Noorul-islam.NET :: ކުރީގެ ފިރިމީހާގެ ކުރިމަތީގައި ބުރުގާ ނަގައިގެން އުޅުން

ކުރީގެ ފިރިމީހާގެ ކުރިމަތީގައި ބުރުގާ ނަގައިގެން އުޅުން
Category »  ސުވާލާއި ޖަވާބު

ތާރީޚް: 10 މޭއި 2010

ޖަވާބު : އެމްވީ އިސްލާމް ކިޔުއޭ www.mvislamqa.com

ސުވާލު :ކުރީގެ ފިރިމީހާގެ ކުރިމަތީގައި ބުރުގާ ނަގައިގެން އުޅުން ހުއްދަ ވާނެ ގޮތެއްއޮވޭތޯ؟ އެއީ އެ އަންހެންމީހާ އިތުރު މީހަކާ ނުއިނދެ އުޅުނު ކަމުގައިވިޔަސް.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ވަރި ވުމަށްފަހު ޢިއްދައިގެ ތެރޭގައިނަމަ ފިރިމީހާގެ ގެއިން އަނބިމީހާ ނުނެރުމަށް އިސްލާމްދީނުގައި ވަނީ އަންގަވާފައެވެ. އެއީ  އެއް ގެއެއްގެ ތެރޭގައި އުޅުމުގެ ތެރޭގައި އެދެމީހުންގެ ދެމެދުގައި ހިނގި ދެބަސްވުން ނެތިގޮސް މާފުކޮށް، ކައިވެނި ރުޖޫޢަ ކުރުމަށް މަގުފަހިވެގެންދާނެތީއެވެ. އިސްލާމްދީނުގައި ބާރުއަޅުއްވާފައިވަނީ ކައިވެނިތައް ރޫޅިގެން ނުގޮސް ދެމިއޮތުމަށެވެ. މިގޮތަށް ޢިއްދައިގެ ތެރޭގައި ހުންނަ ދުވަސްވަރު ފިރިމީހާގެ ކުރިމަތީގައި ބުރުގާ އަޅާކަށް ނުޖެހޭނެއެވެ. އެހެނެއްކަމަކު އެ އަންހެންމީހާ އެހުރީ ފިރިހެންމީހާގެ ޒިންމާގެ ދަށުގައެވެ. އޭނާ އެދޭނަމަ އަންހެންމީހާގެ ރުހުމަކާއި ނުލައިވެސް ކައިވެނި ރުޖޫޢަ ކުރެވިދާނެއެވެ.

ކައިވެނި ރޫޅިގޮސް ޢިއްދައިގެ ދުވަސްތަކުގެ ތެރޭގައި ކައިވެނި ރުޖޫޢަ ނުކޮށްފިނަމަ، އެ ދެމީހުން ވެގެންދާނީ ހިލޭ މީހުންނަށެވެ. އަދި އެކަކު އަނެކަކުގެ ކުރިމަތީގައި ޢައުރަ ނިވާ ކުރަން ޖެހޭނެއެވެ. އަދި އެކަހެރިން ބައްދަލުވުންފަދަ ހިލޭފިރިހެނުންނާއި ހިލޭ އަންހެނުންނަށް މަނާވެގެންވާ ހުރިހާ ކަމެއް އެދެމީހުންނަށް މަނާ ވާނެއެވެ. އެއީ އެދެމީހުން އިތުރު ކައިވެންޏެއް ނުކުރި ކަމުގައި ވިޔަސް މެއެވެ. والله أعلم  


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި