Noorul-islam.NET :: ޛިކުރުކުރުމާއި އޭގެ މާތްކަން

ޛިކުރުކުރުމާއި އޭގެ މާތްކަން
Category »  ދީނީ ލިޔުން

ތާރީޚް: 23 އޭޕްރީލް 2012

ލިޔުއްވީ : އަޙްމަދު ޢައްފާން ޝާފިޢީ

 

 

إن الحمد لله نحمده ونستعينه ونستغفره, ونعوذ بالله من شرور أنفسنا وسيئات أعمالنا, من يهده الله فلا مضل له, ومن يضلل فلا هادي له, أشهد ألاإله إلا الله وحده لا شريك له, وأشهد أن محمّدا عبده ورسوله.

(( وَلَذِكْرُ اللَّهِ أَكْبَرُ ))  العنكبوت:٤٥ "....މާތް ﷲ ހަނދުމަކުރުމަކީ ބޮޑުވެގެންވާ ކަމެކެވެ...."    (( فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلاَ تَكْفُرُونِ ))  البقرة:١٥٢ "ފަހެ އެހެންކަމުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ރަސްކަންފުޅު ހަނދުމަކުރާށެވެ! އޭރުން ތިމަންކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރައްވާ ހުށީމެވެ. އަދި، ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ޝުކުރުވެރިވާށެވެ! އަދި ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ކާފިރުނުވާށެވެ." (( وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآَصَالِ وَلَا تَكُنْ مِنَ الْغَافِلِينَ ))   الأعراف: ٢٠٥ "ކަލޭގެފާނުންގެ ހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ހަނދުމަކުރައްވާށެވެ. ކިޔަމަންތެރިވެ ބިރުވެތި ވުމުގެ ގޮތުގައެވެ. ބަސަބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ!" (( وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ )) الجمعة: ١٠ "އަދި ގިނަގިނައިން މާތް ﷲ ގެ ރަސްކަންފުޅު ހަނދުމަކުރާށެވެ. އެއީ، ދިންނެވުމުގެ މޮޅުކަން ތިޔަބައިމީހުން ލިބިގަތުމަށްޓަކައެވެ." (( وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا )) الأحزاب: ٣٥ "އަދި ގިނައިން މާތް ﷲ ރަސްކަންފުޅު ހަނދާންކޮށް ޒިކުރުކުރާ މީހުންގެ ފިރިހެނުންނާއި، އަންހެނުން، އެމީހުންނަށް މަތިވެރިވެގެންވާ ސަވާބާއި ފާފަފުއްސެވުން މާތް ﷲ ތައްޔާރުކުރައްވާފައި ވެއެވެ." (( يَا أَيُّهَا الَّذِينَ آَمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا () وَسَبِّحُوهُ بُكْرَةً وَأَصِيلاً )) الأحزاب: ٤١ ٤٢ "އޭ، އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން، ގިނަވެގެންވާ ހަނދުމަކުޅައުމަކުން، މާތްﷲ ހަނދުމަކޮށް އުޅޭށެވެ. އަދި، ހެނދުނާއި ހަވީރު، އެކަލާނގެ ކިބަޔަށް ތަސްބީޙަކިޔައި އުޅޭށެވެ."

 

أذكار އަކީ ذكرގެ جمعއެވެ. އާދެ  ذكرގެ لغوي މާނައަކީ އެއްޗެއް ނުވަތަ ކަމެއް ހަނދާން ކުރުމެވެ. شرعي إصطلاحގައި ذكرގެ މާނައަކީ މާތް ﷲގެ މަތިން ހަނދުމަކުރުމެވެ. ذكر ކުރުން ވަނީ ތިން ގޮތަކުންނެވެ. އެއީ ހިތުންނާއި ދުލުންނާއި ޢަމަލުންނެވެ. (( وَاذْكُرْ رَبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالآصَالِ وَلا تَكُنْ مِنَ الْغَافِلِينَ )) الأعراف: ٢٠٥ "ކަލޭގެފާނުންގެ ހިއްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ ހަނދުމަކުރައްވާށެވެ. ކިޔަމަންތެރިވެ ބިރުވެތި ވުމުގެ ގޮތުގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ!" ފަހެ ހިތުން ذكرކުރުމަކީ فكرހިންގުމެވެ. އެއީ  މާތް ﷲގެ إسمފުޅުތަކާއި ޞިފަފުޅުތަކާއި حكمތަކާއި އަދި آية ތަކާމެދު فكرހިންގުމެވެ. ذكرކުރުމުގެ ދެވަނަ ގޮތަކީ ދުލުންޛިކުރުކުރުމެވެ. ދުލުން ذكر ކުރުމަކީ މާތް ﷲ سبحانه وتعالى ކުއްތަންވެވޭ ކޮންމެ ބަހެކެވެ. އެއީ تهليل އާއި تسبيح އާއި تكبيرއާއި قرآن ކިޔެވުމާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައްތައް نهيކުރުމާއި سنة ތާއި ديني علم ކިޔެވުމެވެ. ذكرކުރުމުގެ ތިންވަނަ ގޮތަކީ إنسانއާގެ عملންނެވެ. އެއީ މާތް ﷲ سبحانه وتعالى ލޯބިވެވޮޑިގެންވާ ކޮންމެ عملއެކެވެ. ނަމާދު އާއި زكاة އާއި އަދި މިނޫން ވެސް މިފަދަ ހުރިހާ عملއެކެވެ.

ނަމަވެސް މުޠްލަޤު ކޮށް ބުނެވޭ ޒިކުރުގެ މާނައަކީ ތަސްބީހަ އާއި ތަހްމީދްއާއި ތަކްބީރްއެވެ. މާތް ﷲ عزوجل. ވަހީ ކުރައްވަނީ (( يَا أَيُّهَا الَّذِينَ آَمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا () وَسَبِّحُوهُ بُكْرَةً وَأَصِيلاً ))  الأحزاب: ٤١ - ٤٢ "އޭ، އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން، ގިނަވެގެންވާ ހަނދުމަކުޅައުމަކުން، މާތް ﷲ ހަނދުމަކޮށް އުޅޭށެވެ!. އަދި، ހެނދުނާއި ހަވީރު، އެކަލާނގެ ކިބަޔަށް ތަސްބީޙަކިޔައި އުޅޭށެވެ." މި އާޔަތުގައި މާތް ﷲ މުއުމިނުންނާ މުޚާޠަބު ކުރައްވައި މިއަމުރު ކުރައްވަނީ އެކަލާނގެއަށް ގިނަ ގިނައިން ޒިކުރުކުރުމަށެވެ. އެއީ ކޮންމެ ވަގުތެއްގައާއި ކޮންމެ ހާލަތެއްގައާއި ކޮންމެ ތަނެއްގައެވެ. (( وَسَبِّحُوهُ بُكْرَةً وَأَصِيلاً ))  الأحزاب: ٤٢ "އަދި ހެނދުނާއި ހަވީރު، އެކަލާނގެ ކިބަޔަށް ތަސްބީޙަކިޔައި އުޅޭށެވެ." ޝައިޚު މުހައްމަދު ބިން ޞާލިޙު އަލްއުޘައިމީން ރިޔާޟުއްޞާލިޙީންގެ ޝަރަހަގައި މިއާޔަތް ޝަރަހަކޮށްދެއްވަމުން ލިޔުއްވާފައި ވަނީ، ހެނދުނާއި ހަވީރުގެ މާނައަކީ ހެނދުނުގެ ކުރީކޮޅުގައި އަދި ހެނދުނުގެ ފަހުކޮޅުގައި އޭގެ މުރާދަކީ ދުވާލުގެ ހުރިހާ ވަގުތެކެވެ އަދި ރޭގަނޑު ގެ ހުރިހާ ވަގުތެކެވެ. (( وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ ))  الجمعة: ١٠ "އަދި ގިނަގިނައިން މާތް ﷲ ގެ ރަސްކަންފުޅު ހަނދުމަކުރާށެވެ. އެއީ، ދިންނެވުމުގެ މޮޅުކަން ތިޔަބައިމީހުން ލިބިގަތުމަށްޓަކައެވެ." އަދި މިފަދައިން މާތް ﷲ ވަނީ މުސްލިމުން ޢަދުއްވުންނާއި ބައްދަލުވާއިރުގައި  ވެސް ޒިކުރުކުރަން އަންގަވާފައެވެ. މާތް ﷲ ވަހީކުރައްވަނީ، (( يَا أَيُّهَا الَّذِينَ آَمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ ))  الأنفال: ٤٥ އެ، އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނާއި (މުޝްރިކުންގެ ހަނގުރާމަ) ޖަމާޢަތެއްގެ މީހުން ބައްދަލުވެއްޖެނަމަ، ކަލޭމެން، ފިސާރި ސާބިތުވެގެން ހިތްވަރުގަދަގޮތުގައި، ތިބޭހުށިކަމެވެ! އަދި ގިނަގިނައިން ﷲ ހަނދުމަކުރުންމަތީ ދެމިތިބޭހުށިކަމެވެ. އެކަމުގެ ބަރަކާތުން ކަލޭމެން ކާމިޔާބުވުމަށްޓަކައެވެ." މިއާޔަތުން ވެސް އަޅުގަނޑުމެންނަށް މާތް ﷲ މިއަންގަވަނީ ސާބިތުކަމާއި ފަލާހުލިބުމުގެ ސަބަބެއް ކަމުގައި ޒިކުރު ވާކަމެވެ. އަދި ހަނގުރާމައިގެ ވަގުތު ވެސް ﷲއަށް ޒިކުރު ކުރުމަށް އެންގެވުމުން އެނގެނީ ޒިކުރުގެ މުހިންމުކަމެވެ. (( اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ ))  العنكبوت: ٤٥ "ކަލޭގެފާނަށް ބާވާލެއްވުނު ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. އަދި ނަމާދު ޤާއިމުކުރާށެވެ. ހަމަކަށަވަރުން ނަމާދު ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީކުރެއެވެ. މާތް ﷲ ހަނދާންކުރުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުން ކުރާ ކަންތައްތައް މާތް ﷲ ދެނެވޮޑިގެންވެއެވެ." ފަހެ ނަމާދާއި ޒިކުރު ކުރުމަކީ އިންސާނާގެ ހިތް ދިރިގެން ދާކަމެކެވެ. އަދި މާތް ﷲގެ ކިބަފުޅަށް ބިރުވެތިކަން އިތުރުކޮށް ދޭކަމެކެވެ. އެހެން ކަމުން ފާޙިޝް ޢަމަލު ތަކުންނާއި މުންކަރާތްތަކުން އިންސާނާ ދުރުކޮށް ދެއެވެ. (( وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا )) الأحزاب: ٣٥ "އަދި ގިނައިން މާތް ﷲ ރަސްކަންފުޅު ހަނދާންކޮށް ޒިކުރުކުރާ މީހުންގެ ފިރިހެނުންނާއި، އަންހެނުން، އެމީހުންނަށް މަތިވެރިވެގެންވާ ސަވާބާއި ފާފަފުއްސެވުން މާތް ﷲ ތައްޔާރުކުރައްވާފައި ވެއެވެ." ވަރަށް ސާފުކޮށް މާތް ﷲ އެކަލާނގެ އަޅުތަކުންނަށް މިއަންގަވަނީ އެކަލާނގެ ހަޟްރަތުގައި ޒިކުރު ކުރާމީހުންނަށްހުރި ނިޢުމަތެވެ. ފަހެ ޒިކުރުގިނަގިނައިން ކުރާނަމަ އެއީ އީމާންތެރިކަން ވަރުގަދަ ވުމުގެ ވެސް ސަބަބެކެވެ ހަމައެފަދައިން ޒިކުރުކުރުން މަދު ވުމަކީ އީމާންތެރިކަން ބަލިކަށިކަމުގެ ދަލީލެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ  (( فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلاَ تَكْفُرُونِ )) البقرة:١٥٢ "ފަހެ އެހެންކަމުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ރަސްކަންފުޅު ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރައްވާ ހުށީމެވެ. އަދި، ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ޝުކުރުވެރިވާށެވެ! އަދި ތިމަންކަލާނގެ ކިބައަށް ތިޔަބައިމީހުން ކާފިރުނުވާށެވެ." ގިނަގިނައިން ޒިކުރުކުރާ މީހުން މާތް ﷲ ސިފަކުރައްވަނީ ބުއްދީގެ އަހުލުވެރިން ކަމުގައެވެ. ހަމަކަށަވަރުން އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ. ވަހީކުރައްވަނީ (( إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لآيَاتٍ لِأُولِي الْأَلْبَابِ () الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ ))  آل عمران: ١٩٠ ١٩١ "އެބައިމީހުންނަކީ (ހެޔޮވިސްނޭ ބުއްދިވެރީންނަކީ) ކޮޅަށް ތިބެގެންނާއި އިށީނދެ ތިބެގެންނާއި، އޮށޯވެ އޮވެގެން މާތް ﷲ ހަނދުމަކޮށް، އަދި ބިމާއި އުޑުތައް ހެއްދެވުމާއިމެދު ފިކުރުކޮށް އުޅޭމީހުންނެވެ. (އަދި ދުޢާކޮށް ބުނެއުޅޭ މީހުންނެވެ.) ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މާނައެއްނެތް ބާޠިލުކަމެއްގެ ގޮތުގައި އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައި ނުވެއެވެ. އިބަރަސްކަލާނގެ ހުސް ޠާހިރު ވަންތަކަމާއެވެ. ފަހެ، ނަރަކައިގެ އަޒާބުން ތިމަންމެން ދިންނަވާފާނދޭވެ!" އެހެން ކަމުން އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަހުރިހާ ބޭފުޅުންނަށް މިނަސޭހަތްތެރި ވަނީ ދާއިމީ ގޮތެއްގައި މާތް ﷲއަށް އިޙުލާސްތެރި ކަމާއެކު ގިނަގިނައިން ޒިކުރުކުރާ ބައެއްކަމުގައި ވުމަށެވެ.

لا إله إلا الله وسبحان الله والحمد لله و الله أكبر

لاإله إلا الله وحده لا شريك له, وأشهد أن محمّدا عبده ورسوله 

 

ނޯޓް: މިއީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނޫރުލްއިސްލާމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި