Noorul-islam.NET :: މަދަނީ އިއްތިހާދުގެ ފަރާތުން ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުއްވި 22 ނުކުތާގެ ޤަރާރު
މަދަނީ އިއްތިހާދުގެ ފަރާތުން ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުއްވި 22 ނުކުތާގެ ޤަރާރު
Category »  ޚަބަރު

ތާރީޚް: 10 އޮކްޓޯބަރ 2010

 : 

بسم الله الرحمن الرحيم

 

މޯލްޑިވިއަން ސޮސައިޓީ ފޯރ އިސްލާމިކް ރިސާރޗް

މ. ފިނިރޯޅި / އަމީނީމަގު

މާލެ / ދިވެހި ރާއްޖެ

 

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބޭހޭ ކޮމިޓީއަށް

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

         އަޅުގަނޑުމެންނަކީ ދީނީ އަދި އިޖްތިމާޢީ ގޮތުން ޤައުމުގެ މުސްތަޤްބަލުގައި ފަހުން ނިކުމެދާނޭ ހައްލު ނުކުރެވޭފަދަ ބޮޑެތި ނުރައްކާތެރި މައްސަލަތައް ޙައްލުކޮށް އެކަންކަން އިސްލާޙް ކުރުމުގެ މަތިވެރި މަޤްސަދުގައި އިއްތިހާދުވެފައިވާ މަދަނީ ޖަމިއްޔާ ތަކެކެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި އިދިކޮޅަށް، ފާއިތުވީ ތަނުގައި އަޅުގަނޑުމެން ވާނީ އަޑު އުފުލާފައެވެ. އަދި މިހާރު ދިވެހިރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ގެ ތަޢްލީމީ ސިޔާސަތާއި އިދިކޮޅަށް އަޑުއުފުލަމުން ދާ ބަޔަކީމެވެ. މިގޮތުން ކަމުގެ ޚުތޫރަތްތެރި ކަމާއިހުރެ މިއީ މިކަންކަމަށް ރިޢާޔަތް ނުކުރެވިއްޖެނަމަ އަޅުގަނޑުމެންގެ ލޮލަށް އަދިފެނިފައިނުވާ، އަންނާންއޮތް ބޮޑު ސިންގާ ޤައުމީ، ދީނީ އަދި އިޖްތިމާޢީ ނުރައްކަލަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވެމުންދާ ކަމެކެވެ. އަދި މިއީ ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް ކުރައްވަމުން ގެންދަވާ ބޮޑު ޚިޔާނަތެއް ކަމުގައި އަޅުގަނޑުމެން ދެކޭތީ މިކަން ތިޔަ ކޮމިޓީގެ ސަމާލުކަމަށް ގެނެސް މިހާރުން މިހާރަށް ޑރ. މުސްތަފާ ލުތުފީ ވަޒީރު ކަމުން ބޭރުކޮށް ދިނުމަށް އެދި ލިޔެވޭ ސިޓީއެކެވެ. މިގޮތުން ޑރ. މުސްތަފާ ލުތުފީ މަޤާމުން އެއްކިބާ ކުރުމަށް އަޅުގަނޑުމެންގެ ހުށައަޅާ ނުޤުތާތައް ތިޔަފަރާތަށް ހުށައަޅަމެވެ.

1.  ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް އެޑިއުކޭޝަންގެ މަންހަޖު ބިނާކުރުން:

އެގޮތުން މަތީ ޡާނަވީގައި އިސްލާމް، ދިވެހި މި ދެމާއްދާ އިޚްތިޔާރީ ކުރުމުގެ ނުބައި ޖަރީމާ

-ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވަނީ " ތަޢްލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރުއެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމަށާއި، ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްހަމަސަލަސްކަމާއި ރަޙްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ. "

ދަންނަވަމެވެ. އެއީ ދިވެހިރާއްޖޭގެ ތަޢްލީމީ ނިޒާމް އެ އަސާސްތަކެއްގެ މައްޗަށް ބިނާކުރަންޖެހޭނޭ ދިވެހި ދަސްތޫރެވެ. ވުމާއިއެކު ތަޢްލީމީ ނިޒާމުގެ ތެރެއިން މިހަމަތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ޖާގަދީ ތަންފީޒުކޮށް ޤާނޫނު އަސާސީގެ ރޫހާއި ދިވެހިންގެ ޤައުމިއްޔަތު ދެމެހެއްޓެން ޖެހޭނެއެވެ. އަދި ދަންނަވަމެވެ. މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން އަޅުގަނޑުމެން އެންމެން ހަނދާން ބަހައްޓަން ވާނެއެވެ. އަދި މިދެންނެވި އުސޫލާއި ރޫހާއި ޚިލާފަށް ތަޢްލީމީ އެއްވެސް ފަލްސަފާއެއް ބިނާވެގެން ދިއުމަކީ މުޅިޤައުމުގެ ކުރިމަގު ހަލާކުގެ ތެރެއަށް ދާނެ ކަމާއި މެދު އެއްވެސް ދިވެއްސަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިވަންތަކަމަކީ އިސްލާމުންދީނުން ބޭރުކުރެވޭނެ އެއްޗެއް ނޫންކަން އަޅުގަނޑުމެންގެ 950 އަހަރުގެ ދިގު އިސްލާމީ ދިވެހި ތާރީޚް ފުދޭނެއެވެ. އަދި ތަޢްލީމަކީ ޔަހޫދީންނާއި ނަސާރާއިންގެ މަކަރުވެރި އިސްތިޢްމާރީ ރޭވުންތަކުން އެއްކިބާވެ %100 ސަލާމަތް ކުރެވިފައިވާ އެއްޗަކަށް ވުމީ އަޅުގަނޑުމެންގެ ދަރިންގެ ދަރިން އަޅުގަނޑުމެން ނެތް ދުނިޔެ އެއްގައި އިސްލާމްދީން މަތީގައި މިނިވަންކަމާއެކު ދިވެހިންގެ ގޮތުގައި ތިބުމަށް ލާޒިމުވެގެންވާ ކަމެކެވެ. އެހެން ނޫންނަމަ 16 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި ފްރާންސްގެ މީހުންގެ އިސްތިޢްމާރުން އެފްރިކާ ބައްރުގެ މީހުން އަޅުވެތި ކުރިގޮތަށް ދިވެހިން އަޅުވެތި ވުމަކީ ކަނޑައެޅިގެން ވާނޭ ކަމެއް ކަމުގައި ތިޔަ ޢިއްޒަތްތެރި ބޭފުޅުންނަށް ހަދުމަފުޅުކޮށް އަރުވަމެވެ. އަދި މިއީ ވިސްނަންޖެހޭ، ރިޢާޔަތް ކުރެވެން ޖެހޭ މުހިއްމު ނުޤްތާއެކެވެ.

-                    ޤާނޫނޫ އަސާސީގެ 67 ވަނަ މާއްދާގެ (ކ) ގައި ބުނެފައިވާ ފަދައިން " ދިވެހިދައުލަތުގެ ދީންކަމުގައިވާ އިސްލާމްދީނާއި، ރާއްޖޭގެ ޡަޤާފަތާއި، މާދަރީ ބަހާއި، ޤައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން " ފަދައިން މިއީ ދިވެހި ޤާނޫނު އަސާސީގެ އަސާސީ ހައްޤެކެވެ. ޤާނޫނު ދެމެހެއްޓޭނީ ޤާނޫނުގެ ޙައްޤު އަދާކޮށްގެން ކަމަށްވާއިރު މިކަންކަމަކީ ވަޒީރަކު އޭނާގެ ސިޔާސަތު ބައްޓަން ކުރާއިރު ދިވެއްސެއްގެ ހައިސިއްޔަތުން ކޮންމެހެން ރިޢާޔަތް ކުރަންޖެހޭ އަދި ވަޒީރުގެ ހުވަޔާ އެއްގޮތަށް އިސްލާމް ދީން ޙިމާޔަތް ކުރުމާއި ޤާނޫނާއި ދިވެހިންގެ އަސާސީ ޙައްޤު ހިމާޔަތް ކުރަންޖެހޭ ލާޒިމު މާއްދާއެކެވެ. ޤައުމެއްގެ ބަސް ދެމެހެއްޓޭނީ ޤައުމީ ތަޢްލީމްގެ ތެރެއިންނެވެ. އެހެންކަމުން އިސްލާމްދީނަށް ލޯބި ޖެއްސޭނޭ، ނުވަތަ ދީން ރައްކާތެރި ކުރެވޭނޭ، އަދި ޤައުމުގެ ބަސް ދެމެހެއްޓޭނޭ އަސާސީ މަގަކީ ދިވެހިންގެ ތަޢްލީމީ ތަރުބަވީ ނިޒާމު ކަމުގައި ދަންނަވަން ޖެހެއެވެ. ޚާއްސަގޮތެއްގައި ދިވެހިރާއްޖެއަކީ ދިވެހިންގެ ތަނަކަށް ވާއިރު ސަރުކާރުގެ %99 ޕަސެންޓް މުޢާމަލާތަކީ ދިވެހި ބަހުން ކުރެވޭ މުޢާމަލާތެކެވެ. އަދި ދިވެހިންގެ  މެޖޯރިޓީއަކީ އަދިވެސް ބޭރުގެ ބިދޭސީ ބަހުން ލިޔެކިޔައި ދިވެހި ބަސްހައި ފަރިތަ ބަހެއް ދަންނަ ބަޔެއް ނޫނެވެ. ޚާއްޞަގޮތެއްގައި މާލެ ފިޔަވައި އެހެންރަށްތައް ފާހަގަ ކުރަމެވެ. މިހެންވެ ދިވެހިބަސްނެތި ނުވަތަ ޤައުމީ ބަހުގެ ފެންވަރު ދަށްވެއްޖެނަމަ ސަރުކާރުގެ މުއާމަލާތްތަކާއި ދެވޭ ޚިދްމަތުގެ ފެންވަރުދަށްވެ އަދި ޚިދްމަތް ލިބެންޖެހޭ މީހުނަށް ލިބެންޖެހޭ ޚިދުމަތާއި ލިބިދެވޭ ޚިދުމަތަކީ ކޮން އެއްޗެއްކަން ދޭހަ ވުމަކީ ދަތި އުދަނގޫ ކަމެކެވެ. މީގެ އިތުރުން ޤައުމީ ބަހާއި މެދު ފަރުވާ ކުޑަކޮށްލެވިއްޖެނަމަ، މަލިކުގައި ވެފައިވާ ފަދައިން، 25 އަހަރުން ދަށުގެ ގިނަ މީހުންނަށް ދިވެހި ބަހުން ލިޔަން ކިޔަން ނޭގުމީ މި ދިވެހިރާއްޖޭގައި ނުވެ ނުދާނެ ގޮތެކެވެ. މިއީ ދިވެހިން ބޭނުންވާނެ ގޮތެއް ނޫނެވެ. ހަމަ އެގޮތަށް ފްރާންސްގެ މީހުން އެފްރިކާގެ މީހުން ގެ މައްޗަށް ގަދަވެ އެމީހުންގެ ބަސްތައް ނައްތާލާ އެހިސާބުގައި މަޢްރިބު ކަރައިގައިވެސް ފްރެންޗް ބަސް ބޭނުން ކުރާ ކަމަކީ ދުރާލާ ރޭވިގެން ބަޔެއްގެ ޙަޞާރަތާއި ބަސް ދުއްވާލާނޭ ކަމެއްކަން ފެންނަމުންދާ ދިރޭ ހެތްކެކެވެ. މިއީ ޒަމާނީ ތަޢްލީމުގެ ތެރެއިން ޒަމާނީ "ކޮންސިޕިއަރަސީ" ދަންނަ ކޮންމެ މީހަކަށްމެ އެނގޭނެ ކަންކަމެވެ. ބަހަކީ ޡަޤާފަތާއި ތާރީޚެވެ.

-                    އަދި ހަމަ މިފަދައިން އިސްލާމް މާއްދާއަކީ މިހާރުވެސް އުނިކޮށް ކިޔަވައިދެމުންދާ މާއްދާއެކެވެ. އެހެންވެ މި މާއްދާ ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރެވެން ޖެހޭނެއެވެ.

-                    26 ޖޫންގައި އިސްލާމީ މަރުކަޒުގައި ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު ޢާއްމުކޮށް އިޢްލާން ކުރުމަށް ބޭއްވި ޖަލްސާގައި ދިވެހިންގެ ޤައުމީ މަންހަޖު ބައްޓަންކުރުމަށް ކޮންސަލްޓޭޝަން ދެއްވެވި ބޭފުޅުންގެ ތެރޭގައި ސްވިޑްން އާއި ދިވެހިން ކުރިން އިސްތިޢްމާރުކުރި މަކަރުވެރި އިނގިރޭސިންނާއި ޖަރުމަނުގެ މީހުން ހިމެނޭކަމަށް މުޞްޠަފާ ލުޠުފީ އެއްބަސްވެފައިވެއެވެ. ދަންނަވަމެވެ. އެއްވެސް ޤައުމެއްގެ ޤައުމީ މަންހަޖަކީ އެ ޤައުމެއްގެ ބަޔަކު ބޭނުންވާ ގޮތަށް ޤައުމަށް ބޭނުންވާ ދަރިން ތައްޔާރު ކުރަން ޤައުމުގެ ޙިކްމަތް ތެރިން ކަނޑައަޅާ ސިއްރު އަސާސީ ބިނާއެކެވެ. ދަރިން ތަރުބިއްޔަތު ކުރާނެ ނިޒާމެވެ. ޤައުމުގައި ރިޢާޔަތް ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަމަކީ ދިވެހިންނަށް އެކަނި އެނގޭނެ ކަންކަމެވެ. އަދި އެއީ ދިވެހިންގެ އެކަނި ހަޢްޤެކެވެ. ޚާއްސަކޮށް %100 އިސްލާމީ ޤައުމެއްގައި ޤާނޫނު އަސާސީގައި އިސްލާމް ދީން ޙިމާޔަތް ކުރުމަށް އެހާ ބާރު ދީފައި ވާއިރު އެކަމަކުން އިސްލާމް ދީން ހަލާކުވެދާނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ ޤާނޫން އަސާސީން ލިބިދޭ ފުރިހަމަ ޙިމާޔަތައް ޚިޔާނަތްތެރިވުމެވެ.

 

2.   ފާހަގަ ކުރެވޭ އަނެއް ނުގުތާއަކީ ދިވެހި ސަރުކާރުން އިޒްރޭލާއި އެކު ސިއްރު އެއްބަސްވުންތަކެއް ވެފައިވާ ކަމާއި އަދި ތަޢްލީމީ ދާއިރާގައި އެއްބާރުލުންދީ ތަރައްޤީ ކުރުމަށް ޒަމާންވީ އިސްލާމުންގެ ހަތުރު އިޒްރޭލްއާއި އެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއް ވާކަމަށް ޑރ. އަޙްމަދު ޝަހީދު ( ފޮރިން މިނިސްޓަރު) ޖަމިއްޔަތު ސަލަފާއި އެކު ވެފައިވާ ބައްދަލު ވުމުގައި ހާމަކޮށްފައި ވެއެވެ. އަދި އޭގެ ކޮޕީ އެޑިއުކޭޝަނުން ހޯދުމަށް މަޝްވަރާ ދީފައި ވެއެވެ. މިހެން ކަމުން އިޒްރޭލަކީ، މަކަރުވެރި ރޭވުންތައްރާވާ އެގްރީމެންޓްގެ ސިފައިގައި ކަރުދާހުގައި ސޮއިކުރުވާ،ދުރު މުސްތަޤްބަލްގައި އިސްލާމީ ޤައުމުތައް އަޅުވެތި ކުރާބަޔެއްކަމުން މިކަމުގައި އިޒްރޭލްގެ އަތެއް ވާކަމަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވުމާއިއެކު މިއީ އިސްލާމް ދީން ޙިމާޔަތް ކުރުމައް ޤާނޫނު އަސާސީގައި ބުނެފައިވާ ހުރިހާ ތަނަކާއި ފުށުއަރާނޭ ކަމެއްކަން ކަނޑައެޅިގެން ބަޔާންވެގެން ވުން.

 

3.  ޤާނޫނު އަސާސީގެ އަސްލު މަސްދަރު ޤުރުއާނާއި ސުންނަތާއި ޚިލާފް ކަމަކަށް ވުން..އިސްލާމީ ޤައުމެއްގެ ގޮތުގައި އޮވެ އިސްލާމް ދަރިންގެ ތަރުބިއްޔަތު ޔަހޫދީން ބޭނުންވާގޮތަށް ބައްޓަން ކުރުން ނުވަތަ ބައްޓަން ކުރުމަށް ލަފާ ހޯދުމަކީ މިނިކާވަގުގެ އަގަޔަށް އަމިއްލައަށް އަތްލެއްވުން ކަމުގައި ދަންނަވަމެވެ. މިއީ އިސްލާމީ ޤައުމަކުން ވިސްނަން ޖެހޭނެ އަދި އެހެނިހެން އިސްލާމީ ޤައުމު ތަކާއި މަޝްވަރާ ކުރަން ޖެހޭނެ ކަމެއް ކަމުގައި ދަންނަވަމެވެ.

 

 

4.  އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ދިވެހި އުދަރެހުން ފޮހެލުމަށް މަސައްކަތް ކުރެއްވުމާއި، އަދި އެގޮތުގައި ދެމިހުރުން.

 

-        ސިފައިންގެ ޕޮލިސް ރެކޯރޑުތަކަށް ބައްލަވާށެވެ. ދިވެހިރާއްޖޭގައި އެންމެ ކުށްމަދު ސްކޫލަކީ އެއީ ކަމުގައި ދަންނަވަން ޖެހެއެވެ. އަދި މިއީ ފާއިތުވި ތަނުގައި ސާބިތު ވެފައިވާ ކަންކަމެވެ. ވަކިން ޚާއްސަކޮށް ތަޢްލީމަކީ ލަފާކޮށްފައި އޭގެ މުޤައްރަރު އެކަށައެޅޭނެ އެއްޗެއް ނޫނެވެ.

 

-        ދާދި ފަހުން ދިވެހިރާއްޖޭގެ ނަން އިންޓަރނޭޝަނަލް މުބާރާތެއްގައި ވިދުވާލީ ޢަރަބިއްޔާގެ ދަރުވަރުގެ ޙައްޤުޤައި ޤައުމީ ފެންވަރުގައި ފާހަގަކޮށްފައި ނެތުން. އަދި އެކަމުގެ ސަބަބުން ޤައުމަށް ރީތި ނަން ހޯދައިދީ އެކަމަށް އެރޮގުން މަސައްކަތް ކުރަން ތިބި ހުރިހާ ދިވެހިންގެ ހިތްމަރުވެ ނާއުއްމީދު ވުން. އަދި މި ދަރިވަރަކީ އިއްތިފާޤުން ނަމަވެސް ޢަރަބިއްޔާގެ ކުއްޖަކަށް ވުމީ މިކަމުގައި އިތުރަށް ވިސްނަން ޖެހޭ ކަމެއްކަން

 

 

-        ދިވެހި ޤާޟީންގެ ތެރޭގައި މިއަދުގެ ޒުވާނުންގެ އިތުބާރު ހުރި ޤާޟީންނަކީ ޢަރަބިއްޔާގައި ކިޔަވައި ބޭރުން ތަޢްލީމް ޙާސިލް ކޮށްފައިވާ ދަރިން ކަމުގައި ވުން އަދި މިއީ ޤާޟީންގެ ފެންވަރު މަތިކުރަން ނުހަނު ގިނަގުނަ ބުރަ މަސައްކަތް ތަކަކާއި ޚަރަދު ތަކެއް ކުރަމުންދާއިރު މުސްތަޤްބަލްގައި މިކަން އިތުރަށް އުނދަގޫވެ މާޒީން ޢިބްރަތް ލިބިނުގަތުމުގެ ގެއްލުމާއި ދިވެހި ޖީލު ކުރިމަތި ލާން ޖެހޭނެ ކަމުގެ ހެތްކެކެވެ.

-        އަންނަ އަހަރުގެ ތަޢްލީމީ ދައުރުން ޢަރަބިއްޔާއަށް އެންމެ 30 ދަރިވަރުންނަށް ވަދެވޭ ގޮތަށް ޖާގަ ހަނިކޮށް ބެލެނިވެރިންނާއި ދަރިވަރުން ބޭނުންވާ ކިޔެވުން އިޚްތިޔާރު ކުރުމުގެ އިންސާނީ އިސްލާމީ ހައްޤު ގެއްލިފައިވުން އަދި މި ތަނަކީ މުޅި ދިވެހިރާއްޖޭގައި މި ވަގުތު ހުރި ޢަރަބި އިސްލާމީ ސްކޫލަށްވެފައި 4 ލައްކަ މީހުންގެ ތެރެއިން މުޅިއަހަރަށް އެންމެ 30 ޖާގަ ދިނުމަކީ ބުއްދި ޤަބޫލު ކުރެވޭ ކަމެއް ނޫން.

-        ޢަރަބިއްޔާގެ ލެބޯޓަރީއާއި ދޭތެރޭ ފަރުވާ ކުޑަކޮށް ޚިދުމަތް ލިބޭނެ ގޮތް ހަދައިދީފައި ނެތުން

 

5.  ކޯއެޑިއުކޭޝަންގެ މައްސަލަ:

-        ކޯ އެޑިއުކޭޝަން އަކީ މިޒަމާނާއި ނުގުޅޭ އަންސައިންޓިފިކް ކަމެއްކަން ޔޫރަޕްގެ ޤައުމު ތަކުންކުރި ފަހުގެ ހުރިހާ ދިރާސާތައް ވަނީ ޡާބިތުކޮށްދީފައެވެ. އަދި މިއީ މިޒަމާނުގައި ޢާއްމު މަޢުލޫމާތު ރަގަޅަށް ނޭނގި، ތަޢްލީމާއި ޙަވާލުވެ ފަހުގެ ދިރާސާތަކާއި ދިމާ އިދިކޮޅު ހެދުން

-        2004 ގައި ޑަބްލިޔޫ އެޗްއޯއިން ދިވެހި ކިޔަވާ ކުދިންނާއި ބެހޭގޮތުން ކޮށްފައިވާ ދިރާސާގައި ޑްރަގް ގެ މައްސަލައަށް ވުރެ ދެ ޖިންސްގެ ދެމެދުގައި ޖިންސީ މައްލަސަތައް %50 ޕަސެންޓުން މަތީ ޢަދަދެއްގެ ކިޔަވާ ކުދިންގެ މެދުގައި ވާކަން ހާމާވެ އެކަމަށް ރިޢާޔަތް ކުރެވިފައި ނެތުން

 

6.  ވަޒީރެއްގެ ހުވާ ކުރައްވާ ކަނޑައެޅިގެން ރައްޔިތުންނަށް ދޮގުހަދައި ހުވަޔާއި ޚިލާފުވެފައިވާކަމުގެ ޡާބިތު ހެކި ފެނި  ލިބިފައިވުން.

-        18 ޖޫންގައި ޓީވީއެމްގެ 8 ގެ ޚަބަރުގައި އިސްލާމް އަދި ދިވެހި މާއްދާއަކީ އިޚްތިޔާރީ ( އޮޕްޝަނަލް ) ދެ މާއްދާގެ ގޮތުގައި ޤައުމީ ޓީވީ ( ޓީ.ވީ.އެމް.) އިން މުޅި ދިވެހިރާއްޖެއާއި ބޭރުގެ ފަރާތްތަކަށް މަޢްލޫމާތު ފަތުރައި އެމަހުގެ 26 ވަނަ ދުވަހުގެ ރޭގައި އިސްލާމީ މަރުކަޒުގައި ބޭއްވި ޤައުމީ މަންހަޖު ޢާއްމުކޮށް އިޢްލާން ކުރި ބައްދަކު ވުމުގައި ކުރެވުނު ސުވާލަށް 400 އަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިސްލާމް ދިވެހި މި ދެ މާއްދާ އިޚްތިޔާރީ ނުކުރާކަމަށް ބުނެ ކަނޑައެޅިގެން ދޮގު ހަދައިފައިވާކަން.  ( ނޯޓް ) މި ސިޓީ އާއި އެކު މީގެ ވީޑިއޯ ސީޑީ ފޮނުވީމެވެ. ހެކިން ބޭނުންނަމަ އެމީހުން ހާޒިރު ކުރުމަށް ތައްޔާރަށް ތިބި ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. އަދި ދިވެހި ރާއްޖޭގެ މީޑިޔާ ތަކުން ފަސޭހަ ކަމާއިއެކު މީގެ ހެކި ފެންނަން ހުންނާނެއެވެ.

 

7.  އެޑިއުކޭޝަންގެ މަންޖަހާއި ޚިލާފަށް އައު މުޤައްރަރު އެކުލަވާލުމުގައި ސިޔާސަތު ބައްޓަން ކުރުން.

 

8.  2009  ގެ މަހާސިންތާގެ މަޢްލޫމާތު އޮޅުވާލާ އެ މަޢްލޫމާތު ރައްޔިތުންނަށް ސިއްރު ކުރުން.

 

9.   ޤައުމީ މަހާސިންތާގައި ހުރިހާ ބައިވެރިން އެއްބަސްވެފައިވާ އިސްލާމީ ޢަރަބި ތަޢްލީމު ފެތުރުމުގެ ބަދަލުގައި އެކަން ހަނިކޮށް ޢަރަބި ތަޢްލީމު ނައްތާލަން މަސައްކަތް ކުރުން.

 

10.         ސަރުކާރުގައި ބައިވެރިވާ ޕާޓީގެ ތެރެއިން އެބަޔަކާއި އިސްލާމިކް މިނިސްޓްރީ ޙަވާލު ކޮށްފައިވާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ ބަޔާނުން ކަމުގެ ނުރައްކާތެރިކަން ހާމަވުން އަދި އެކަމަށް ރިޢާޔަތް ނުކުރުން.

 

11.         ޓީޗަރުންނަށް ބިރުދައްކާކަމަށް ޓީޗާސް އެސޯސިއޭޝަނުން މީޑިޔާގައި މަޢްލޫމާތު ފަތުރާފައި ވުމުން މިއީ ދިވެހި ކިޔަވާކުދިންގެ މުސްތަޤްބަލް ބަނަވާނެ ކަމެއްކަން އަދި މިއީ ވަޒީރަކު ކޮށްގެން ނުވާނެ ކަމަކަށް ވުން.

 

12.         ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ތިމަންނާއަކީ ތަޢްލީމް ކުރިއަރުވާ މީހެއްކަން ހާމަކޮށް އެޑިއުކޭޝަން ތަރައްޤީ ކުރާނަމުގައި ވާހަކަ ދައްކާ އަމިއްލައަށް ރައީސަށް ސިޓީލިޔެ އަދި އެއީ މެންބަރުންނާއި ހެދި އޭ ބުނެ އަލުން ހަމަ އެ މެންބަރުން ތިބެމެ އެކަންކަން ހުރިގޮތައް ހުއްޓާ ވަޒީރުކަމުގެ ހުވަޔާއި ޙަވާލުވެ ހުރުން.

 

13.         މަޢްލޫމާތު ފެތުރުމުގައި ދައުލަތުގެ ފައިސާ އިސްރާފް ކޮށްފައިވާކަން ދޭހަވުން އަދި އެކި މީޑިޔާގައި އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާ، ހަމަ އެއްބަޔަކާއި ވަކިން ދިމާވެ ބައްދަލުވުމުން ބަސް ބަދަލު ކުރައްވާ ރައްޔިތުންގެ ހިތުގައި ސަރުކާރާއި ދޭތެރޭ އިތުރު ޝައްކު އުފެއްދުން އަދި އެކަމުގެ ސަބަބުން ޤައުމު ހަލަބޮލިވުން.

 

14.         ރާއްޖޭގެ ބަޔެއް ސިޔާސީ ޕާޓީތަކާއި މަދަނީ ދީނީ ޖަމިއްޔާތަކުން މުސްތަފާ ކުށްވެރި ކުރުމުން އެކަށީގެން ވާ ހުއްޖަތާއިއެކު އަމިއްލަ ސްޓޭންޑް ދިފާޢު ނުކުރެވި އޮތުމުން ޑރ.މުސްތަފާއަކީ އެމަޤާމަށް ޤާބިލު ބޭފުޅެއް ނޫންކަން ދޭހަވުން.

 

 

15.         މިއަދުގެ ސަރުކާރުގެ މެނިފެސްޓޯގެ 78 ޞަފްޙާގައި ބަޔާންވެފައިވާ އިސްލާމް ދީން ދެމެހެއްޓުމުގެ ސިޔާސަތުގެ އެމްޑީޕީ އިއްތިހާދަކުން ކުރުމުއްދަތު ( 1 އަހަރާއި 3 އަހަރުގައި) ގެތެރޭގައި ކުރާނެ ކަންތައްތަކުގެ ތެރެއިން ސަފްޙާ 80 ގެ 2 ވަނަ މާއްދާ ކަމުގައިވާ " ތަޢްލީމުގެ ޤައުމީ ކުޤައްރަރަކީ މީހުންގެ މަޤްބޫލުކަން ލިބިފައިވާ އަސާސީ ދީނީ ތަރުބިއްޔަތު ހިމެނިފައިވާ މުޤައްރަރަކަށް ހަދާނަން " ގެ ރޫޙާއި މަޤްޞަދާ ދިމާ އިދިކޮޅު ސިޔާސަތެއް ހާމަ ކުރުން.

 

16.         ދިވެހި ސަރުކާރުގެ ސްޓެރެޖިކް އެކްޝަން ޕްލޭން ނުވަތަ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ 198 ސަފްޙާއިން ފެށިފައިވާ އިސްލާމް ދެމެހެއްޓުމުގެ ސިޔާސަތާއި 3.3 ގެ ދާއިރާގެ ލަނޑުދަނޑިތަކައި މަޤްސަދު ތަކުގެ ރޫޙާއި ޚިލާފްވުމުގެ ސަބަބުން ޤައުމުގައި ފިތުނަ އުފެދުން އަދި ރައްޔިތުން ނާއުއްމީދުވުން.

 

17.         ހެޔޮބަދަލުގެ ތެރޭގައި ބޭރުގެ ބިދޭސީންގެ މަތީ ނިސްބަތަކީ އިސްލާމުން ނޫން މީހުންކަމުގައި ތިބިކަމާއި އެމީހުންނަކީ ބަނގުރާ ބޯ މީހުންކަން ޓްރޭޑް ގެ ލައިސަންސް ތަކުން ދޭހަވުމުގެ ސަބަބުން ބަނގުރާ ބޯ ބަޔަކު ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ އަޚްލާޤުން އެއްކިބާވާނެކަން އަދި އިސްލާމީ ޤައުމަކުން ނުވަތަ އިންޑިޔާދަފަ  ޤައުމަކުން އިސްލާމް ބިދޭސީ ޓީޗަރުން ގެންނަން މަސައްކަތް ކޮށްފައި ނެތުމާއި ކްރިސްޓިއަން މިޝަނަރީން ކަމުގައި ޢާއްމުންގެ ބަޔެއް މީހުން ތުހުމަތު ކުރާ ފަރާތް ތަކާއި މެދު ހަރުކަށި ފިޔަވަޅު އެޑިއުކޭޝަނުން ނާޅުއްވާ ދަޢްވާ ނުކުރައްވާ ޤާނޫނު އަސާސީއަށް ލިބިދޭން ޖެހޭ ޙިމާޔަތް އެޑިއުކޭޝަން ދާއިރާއިން ނުދިނުން.

 

 

18.         ތަކުރާރުކޮށް ކްރިސްޓިއަން ދީން ފަތުރައިގެން ބޭރު ޓީޗަރުން ހިފެމުންދާއިރު އެކަމުގެ މަޢްލޫމާތު މިނިސްޓްރީން ސީދާ ގޮތެއްގައި ރައްޔިތުންނަށް ނުދިނުން އަދި އެކަށީގެންވާ ފިޔަވަޅު ނޭޅުން އަދި ސިވެހި ރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތައް އުނިކަން ލިބުން.

 

19.         ކްރިސްޓިއަން ދީނުގެ މަޢްލޫމާތު ބޭރު ޓީޗަރުންގެ ފަރާތުން ފޯރޮކޮށްދެވުނު ދަރިވަރުންނަށް އިސްލާމީ ރިކަވަރީގެ މަސައްކަތް މިނިސްޓްރީން ރަސްމީކޮށް ކޮށްފައި ނެތުން އަދި އެކުދިންގެ ދީނީ އަޤީދާއަށް އެކަމުގެ ސަބަބުން ގެއްލުން ވުމުގެ ފުރުސަތު ހުޅުވިފައި އޮތުން.

 

20.         ހދ ކުޅުދުއްފުށީ ސްކޫލްގެ ބޯޑާއި ބެލެނިވެރިންގެ ނިންމުމާ ޚިލާފަށް އަންހެން ކުދިންގެ ބުރުގާ ނެގުމުގެ މައްސަލައާއި މިފަދަ މުޢާމަލާތެއްގައި ޅ. ނައިފަރުގައި ބުރުގާ ނޭޅުމަށް ބޯޑުން ނިންމުމުން އެކަމާއި އެއްކޮޅުވެ ޑރ. މުޞްޠަފާ ލުޠުފީ އިސްލާމީ ޝީޢާރު ތަކާއި އިދިކޮޅުކަން ސީދާ ފާޅުގައި ހާމަވެގެން ދިއުން. އަދި ތަޢްލީމީ މަރުޙަލާގައި ހަމައެއް ލަމައެއް އުސޫލެއްނެތި ޑރ.މުސްތަފާ ހިތުހުރިގޮތަކަށް ކަންކަން ނިންމާ އެއީ ޑިމޮކްރަސީގެ ވަށާޖެހޭ ތަޢްލީމް ކަމުގައި ރަށްޔިތުންގެ ކުރިމަތީގައި ހާމަ ކުރަމުން ދިއުން.

 

21.         ޑރ.މުސްތަފާގެ އިތުބާރު ނެތްކަމަށް މަޖިލީހުގައި ނަގަން އުޅުނު ވޯޓާއި ގުޅިގެން އަމިއްލަ ދިފާޢްގައި  މިއަހަރު މަތީ ތަޢްލީމްގެ ދާއިރާއިން ސްކޯލާ ޝިޕްތަކެއް ދިވެހިދަރިންނަށް ދެއްވާފާ ވާނެކަމުގައި ހާމަކޮށް އެކިއެކި ރަށްރަށުގެ ސްކޫލްތަކުން ޓީޗަރުންނަށް ބޮޑެތި އޮޅުވާލުންތައް އޮޅުވާލާ އެގްރީމެންޓާއި ޚިލާފުވެ ކޯސްތަކުގައި ބައިވެރިވި ކުދިންގެ ދިރިއުޅުމަށް މާއްދީ ގެއްލުން ލިބޭނޭހެން ޢަމަލުކޮށް އެކަމުގެ ޒިންމާ ނުއުފުލާ މިއަދާއި ހަމައަށްވެސް އެކަމުގެ ސާފު ޕޮލިސީއެއް ކަނޑައަޅައި ކުދިންނަށް އަންގާފައި ނުވުން. އަދި މިއީ އެކަނިވެސް މުސްތަފާ ލުތުފީ މަޤާމުން ދުރުކުރަން ޖެހޭކަމެއްކަމުގައި ދަންނަވަމެވެ. ސަބަބަކީ ސަރުކާރާއި ދިވެހި ރަށްޔިތުންނާއި މެދު ނުބައި ހީކުރުވައި ޝަރަފްވެރި މަޤާމް ތަކުގައި ތިއްބަވާ އެހެން ބޭފުޅުންގެ ޤަދަރަށް އުނިކަން އައުން.

 

22.         އިސްލާމީ ޢަޤީދާ ވަރުގަދަކޮށް ޤާނޫނު އަސާސީގެ ތަޢްލީމީ ދީނީ މަޤްސަދު ޙާސިލް ކުރުމުގެ ގޮތުން ފެށޭއަހަރަށް އިސްލާމް މުދައްރިސުން އުފައްދާ ތަމްރީން ކުރުމަށް އެއްވެސް މަސައްކަތެއް ފަށާފައި ނެތުން.

 

 

          ދަންނަވަމެވެ. އިސްވެ ދެންނެވުނު ވަޖްހު ތަކަށް ބަލައި ޑރ.މުޞްޠަފާ ލުޠުފީ ގެ ސަބަބުން ޤައުމުގެ ތަޢްލީމު ހަލާކުން އެއްކިބާ ކުރުމަށް އޭނާ މިހާރުން މިހާރަށް އެ މަޤާމުން ޢަޒްލު ކޮށްދިނުމަށް އެދި ހުށައެޅީމެވެ. މި ސިޓީއާއި އެކު ބަޔެއް ލިޔެކިޔުމާއި ވީޑިއޯ ހެކި ފޮނުވީމެވެ.

ނޯޓް: (އަޅުގަނޑުމެން ފޮނުވައިފާ ވާ ވީޑިއޯއަކީ އެޑިޓް ކޮށްފައިވާ ބޭނުން ތެރި މަޢްލޫމާތު ހިމެނޭ ވީޑިއޯއެކެވެ. އެޑިޓް ކުރެވިފައިވަނީ ބަލާ މީހުންގެ ވަގުތު ސަލާމަތް ކުރުމާއި އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށެވެ. ތިޔަ ފަރާތުން އެދިއްޖެނަމަ އޭގެ އަސްލު ނޮން އެޑިޓެޑް ވީޑިއޯ އަޅުނޑުމެން އަރުވާނަމެވެ. އެކަން އެދުމުން އެކަން ހަމަ ޖެހޭނެ ވާހަކަ ދަންނަވަމެވެ.)

އިހްތިރާމް ޤަބޫލް ކުރެއްވުން އެދެމެވެ.

10 އޮކްޓޯބަރު 2010

 

 

127 ޖަމިއްޔާގެ މަދަނީ އިއްތިހާދުގެ ފަރާތުން 

މޯލްޑިވްސް ސޮސައިޓީ ފޯރ އިސްލާމިކް ރިސާރޗް

މަދަނީ އިއްތިހާދު 9999998

 

 

 

ލިބެންވީ:

ޤައުމީ ސަލާމަތާބެހޭ ކޮމިޓީ/ ރައްޔިތުންގެ މަޖިލިސް

ކޮޕީ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ މީޑިޔާތައް

ސިޔާސީ ޕާޓީތައް

މަދަނީ ޖަމިއްޔާތައް

އިސްލާމީ ފިޤްހު އެކަޑަމީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް

ބެލެނިވެރިން

ސްކޫލްތައް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި