Noorul-islam.NET :: 10 ސެޕްޓެމްބަރު 2010 ވާ ހުކުރު ދުވަހަކީ ފިޠުރު ޢީދު ދުވަސް - އިސްލާމިކް އެފެއާޒް މިނިސްޓްރީ
10 ސެޕްޓެމްބަރު 2010 ވާ ހުކުރު ދުވަހަކީ ފިޠުރު ޢީދު ދުވަސް - އިސްލާމިކް އެފެއާޒް މިނިސްޓްރީ
Category »  ޚަބަރު

ތާރީޚް: 8 ސެޕްޓެމްބަރ 2010

ޚަބަރު : މިއަދު ނޫސް

10 ސެޕްޓެމްބަރު 2010 ވާ ހުކުރު ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި އިޢުލާނުކުރައްވައިފިއެވެ.
މިކަން ކަނޑައެޅުމަށްޓަކައި 8 ސެޕްޓެމްބަރ 2010 ވީ ބުދަ ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ހަނދާ ބެހޭ ޤަރާރު އިޢުލާނުކުރެއްވެވީ ސްޓޭޓް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

ދިވެހިރާއްޖޭގެ އެއްވެސް ތަނަކަށް  ރޭ ޝައްވާލުމަހުގެ ހަނދު ފެނިފައި ނުވާތީއާއި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ޝައްވާލުމަހުގެ ހަނދު ޘާބިތުވެއްޖެކަމުގެ ރަސްމީ ޚަބަރު ލިބިފައިނުވާތީއާއި، އެއްވެސް އިސްލާމީ ޤައުމަކަށް ރޭ ހަނދު ފެންމަތި ނުވާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީއާއި ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިން މިއަދަކީ ސަނަތުން 2010 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވާ ބުރާސްފަތިދުވަހަކީ ރަމަޟާން ަމހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައެޅީއެވެ.

އަދި މާދަމާ 10 ސެޕްޓެމްބަރ ވާ ހުކުރު ދުވަހަކީ ޝައްވާލު މަހުގެ ފުރަތަމަ ދުވަސް، ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައެޅީއެވެ. މި ބަރާކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހުރީއްޔާއަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި އިސްލާމީއުއްމަތަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާކަމަށްވެސް ޝައިޚް ޝަހީމް ވިދާޅުވިއެވެ.

ޤަރާރު ނިންމަވައި ލައްވަމުން މާތްﷲ އަޅުގަޑުމެން ހިފި ރޯދައާއި މިބަރާކާތްތެރި މައްސަރުގެ ތެރޭގައި ކުރި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވައި އަޅުޑުމެންގެ ފާފަ ފުއްސަވާ ދެއްވުން އެދިވަޑައިގަތެވެ. އަދި ދިވެހިރާއްޖެއަށާއި، މުޅި އިސްލާމީ އުއްމަތަށް މިފަދަ ބަރަކާތްތެރި ، އުފާވެރި ޢީދު ދުވަސްތައް ތަކުރާރު ކުރެއްވުން ވެސް އެދިވަޑައިގަތެވެ.
ރޭ އިރުއޮއްސުނުއިރު އިރު ރާއްޖޭގެ އެންމެ އުތުރު ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 8.1 މިނެޓް ކުރިންނެވެ. މާލެއަށް  ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 7.2 މިނެޓް ކުރިންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 5.4 މިނެޓް ކުރިންނެވެ.

ސައުދީ އަރަބިއްޔާއަށް ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 9.6 މިނެޓް ކުރިންނެވެ. ކުވެއިތަށް  ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 13.8 މިނެޓް ކުރިންނެވެ. މިސްރަށް  ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 13.1 މިނެޓް ކުރިންނެވެ. މޮރޮކޯއަށް ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 12.4 މިނެޓް ކުރިންނެވެ. ތުރުކީއަށް ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 21.5 މިނެޓް ކުރިންނެވެ. އިންޑޮނޭޝިއާއަށް ހަނދުއޮއްސޭނީ އިރުއޮއްސުމުމުގެ 10.4 މިނެޓް ކުރިންނެވެ.
އެހެންކަމުން ސައުދީއަރަބިޔާ އާއި އެހެން އިސްލާމީ ޤައުމުތަކުގައި ވެސް ފިޠުރު ޢީދު ދުވަހަކީ މާދަމާ ކަމަށް ވަނީ އިޢުލާނުކުރައްވާފައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި