް އެއްވެސް އިންސާނިއްޔަތުކަމެއްނެތި  މުސްލިމުން ޤަތުލުކުރަމުންދާ ޔަހޫދީ ޒަޔަނިސްޓުންނާއި ގުޅުން ބަދަހިކޮށް އެ އަނިޔާވެރިންގެފަރާތުން އިންސާނީ އެހީގެ ނަމުގައި އެހީ ހޯދުމަކީ މުސްލިމުން ކޮށްގެންވާނެކަމެއްނޫންކަމަށެވެ.

ޝަހީމް އަދިވެސް ވިދާޅުވިގޮތުގައި މުސްލިމުން ދުޝްމަންވަނީ މުސްލިމުންގެ ބިމަށް އަރައި، މުސްލިމުންގެ މުޤައްދަސްތަންތަނުގެ ޙުރުމަތް ކަނޑާލައި އަނިޔާވެރިވެފައިވާ މީހުންދެކެ އެކަންޏެވެ. އަދި އެނޫން އެހެން ބަޔަކު ދެކެ މުސްލިމުން ރުޅިވެރިކަން އިސްކޮށްގެންނުވާނެކަމަށެވެ.

ސިޔާސީގޮތުން ޣައިރު މުސްލިމު ޤައުމުތަކާއި ގުޅުން ޤާއިމުކުރުމާއި، މުޢާހަދާތައް ޤާއިމުކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ޤާއިމުކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް އިސްލާމީ އުންމަތާމެދު އަނިޔާވެރިވެފައިވާ، އަދި މުސްލިމުންގެ ބިން ޣަޞްބުން ފޭރިގަނެ އެތަނުގެ އަހުލުވެރިން އެތަންބޭރުކޮށްފައިވާ ބަޔަކާ ގުޅުންތައް ޤާއިމުކުރުމަކީ ކަނޑައެޅިގެން ދީން މަނާކުރާކަމެވެ. އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެކެވެ. އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށް ފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫނެވެ. ޝަހީމް ވިދާޅުވިއެވެ.

ޙައްދުފަހަނައަޅާފައިވާ ޔަހޫދީން އިންސާނިއްޔަތާ ޚިލާފަށް ހިންގާ ޢަމަލުތަކާ ދެކޮޅު ހެދުމަށް  އަންހެނުންނާއި ފިރިހެނުން ބައިވެރިވުމަށް ޝަހީމްވަނީ ހުކުރު ޚުތުބާގައި ގޮވާލާފައެވެ. އަދި އެއީ ދީނާއި ޤައުމާއި، މުސްލިމުންގެ ތާޜީޚަށްޓަކައި ދޭންޖެހޭނެ މެސެޖެއްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ މުސްލިމު އަޚުންގެ ޙައްޤުޤައެވެ. ޤަރުނަކާ ގާތްވަންދެން ޙިޞާރުކުރެވިފައިވާ އަލްމަސްޖިދުލްއަޤްޞާގެ ދިފާޢުގައި ޖިހާދުކުރާ މުޖާހިދުންނާ ބައިވެރިވުމުގެ ގޮތުންނެވެ. ފަލަޞްޠީނުގެ ބަނޑަށް މަރުވަމުންދާ ކުޑަކުދީންނާއި އަނިޔާލިބިފައިވާ އަންހެނުންނާއި، މުސްކުޅިންނާއި ބައިވެރިވުމުގެ ގޮތުންނެވެ. އަދި އިންސާނިއްޔަތަށްޓަކައި ވެސް މެއެވެ. ޝަހީމް ވިދާޅުވިއެވެ.

އަދި ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ކޮންމެހެން ކުރަން މަޖްބޫރު މުޢާމަލާތެއް ފިޔަވައި އެހެން އެއްވެސް މުޢާމަލާތެއް ލާއިންސާނީ ދައުލަތާއެކު ނުކުރެއްވުމަށާއި، އަޅުގަނޑުގެ މެންގެ މައްޗަށް ސިޔާސަތު އިމްލާއު ކުރާ ބަޔަކަށް އެބައިމީހުން ނުހެއްދެވުމަށް ދައުލަތުގެ ވަލިއްޔުލްއަމްރަށާއި އެންމެހާ މުއައްސަސާތަކަށް ސްޓޭޓް މިނިސްޓަރ ޝަހީމްވަނީ ގޮވާލައިފައެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި