Noorul-islam.NET :: މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތް ދެކެ ނިހާޔަތަށް ލޯބިވެ ވަޑައިގެންނެވިއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އުއްމަތް ދެކެ ނިހާޔަތަށް ލޯބިވެ ވަޑައިގެންނެވިއެވެ.
Category »  محمد صلى الله عليه وسلم

ތާރީޚް: 18 އޮކްޓޯބަރ 2009

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްދުވަހަކު ﷲ ގެ މި ވަޙީ ބަސްފުޅު ކިޔަވާ ވިދާޅުވިއެވެ. އެއީ އިބްރާހީމް ޢަލައިހިއްސަލާމް އާއި ބެހޭ ގޮތުންނެވެ.

( رَبِّ إِنَّهُنَّ أَضْلَلْنَ كَثِيرًا مِنَ النَّاسِ فَمَنْ تَبِعَنِي فَإِنَّهُ مِنِّي وَمَنْ عَصَانِي فَإِنَّكَ غَفُورٌ رَحِيمٌ ) [ ابراهيم: 36 ]

އޭ ހައްދަވައި ގެންގުޅުއްވާ އިލާހް! ހަމަކަށަވަރުން އެތަކެތި (އެބަހީ ބުދުތައް)، މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު މަގުފުރައްދައިފިއެވެ. ފަހެ ތިމަންކަލޭގެފާނަށް ތަބާވީ ބަޔަކީ ފަހެ ތިމަންކަލޭގެފާނުގެ (އުއްމަތުގެ) ތެރެއިންވާ ބަޔެކެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ، ފަހެ އިބައިލާހަކީ ފާފަ ފުއްސަވާދެއްވާ ރަޙީމްވަންތަ އިލާހެވެ.]

 

އަދި ޢީސާ ޢަލައިހިއްސަލާމް އާއި ބެހޭގޮތުން ވަޙީކުރައްވާފައިވާ މި އާޔަތް ކިޔަވާ ވިދާޅުވިއެވެ. :

( إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ )[ المائدة: 118 ].

އިބައިލާހު އެބައިމީހުންނަށް ޢަޛާބު ދެއްވާ ނަމަ، އެއީ އިބަ އިލާހުގެ އަޅުންނެވެ. އަދި އިބައިލާހު އެބައިމީހުންނަށް ފާފަ ފުއްސަވާ ދެއްވާ ނަމަ އިބައިލާހީ ޢިއްޒަތްތެރި ވަންތަ ޙަކީމްވަންތަ އިލާހެވެ.]

 

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެހިނދު ﷲ ތަޢާލާ ޖިބްރީލްގެފާނު އެކަލޭގެފާނުގެ އަރިއަހަށް ފޮނުއްވިއެވެ. އަދި އެއިލާހު މޮޅަށް ދެނެވޮޑިގެންވާ ޙާލު ވަޙީ ކުރެއްވިއެވެ.

[އޭ ޖިބްރީލެވެ! މުޙައްމަދުގެފާނާއި [ޞައްލަﷲ ޢަލައިހި ވަސައްލަމް] ސުވާލު ކުރައްވާށެވެ! ކަލޭގެފާނު ކީރިތި ކުރައްވަނީ ކީއްވެތޯއެވެ؟] .

އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް ވަޑައިގެން ދެންނެވިއެވެ.

[އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު ކީރިތި ކުރައްވަނީ ކޮންކަމަކާއިމެދު ތޯއެވެ؟]

ޙަދީޘް ކުރެއްވިއެވެ.

[އޭ ޖިބްރީލެވެ. ތިމަންކަލޭގެފާނުގެ އުއްމަތެވެ... ތިމަންކަލޭގެފާނުގެ އުއްމަތެވެ... ]

އެހިނދު ޖިބްރީލް ޢަލައިހިއްސަލާމް، ހުރިހާ އާރާއި ބާރާއި ވެރިކަމެއްގެ ވެރި ﷲގެ ޙަޟްރަތަށް ވަޑައިގެން ދެންނެވިއެވެ.

[އެކަލޭގެފާނު ކީރިތި ކުރައްވަނީ އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ ﷲ އެވެ. ]

އެހިނދު ޖިބްރީލްގެފާނަށް ވަޙީ ކުރެއްވިއެވެ.

[ މުޙައްމަދުގެފާނު [ޞައްލަﷲ ޢަލައިހި ވަސައްލަމް]ގެ އަރިހަށް ފައިބައިވަޑައިގެން އެކަލޭގެފާނަށް ދަންނަވާށެވެ. ހަމަކަށަވަރުން ތިމަންއިލާހު، ކަލޭގެފާނުގެ އުއްމަތާއިމެދު ކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވާހުށީމެވެ.]

رواه مسلم .


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި