Noorul-islam.NET :: އިސްލާމް ދީނުގައި މުޒާހަރާ ކުރުން

އިސްލާމް ދީނުގައި މުޒާހަރާ ކުރުން
Category »  ސުވާލާއި ޖަވާބު

ތާރީޚް: 16 މޭއި 2010

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ www.mvislamqa.com

ސުވާލު: އެކި އެކި ކަންކަމުގައި މުޒާހަރާކުރުމަކީ ކޮންކަހަލަ ކަމެއްތޯ އެވެ؟ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޝެއިޚް ޢުޘައިމިން ފަތުވާ ދެއްވާފައިވަނީ މުޒާހަރާ ކުރުމަކީ ޙަރާމް ކަމެއް ކަމުގައެވެ. 

 

ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ސުވާލުގައި ވާފަދައިން ޝައިޚް ޢުޘައިމީންއާއި އެނޫންވެސް ޙިޖާޒާއި، ނަޖިދުގެ ގިނަ ޢިލްމުވެރިން މުޒާހަރާ ހުއްދަ ނޫންކަމަށް ވިދާޅުވެއެވެ. ނަމަވެސް މުޒާހަރާ ކުރުމަކީ ފަހުން އުފެދުނުކަމަކަށްވުމާއި އެކު، އެކަމުގެ ޞަރީޙަ ދަލީލެއް ނެތުމުން އެއީ އެހެނިހެން އިޖްތިހާދީ މައްސަލަތަކެކޭ އެއްފަދައިން އެމީހަކަށް ފެންނަ ޤަބޫލުކުރެވޭ ރައުޔަކަށް ތަބައަވުމުގެ ދޮރުހުޅުވިފައިވާ ކަމެއް ކަމަށް ދެކެމެވެ. އަދި ހަމަ އެފަދައިން އެބޭފުޅުންގެ ފަތުވާ ޖުމްލަ ގޮތެއްގައި އަމާޒުވެފައިވަނީ އެބޭފުޅުންގެ މުޖްތަމަޢުއަށް ކަމަށްވުމުން، ދިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކަށް އެފަތުވާޔަށް ޢަމަލުކުރުން ލާޒިމެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް ދިވެހި މުޖްތަމަޢުއަށް ބަލާއިރު އެކަމަކީ ޤާނޫނު އަސާސީއިން ރައްޔިތުމީހާޔަށް ލިބިދީފައިވާ ހުއްދައެކެވެ. ނަމަވެސް މުޒާހަރާ ކުރުމުގައި ދީނީގޮތުންނާއި ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މިންގަނޑުތަކާއި ޝަރުޠުތަކަށް ތަބަޢަވާން ޖެހޭނެއެވެ. އަދިހަމަ އެހެންމެ، މުޒާހަރާޔަކަށް ދިއުމުގެ ކުރިން، އެކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު އެންމެ ފަހުގެ ޚިޔާރެއްގެ ގޮތުގައި މެނުވީ މުޒާހަރާ އިޚްތިޔާރުނުކުރުން ރަނގަޅެވެ. އަދި ތިމާޔަށް އެއީ ހުއްދަ ކަމެއްކަމަށް ޤަބޫލުނުކުރެވޭނަމަ އެކަމުގައި ބައިވެރި ނުވާށެވެ. ހަމަ އެފަދައިން ހުއްދަކަމަށް ދެކި، އެކަމުގައި ބައިވެރިވާ ފަރާތްތައް ބިދުޢަވެރިނުކުރުމަށްވެސް ވިސްނަން ޖެހޭނެއެވެ.

ޢިލްމުވެރިންގެ ވާހަކަފުޅަތަކަށް ރިޢާޔަތްކޮށް ތިރީގައިމިވާ ޝަރްޠު ތަކާއި އެކު މުޡާހަރާކުރުމަކީ ހުއްދަ ކަމެއްކަމުގައި ދެކެމެވެ.

1.  އަންހެނުން ޢައުރަނިވާނުކޮށް ނުނިކުތުން.

2.   އަންހެނުންނާއި ފިރިހެނުން ގައިގޯޅިވެ ނޫޅުން.

3.   މުޡާހަރާގައި ލަވަޔާއި މުޔިޒިކް ބޭނުން ނުކުރުން.

4.   ދޮގުވާހަކަ ތައް ލިޔެފައިވާ ބެނާ ތައް ބޭނުން ނުކުރުން.

5.   މީސްތަކުންނަށް އުނދަގޫވާގޮތަށް މަގުތައް ބަންދުކޮށް ނުހެދުން.

6.   މީސްތަކުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ގޮވާ ނުހެދުން.

7.   މީސްތަކުންނަށާއި މުދަލަށް ގެއްލުންދީ ނުހެދުން.

8. އެތަނެއްގެ ޤާނޫނާ ޚިލާފު ޙަރަކާތްތައް ނުހިންގުން.

9. ޞުލްޙަވެރި މުޒާހަރާއެއް ކަމަށް ވުން. والله أعلم

 

ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި