Noorul-islam.NET :: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
Category »  މުޖުތަމަޢު

ތާރީޚް: 26 ޖުލައި 2009

ލިޔުއްވީ : މުޙައްމަދު އަނީލް

الْبَرَاءِ بْنِ عَازِب ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ‏أَمَرَنَا رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏بِسَبْعٍ وَنَهَانَا عَنْ سَبْعٍ أَمَرَنَا بِاتِّبَاعِ الْجَنَازَةِ ‏ ‏وَعِيَادَةِ ‏ ‏الْمَرِيضِ ‏ ‏وَتَشْمِيتِ ‏ ‏الْعَاطِسِ وَإِجَابَةِ الدَّاعِي وَنَصْرِ الْمَظْلُومِ وَإِبْرَارِ الْقَسَمِ وَرَدِّ السَّلَامِ .... (رواه الترمذي)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަން ބޭކަލުންނަށް ހަތް ކަމަކަށް އަމުރުކުރެއްވިއެވެ. އަދި ހަތް ކަމެއް ނަހީކުރެއްވިއެވެ. ޖަނާޒާގެ ފަހަތުން ދިޔުމަށާއި، ބަލިމީހުންނަށް ގޮވާލަންދިޔުމަށާއި، ކިނބިހި އެޅޭމީހާއަށް ޖަވާބުދިނުމަށާއި، ދަޢުވަތު ޤަބޫލުކުރުމަށާއި އަނިޔާލިބޭ މީހާއަށް ނަޞްރު ދިނުމަށާއި، މީހަކު ކަމެއް އެދި ހުވާކޮށްފިނަމަ އެކަމެއް ފުއްދައިދިނުމަށާއި، ސަލާމްގެ ޖަވާބުދިނުމަށް ތިމަން ބޭކަލުންނަށް އަމުރު ކުރެއްވިއެވެ. .....

 

މިޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރު ކުރައްވާފައިވާކަމަށް الْبَرَاءِ بْنِ عَازِب ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ކަންތައް ތަކަކީ:

* ޖަނާޒާގެ ފަހަތުން ދިޔުން.

* ބަލިމީހުންނަށް ގޮވާލަންދިޔުން.

* ކިނބިހި އެޅޭމީހާއަށް ޖަވާބުދިޔުން.

* ދަޢުވަތު ޤަބޫލުކުރުން.

* އަނިޔާލިބޭ މީހާއަށް ނަޞްރު ދިނުން.

* މީހަކު ކަމެއް އެދި ހުވާކޮށްފިނަމަ އެކަމެއް ފުއްދައިދިނުން.

* ސަލާމްގެ ޖަވާބުދިނުން.

 

މިއީ އަޅުގަނޑުމެން މުސްލިމުންނަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ މަތިވެރި އިރުޝާދުތަކުގެ ތެރެއިން ފުރިހަމަ އިރުޝާދެކެވެ. މި ޙަދީޘްގައި އަލްބަރާއު ބުނު ޢާޒިބު ރަޟިޔަﷲ ޢަންހު ބަޔާންކޮށްދެއްވާފައިވަނީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގަ ކިއްލާ ރައްކާތެރި ކުރާނެ އަސާސީ މުހިއްމު ކަންތައްތަކެވެ. އެއީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވާފައިވާ މަތިވެރި އަޚްލާޤުގެ ސިފަތަކެކެވެ.

ދެބަސްވެވެން ނެތް ޙަޤީޤަތަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، މި ދުނިޔެ ދޫކުރެއްވުމުގެ ކުރިން އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ ހުރިހާމަގެއް ދައްކަވާ ދެއްވާފައިވާކަމެވެ. އެކަމެއްގައި ހެވެއް ވާނަމަ އެކަމެއް ކުރުމަށް އަޅުގަނޑުމެންނަށް އިރުޝާދުދެއްވިއެވެ. އަދި އެކަމަކުން ގެއްލުމެއް ވާނަމަ އެކަމަކުން ދުރުހެލިވުމަށް އަޅުގަނޑުމެންނަށް އިންޒާރު ކުރެއްވިއެވެ. އަޅުގަނޑުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ. صلى اللـه عليه وعلى آله وصحبه وسلم


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި