Noorul-islam.NET :: މޫނު ބުރުގާ އެޅުމަކީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުލިބެންވީ ސަބަބަކަށްވެގެން ނުވާނެ: ޑރ. ޢަބްދުލްމަޖީދު




މޫނު ބުރުގާ އެޅުމަކީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުލިބެންވީ ސަބަބަކަށްވެގެން ނުވާނެ: ޑރ. ޢަބްދުލްމަޖީދު
Category »  ޚަބަރު

ތާރީޚް: 28 ސެޕްޓެމްބަރ 2010

ލިޔުއްވީ : އަބްދުއްލަތީފް - މިއަދު ނޫސް

މޫނު ބުރުގާ އެޅުމަކީ ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުލިބެންވީ ސަބަބަކަށްވެގެން ނުވާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ ތަފާތު ދާއިރާއިން އެންމެ މަތީ ފެންވަރަށް ތައުލީމު ޙާޞިލުކޮށްގެންގެން ތިބި އެތައް އަންހެނުންނެއް މިޤައުމުގައި މޫނު ބުރުގާ އަޅައިގެން އެބަތިބި ކަމަށާ އަދި ކީރިތި ޤުރުއާން އާއި ބެހޭ މަރުކަޒުން ހިންގާ ކޯސްތައް ފުރިހަމަކުރާ ދަރިވަރުންގެތެރޭގައި ވެސް އެފަދަ އެތައް ދަރިވަރުން ތިބޭކަމަށެވެ.

އެހެންކަމަށްވާއިރު އެފަދަ އަންހެނުންނަށް ސަރުކާރުގެ އެއްވެސް ވަޒީފާއެއް ނުލިބުމަކީ ދެ ޖިންސުގެ ހަމަހަމަކަމަށް ލޯބިކުރާ ސަރުކާރަކުން އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ބަޔާންކުރެވިފައިވާ އަސާސީ ހައްޤުތަކާއި އަދި ޤާނޫނު އަސާސީގެ ރޫޙާއިވެސް ޚިލާފުކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަން އޮތުމަކީ މީހެއްގެ ވަކި ވިސްނުމެއް ހުރުމުން ވަޒީފާ ލިބެން އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ. ރާއްޖޭގެ ކޮންމެ ރައްޔަތަކީ ވެސް އެއްހަމައަކުން އަމަލުކުރެވެންޖެހޭނެ ރައްޔިތެއް ކަމަށާއި ޖިންސުގެ ތަފާތަކުން އަދި ގެންގުޅޭ ވިސްނުމެއްގެ ސަބަބުން ވަޒީފާ ނުލިބުމަކީ ޤާނޫނީ ހަމަތަކުންވެސް ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ.

އެހެންކަމުން ސިވިލް ސަރވިސް އިން ވަޒީފާ ދެއްވުމުގައި މިކަންކަމަށް ބައްލަވައި އަދުލުވެރިކަމާއެކު އަމަލުކުރައްވަމުން ގެންދެވުމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޑރ. ޢަބްދުލްމަޖީދު ވިދާޅުވިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ފަހުމީ ހަސަން ވިދާޅުވީ މިހާރު އަމަލުކުރެވެމުންދާ ޤަވާއިދުގެދަށުން ސިވިލް ސަރވިސްގައި ހިމެނޭ ކޮންމެ މުވައްޒިފަކީވެސް ކާކުކަން އެނގޭގޮތަށް ހެދުން އަޅަންޖެހޭ މުވައްޒިފަަކަށްވާއިރު މޫނު ފޮރުވައި ކާކުކަން ނޭނގޭގޮތަށް ހެދުންއަޅާ މީހުންނަށް ވަޒީފާ ދެވެން ނެތް ކަމަށެވެ.

ސިވިލް ސަރވިސްގެ މުވައްޒިފުންނަކީ ރައްޔިތުންނަށް ޚިދުމަތްކުރަންތިބޭ ބަޔަކަށްވާއިރު ޚިދުމަތްކޮށްދެނީ ކާކުކަން ޚިދުމަތް ލިބިގަންނަ ފަރާތަށް އެނގެންޖެހޭނެކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

އަދި ސިވިލް ސަރވިސްގެ ޤަވާއިދު އެކުލަވާލެވިފައިވަނީ 16 މާރޗް 2010ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ސިވިލް ސަރވިސްގެ މުވައްޒިފުންގެތެރޭގައި ތިބި ބައެއް މުވައްޒިފުންނަކީ ޢާއްމުކޮށް ރައްޔިތުންނާ ކުރިމަތިލަންޖެހޭ ބަޔަކަށް ނުވާއިރު އެފަދަ ވަޒީފާތަކުގައި މޫނު ބުރުގާ އަލައިގެން ތިބޭ ބަޔަކު ޚިދުމަތްކުރުމާމެދު މިއަދުނޫހުން ސުވާލު ކުރުމުން ފަހުމީ ވިދާޅުވީ ތިއަކަމަކީ ކަމާބެހޭ ހުރިހާ ފަރާތަކުން މަޝްވަރާކޮށްގެން ގޮތެއް ނިންމަންޖެހިފައިވާކަމެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ.

ފަހުމީ ވިދާޅުވީ ސިވިލް ސަރވިސްގައި ހެދުން އެޅުމަށް މިހަރު ފާސްކޮށްފައިވާ ހެދުމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވެސް ފާސްކުރައްވާފައިވާ ހެދުމެއް ކަމަށެވެ. ނަމަވެސް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ވިދާޅުވީ އެފަދަ ހެދުމެއް ފާސްކުރިކަމުގެ އެއްވެސް މައުލޫމާތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާކަމަށެވެ.

ފާއިތުވީ ދެ އަހަރު ދުވަހުގެތެރޭގައި ސިވިލް ސަރވިސްގެ މުވައްޒިފުން، ޚާއްޞަކޮށް އަންހެން މުވައިޒިފުންގެ ހެދުންތައް ވަރަށް ބޮޑުތަން އިޞްލާޙުކުރެވި ކުރިން ޢައްމުކޮށްގެން އުޅުނު އެތައް ތަނެއް މިހާރު ނިވާކޮށްފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި