Noorul-islam.NET :: ގާތުން ކިރުދިނުމާއި ތައްޔާރީ ކިރުދިނުމުގެ ތަފާތު

ގާތުން ކިރުދިނުމާއި ތައްޔާރީ ކިރުދިނުމުގެ ތަފާތު
Category »  އުޚްތުން

ތާރީޚް: 9 ޖޫން 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ

 

1.     ކިރުއުފެދިފައި ހުންނަގޮތުގެ ތަފާތު :

ތައްޔާރީ ކިރަކީ އުފެއްދި ގޮތެއްގެމަތީގައި ދުވަހުން ދުވަހަށް އޭގެ ތަރުކީބަށް ބަދަލެއް ނައިސް ދެމިހުންނަ އެއްޗެކެވެ.

މިއާ ޚިލާފަށް މަންމަގެ ކިރަކީ ދުވަހުން ދުވަހަށް ކުއްޖާބޮޑުވަމުންދާ ހަށިގަނޑާ ގުޅޭގޮތަށް ބަދަލުވަމުންދާކިރެކެވެ.

 

2.      ހަޖަމުވުމުގެ ތަފާތު :

މަންމަގެކިރުގައި ހުންނަ ހަޖަމުވުމަށް އެހީވެދޭ މާއްދާއެއްގެ ސަބަބުން ގާތުން ކިރުބޯތާ ދޮޅުގަޑިއިރުފަހުން އެބުއި ކިރުގައި ހިމެނޭބައިތައް ހަޖަމުކުރުމަށްފަހު މަޢިދާހުސްވެ އެއިގެ ޠަބީޢަތަށް ރުޖޫޢަވުމުގެ ނަތީޖާއަކަށްވާނީ ޖަރާސީމާ ޙަމަލާދިނުމަށް މަޢިދާއަށް ފުރުޞަތު ލިބުމެވެ.

މިއާ ޚިލާފަށް ތައްޔާރީކިރު ހަޖަމުކުރުމަށް ތިނެއް ނުވަތަ ހަތަރުގަޑިއިރު ހޭދަވުމުގެ އިތުރަށް މިކިރުގައި ހުންނަ ސޯޑިއަމްގެ ގިނަކަމުން މައިދާގައި ހުންނަ ޖަރާސީމަށް ހަމަލާދޭ މާއްދާގެ ބާރުކެނޑި ދިއުމުގެ ނަތީޖާއަކަށްވަނީ ޖަރާސީމަށް ފުރުޞަތުލިބި ކުއްޖާ ބޭރަށް ހިންގުމާއި ހޮޑުލެވުންފަދަ ކަންތައްތަކާއި ކުރިމަތި ވުމެވެ.

 

3.      ސާފުތާހިރުކަމުގެ ތަފާތު :

މަންމަގެ ކިރަކީއެއްވެސް ޖަރާސީމެއް ނުވަންނަ ގޮތަށް ބަންދުކުރެވި ރައްކާކުރެވިފައިވާ އެއްޗެކެވެ.

އެއާއި ޙިލާފަށް އެހެންކޮންމެކިރެއް ކުއްޖާއަށް ދިނުމުގައި ޖަރާސީމުން ސަލާމަތްކޮށް ދިނުމަކީ ނާދިރުކަމެކެވެ.

 

4.      ކިރުގެހޫނުމިނުގެ ތަފާތު :

މަންމަގެކިރަކީ ކުއްޖާގެ ހޫނުމިނާއި މުޅިންގުޅޭ ހޫނުމިނެއް އެއަށްލިބިފައިވާ ކިރެކެވެ.

އެއާއި ޙިލާފަށް ތައްޔާރީ ކިރުގައި ހޫނުމިން ހުންނަނީއަކީ އެވަގުތު ކުއްޖާގެ ހޫނުމިނާއި ގުޅޭގޮތަކަށް ނޫނެވެ.

 

5.      ޚަރަދުގެ ތަފާތު :

މަންމަގެ ގާތުން ކިރުދިނުމަށް އިތުރު ޙަރަދުތަކެއް ކުރާކަށް ނުޖެހެއެވެ. އެއާއި ޙިލާފަށް ރައްޔާރީ ކިރު ދިނުމަށްޓަކާ ކުރަންޖެހޭ ޙަރަދުތައް ވަރަށްބޮޑެވެ.

 

6.      ކުއްޖާ ބަލިން ސަލާމަތްކޮސްދިނުމަށް އެހީވެދޭ ނިސްބަތުގެ ތަފާތު :

ކުއްޖާ ބަލިބަލިން ސަލާމަތްކޮށްދިނުމަށް އެހީވެދޭ މާއްދާގެ ނިސްބަތް މަންމަގެ ކިރުގައި ވަރަށްމައްޗަށް ހުންނައިރު ތައްޔާރީ ކިތުގައި މިނިސްބަތް ވަރަށްމަދުވެފައި ދެރައެވެ.

 

7.      ވިޓަމިންފަދަ ބައިތަށް ހަށިގަނޑަށް ދަމައިގަތުމަށް އެހީވެދިނުމުގެ ތަފާތު :

ގާތުން ކިރުދިނުމުން ވިޓަމިންސްއާއި ހަށިގަނޑަށް ބޭނުންވާ އެނޫންވެސް މާއްދާތައް ހަށިގަނޑަށް ދަމައި ގަތުމަށްޓަކައި ގޮހޮރުގައިވާ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރެއެވެ.

މިއާއި ޙިލާފަށް ތައްޔާރީ ކިރު ދިނުމުން މިނިޒާމުގެ މަސައްކަތަށް ހަމަނުޖެހުން އާދެއެވެ.

 

ދިމާވާ ބައެއް އުދަގޫތަކުގެ ތަފާތު :

ގާތުން ކިރުދޭ ކުއްޖަކަށް ދިމާނުވާ ކިތަންމެ އުނދަގޫތަކެއް ތައްޔާރީ ކިރުދޭ ކިދިންނާ ދިމާވެއެވެ.

މިސާލަކަށް : ބޭރަށް ހިންގުން ، ގޮހޮރުން ލޭއައުން ، ބޮޑުކަމުދާނަޖިސް ކަޅުވެ ހަރުވެފައި ހުރުން ފަދަ ކަންތައްތަކެވެ.

8.      ބަލިތައް ޖެހުމުގެ ތަފާތު :

ގާތުން ކިރުދޭ ކުދިންނާއި ޙިލާފަށް ތައްޔާރީކިރުދޭ ކުދިންނަށް ބައެއްފާޑުގެ ބަލިތަށް ކުރިމަތިވެއެވެ. އޭގެތެރޭގައި :

        ނޭވާލާނިޒާމް ފާރުވުން

        ހިރުގަނޑު ފާރުވުން

        ކަރުތެރެ ދުޅަވުން

  ( އަދި މިނޫންވެސް މިފަދަކަންތައްތައް )

 

 

ގާތުން ކިރުދިނުމުގައި މަންމައަށް ހުރިފައިދާތައް :

1.     ވިހެވުމާއި ގުޅިގެން ކުއްޖާގާތުން ކިރުބުއިމުގެ ސަބަބުން ރަޙިމަށް ވަރަށް ބޮޑު ބަދަލުއާދެއެވެ. އޭގެ ސަބަބުން ވިހެއުމާއި ގުޅިގެން އަންނަލޭ މަދުކޮށްދެއެވެ.

2.      ގާތުން ކިރުދޭމައިންނަށް އުރަމަތީގެ ކެންސަރު ޖެހުންމަދެވެ.

3.      ގާތުން ކިރުދިނުމަކީ ދޭތެރެދުރުކުރުމުގެ ޠަބީޢީ ގޮތެވެ.

 

ގާތުން ކިރުދިނުމަކީ މަންމައާއި ދަރިފުޅުގެ ރޫޙާނީ ގުޅުން ބަދަހިވެގެންދާކަމެއް

ގާތުން ކިރުދިނުމަކީ މަންމައާއި ދަރިފުޅު ރޫޙާނީ ގޮތުންނާއި ޢާޠިފީގޮތުން ގުޅުންބަދަހިވެގެންދާކަމެކެވެ. މަންމައަކު އޭނާގެ ދަރިފުޅަށްޓަކާ އޭނާގެ ހުރިހާކަމެއް ގުރުބާންކޮއްލާ ހަމައެކަނި ބާރަކީ މިދެންނެވި ގުޅުމެވެ. މިއީ ހަމައެކަނި މާއްދީ ގުޅުމެއް ނޫނެވެ. މިއީ ދެމަޚްލޫގެއްގެ ދެމެދުގައިވާ ވަރަށް މުޤައްދަސް ގުޅުމެކެވެ. މިގުޅުމުގެ ސަބަބުން މަންމައަށް ވަރަށް މަތިވެރި ބާއްޖަވެރިކަމެއް އިޙްސާސް ކުރެވެއެވެ. އަދި އޭގެ ސަބަބުން އެމަންމަގެ ޙަޔާތުގެ ބަގީޗާގައި މިފަޅާއާނިރަށްޓަކައި އެމަންމަގެ މުޅިޙަޔާތް ޤުރުބާން ކޮއްލައެވެ.

ގާތުން ކިރުދިނުމުގެ ސަބަބުން މަންމައަށް މިފަދަމަތިވެރި ބާއްޖަވެރިކަމެއް އިޙްސާސް ކުރެވޭއިރު އޭގެސަބަބުން ނަފްސާނީ ގޮތުންނާއި ޢާޠިފީގޮތުން ދަރިފުޅަށް ލިބިދޭ ހަމަހަމަކަމުގެ ނަތީޖާއަކީ އަބަދުވެސް އުފާވެރިކަން އިޙްސާސްވުމެވެ. މަންމަ ދަރިފުޅަށް ކިރުދިނުމަށްޓަކާ ދަރިފުޅު މަންމަގެ މެއާ ކައިރިކޮއްލުމާއެކު އެދަރިފުޅަށް ރީތިމިއުޒިކެއްފަދައިން އިވެންފަށަނީ މަންމަގެ ހިތުގެ ވިންދުގެ ރީތި މިއުޒިކީ އަޑެވެ. އެވަގުތު ދަރިފުޅަށް އެލިބޭ ހިތްހަމަޖެހުމާއި އަރާމުގެ ތެރޭގައި ގިނައިރުތަކެއްނުވެ ނިދުމާއި ހުވަފެނުގެ ތެރެއަށް ގެއްލިގެން ހިނގައިދާނެއެވެ. ވީމާ، މިވަރުގަދަ ގުޅުމަކީ ތައްޔާރީކިރުން ދުވަހަކުވެސް ގާއިމުވާނެ ގުޅުމެއްނޫނެވެ.

 

މިޒަމާނުގައި ގިނަމައިން ގާތުން ކިރުނުދެނީ ރީތިކަން ހިފެހެއްޓުމަށްޓަކައި:

ނަމަވެސް މިއީ ދޮގުދަޢުވާއެކެވެ. އަދި ކީއްތޯއެވެ؟ މަންމަގެ ޞިއްޙަތާއި މަންމަގެ ރީތިކަމަށްވެސް އެންމެ ފައިދާހުރި ގޮތަކީ ގާތުން ކިރުދިނުމެވެ. އަދި ދަރިފުޅާއި މަންމައަށް ވެސް އެންމެ ފައިދާބޮޑީ މިގޮތްކަން  ކަށަވަރެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި