Noorul-islam.NET :: ޢިލްމުވެރިންގެ ވާހަކަ ދެއްކުން

ޢިލްމުވެރިންގެ ވާހަކަ ދެއްކުން
Category »  ސުވާލާއި ޖަވާބު

ތާރީޚް: 15 ޖޫން 2010

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ www.mvislamqa.com

 

 

ސުވާލު ނަންބަރު : 256 

 

ސުވާލު :ޢިލްމު ވެރިއެއްގެ ފުށުން، ތިމާ ހިތްހަމަ ނުޖެހޭކަމެއް ހަމަ ފެންނައިރަށް، ޢިލްމުވެރިންގެ ވާހަކަދައްކާ، އެބޭފުޅުންގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަދެއްކުމަކީ ކިހާ ނުރައްކާތެރިކަމެއްތޯ؟ އަދި އިލްމުވެރިއެއްގެ ފަރާތުން ފިޤުހީ ނުވަތަ ޝަރުޢީ މައްސަލައެއް ފެނިއްޖެނަމަ އާއްމު ރައްޔިތުންގެ ޒިމްމާ އާއި ދެންތިބި އިލްމުވެރިންގެ ޒިމްމާއަކީ ކޮބާތޯ؟ ނޯޓު: މިހެންމިސުވާލު ކުރަންޖެހުނީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢިލްމުވެރިންގެ އަބުރަށް އަރާގަތުން އާއްމުވެފައިވާތީ، ޢލްމުވެރިންވެސް އަނެއް ޢިލްމުވެރިޔާގެ ވާހަކަ، މަދުންނަމަވެސް ސިއްރުސިއްރުން އާއްމުންނާ ހިއްސާކުރައްވަމުން ދާތީ، އަދި އާއްމުންގެ މެދުގައި މިނުބައި އާދަ އާއްމުވެފައި ވާތީއެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޢިލްމުވެރިއެއްވިޔަސް އަދިއެހެންމީހެއްވިޔަސް އެމީހެއްގެފަރާތުން ޝަރީޢަތާއި ޚިލާފަށް ކަމެއް ފެނިއްޖެނަމަ ކަންކުރަންޖެހޭނެ ގޮތަކީ އެމީހަކު ފަޟީޙަތް ކުރުމުގެ ބަދަލުގައި އެމީހަކާއި ސީދާ އެވާހަކަ ދެއްކުމެވެ.  މިއީ އެކަން އިޞްލާޙުކުރަން ބޭނުން މީހާކަންކުރާނޭ ގޮތެވެ. ޚާއްޞަކޮށް ޢިލްމުވެރިންގެ ވާހަކަ ދައްކައި ޢިލްމުލިބިފައި ނުވާމީހުން ޢިލްމުވެރިންނާ ދިމާއަށް ޢައިބުބަސް ކިޔުމަކީ ހައިރާންވާންޖެހޭކަމެކެވެ. އަދި އެއީ ވަރަށް ހިތާމަވެރި ކަމަކެވެ.

 ޢިލްމުވެރިންވެސް އެކަމެއްގެވާހަކަ އެޢިލްމުވެރިޔަކާއި ޚިޔާލުބަދަލުކޮށްދައްކަން ޖެހޭނެއެވެ. ފިޤުހީ ފަރުޢީމައްސަލަތަކުގައި ޚިލާފުވުމަކީ ޠަބީޢީ ކަމެކެވެ. އެކަމާއި އެއްބަޔަކު އަނެއްބަޔަކު ތަޅާފޮޅުމެއް ނެތެވެ. ނަމަވެސް ޢަޤީދާގެ މައްސަލައެއް ނަމަ އެވާހަކަ އެ ޢިލްމުވެރިޔަކާއި މަޝްވަރާކުރަންޖެހޭނެއެވެ. ބަޔާންކޮށްދިނުމަށްފަހު އެކަން ޤަބޫލުނުކުރާނަމަ  އެމީއްހެއްގެ ބާޠިލު ޢަޤީދާގެސަބަބުން މުސްލިމުންގެ ޢަޤީދާއަށް ބުރޫއަރާފާނެކަމަށްޓަކައި އެފަދަ މީހެއްގެ ވާހަކައިން މީސްތަކުން ސަމާލުކުރުވުމަކީ އެތަނެއްގެ ޢިލްމުވެރިންގެކަމެކެވެ. والله أعلم

 ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި