Noorul-islam.NET :: އަދިވެސް އެބައިމީހުން ބުނަނީ އެއީ އަންހެނުން މިނިވަންކުރުން ކަމުގައެވެ. 2

އަދިވެސް އެބައިމީހުން ބުނަނީ އެއީ އަންހެނުން މިނިވަންކުރުން ކަމުގައެވެ. 2
Category »  އުޚްތުން

ތާރީޚް: 17 މޭއި 2009

ތަރުޖަމާ ކުރެއްވީ : އަޙްމަދު މިޙްސަން މުޙައްމަދު



 

 

(ފުރަތަމަ ބަޔާ ގުޅޭ)
ދެވަނަ ބޮޑު ހަނގުރާމަ
ދެވަނަ ބޮޑު ހަނގުރާމަ ފެށުނީ 1940ގެ އަހަރު ތަކުގެ ކުރީ ކޮޅުގައެވެ. ހުރިހާ ފިރިހެނުންވެސް ހަނގުރާމަ ކުރުމަށް ނެރެވުނެވެ. އެހެންކަމުން އެމެރިކާޔަށް މަސައްކަތު މީހުންނާއި ތަކެތި ސަޕްލައި ކޮށްދޭނެ މީހުން ބޭނުން ވިއެވެ. އަނެއްކާވެސް ވަޒީފާ ދޭމީހުން އަންހެނުން ވަޒީފާތަކަށް ނެރުމަށް މަސައްކަތް ކުރަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައިވެސް ކަންތައް ކުރެވުނު ގޮތަށް މި ހަނގުރާމައިގެ ދުވަސް ވަރުގައިވެސް ކައިވެނިނުކޮށް ތިބި އަންހެނުންނާއި ކައިވެނި ކޮށްގެންތިބި އަންހެނުންނަށް ވަޒީފާތަކަށް ނުކުތުމަށް ދަޢުވަތު ދޭންފެށިއެވެ.
އެހެންނަމަވެސް އޭރު އެމެރިކާ މީހުން ދެކޭ ގޮތުގައި ކައިވެނިކޮށްގެން ތިބޭ އަނބިން ވަޒީފާޔަށް މަސައްކަތު ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެންކަމުން އެމެރިކާގެ ޚަބަރު ފަތުރާ މީޑިޔާ އާއި ސަރުކާރު ގުޅިގެން އެމެރިކާ މީހުންގެ މި ވިސްނުން ބަދަލުކޮށްލުމަށްޓަކައި ޕްރޮޕަގެންޑާ ކެމްޕޭނެއް ފެއްޓިއެވެ. އެމެރިކާގެ ފެޑްރަލް ސަރުކާރުން އެތާނގެ އަންހެނުންނަށް އެންގީ ހަނގުރާމައިން އެމެރިކާޔަށް ނަޞްރު ލިބޭނީ އަންހެނުން ވަޒީފާތަކަށް ނުކުތުމުން ކަމުގައެވެ. އެހެން ނޫނީ ނަޞްރު ނުލިބޭނޭ ކަމުގައެވެ. އެހެންކަމުން މަސައްކަތްކުރާ އަންހެނުންނަކީ ރަގަޅު ރައްޔިތުން ކަމުގައި ވިސްނައިދިނެވެ. އެމީހުންނަކީ ވަތަންދެކެ ލޯބިވާ ބަޔަކު ކަމުގެ ފިކުރު އުފެއްދިއެވެ.
ސަރުކާރުގެ ފަރާތުން ފަންޑުކޮށްގެން 1942 ވަނަ އަހަރު މެގަޒިން ބިއުރޯއެއް އުފެއްދިއެވެ. މި ބިއުރޯއިން "މެގަޒިން ވަރ ގައިޑް" އޭ ކިޔާ ގައިޑެއް ނެރުނެވެ. މި ގައިޑް ގައި ބުނެދެނީ ކޮންމެ މަހަކުވެސް މެގަޒިންތަކުން އެމެރިކާއިން ކުރަމުންދާ ހަނގުރާމަޔަށް ތާޢީދު ހޯދުމަށް ޕްރޮޕެގަންޑާ ފެތުރުމަށް ޕަބްލިޝްކުރާނޭ ވާހަކަ ތަކުގެ ތީމް ތަކެވެ. 1943 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށް މި ގައިޑްގައި ޚާއްސަކޮށްފައިވާ ތީމް އަކީ "މަސައްކަތުގައި އުޅޭ އަންހެނުން" މި ތީމެވެ. މި ތީމަށް ދީފައިވާ ޝިޢާރަކީ " މަސައްކަތުގައި އުޅޭ އަންހެނުން ގިނަވުން، ވީހާވެސް އަވަހަށް އަހަރެމެން (ހަނގުރާމައިން) މޮޅުވުން" މި ޝިޢާރެވެ. މިހެންވެ މެގަޒިންތަކުން އަންހެނުންނާއި ސަޤާފީ ގޮތުންވެސް ނުވެސްގުޅޭ ވަޒީފާތަކަށް މަސައްކަތުގެ ބާޒާރަށް އެމީހުން ނެރުމަށް ހިއްވަރުދީ އެކަންތައް މަތިވެރިކޮށް އެ ޚިޔާލު ފަތުރަމުން ދިޔައެވެ. މި ޚިޔާލުތައް ފަތުރަމުންދިޔަ މީހުންގެ ވިސްނުމަކީ މީހުން ޝައުޤުވެރި ނުވާކަހަލަ ކުދިކުދި ވަޒީފާތައްވެސް ރީތިކޮށްފަ ހިތްގައިމު ކުލަ ޖައްސާފަ އަބުރުވެރި މަސައްކަތްތައް ގޮތުގައި މީހުންނަށް ހުށަހަޅައިދިނުމުން އަންހެނުން މަސައްކަތުގެ ބާޒާރުގެ ތެރެޔަށް ވަންނާނޭ ކަމެވެ.
މީޑިޔާއިން "
Rosie the Riveter" " ރޯސީ ދަ ރިވެޓަރ " ގެ ނަމުގައި ޚިޔާލީ ޝަޚްސިއްޔަތެއް އުފެއްދިއެވެ. މީގެ ބޭނުމަކީ އަންހެނުންނަށް ވަޒީފާއަށް ނުކުތުމަށް ހިއްވަރު ދިނުމެވެ. ރޯސީ ހުށައަޅައިދީފައި ހުންނަނީ ޤައުމުދެކެ ލޯބިވާ އަންހެނެއްގެ ގޮތުގައެވެ. ހުރިހާ އެމެރީކާގެ އަންހެނުންގެ ބަޠަލެއްގެ ގޮތުގައެވެ. " މުޅި ދުވަހު ހަތަރުދަމު، ވާރޭ ވެހުނަސް އަވިދިނަސް އޭނާއަކީ ފެކްޓްރީގެ އެސަމްބްލީ ލައިންގެ ގެ ބަޔެކެވެ. އޭނާ މަސައްކަތް ކުރަނީ ނަޞްރު (އެމެރިކާ އަށް ދެވަނަ ބޮޑުހަނގުރާމުން ކާމިޔާބު) ލިބުމަށެވެ.... ރަތާއި، ހުދާއި، ނުލުގެ ޙަޤީގަތެއް ރޯސީ ދަ ރިވެޓަރ ގެ ކިބައިގައި ވެއެވެ. " މިފަދަ ވާހަކަތައް ލިޔަމުން ފަތުރަމުން ދިޔައެވެ.
މި ޕްރޮޕެގެންޑާގެ މަސައްކަތްތައް ކާމިޔާބު ވިއެވެ. 6 މިލިޔަނަށްވުރެ ގިނަ އަންހެނުން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މަސައްކަތުގެ ބާޒާރާއި ގުޅުނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ކައިވެނިކޮށްގެން ތިބި އަންހެނުންނެވެ. 1940 ވަނަ އަހަރު ހަނގުރާމައިގެ ކުރިން ވަޒީފާ އަދާކުރާ އަންހެނުންގެ ތެރެއިން ކައިވެނިކޮށްގެންތިބި މީހުންގެ ނިސްބަތަކީ އެންމެ 36% އެވެ. މެދުފަންތީގެ އާއިލާތަކުގައި އަނބިން ވަޒީފާ އަދާ ކުރުމަކީ ރަގަޅު ކަމެއްނޫން ކަމުގައި ދެކެވެމުންއައި ގޮތް ބަދަލުވެގެން ހިނގައްޖެއެވެ.


ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު
1950 ގެ އަހަރުތައް ވެގެންދިޔައީ އެމެރިކާގެ އާއިލާ ތަކަށް ވަރަށްވެސް އުފާވެރި އަހަރުތަކެއް ކަމުގައެވެ. އެހެން ނަމަވެސް ހަނގުރާމައިން އައި ފިރިހެނުންނަށް ވަޒީފާގެ ބޭނުން ޖެހިއްޖެއެވެ. އަނެއްކާވެސް އެމެރިކާގެ ސަރުކާރާއި މީޑިއާ އެއްތަންވެ ޢާއްމުންގެ ވިސްނުން ބަދަލުކޮށްލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް މި ފަހަރު އެމީހުން ހިއްވަރުދިނީ އަންހެނުން ވަޒީފާތައް ދޫކޮށް އެމީހުންގެ ގެތަކަށް ދިޔުމަށެވެ. މިކަމުން ފާޅުވި ހަޤީގަތަކީ އަންހެނުން ވަޒީފާޔަށް ނެރުނީ އެމީހުންނަށް މިނިވަންކަން ހޯދައި ދިނުމަށް ނޫންކަމެވެ. އެހެން ނަމަވެސް ވަޒީފާތަކަށް މަސައްކަތުމީހުން ބޭނުންވާތީއެވެ.
އެހެންނަމަވެސް އެމެރިކާގެ ސަރުކާރާއި މީޑިޔާގެ މި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެހެންވެ ވަރަށް އަވަހަށް އެކަންތައް ހުއްޓާލައިފިއެވެ. އިޤްތިސާދީ ގޮތުން ދަށްފަންތީގެ އަންހެނުން ވަޒީފާގައި މަޑުކުރަން މަޖްބޫރު ވިއެވެ.
ވަޒީފާތައް ދޫކޮށް އެމީހުންގެ ދަރިންގެ ގާތަށް ގެތަކަށް އައި އަންހެނުން އެމީހުންގެ ދިރިއުޅުން އެމީހުންގެ ދަރިންނަށް އަނެއްކާވެސް ޚާއްސަކުރިއެވެ. އެހެންނަމަވެސް ހަމަ މިދުވަސްވަރުގައި އެމރިކާގެ މީހުންގެ ދިރިއުޅުމަށް ވަރަށް މުހިއްމު ބަދަލެއް އައިސްފިއެވެ. އެއީ ޓީވީ ޢާއްމުވުމެވެ. 1960 ވަނައަހަރު ވީއިރު އެމެރިކާގެ އާބާދީގެ 90% އަށް އެންމެ މަދުވެންގެން ކޮންމެ މީހަކަށް އެއް ޓީވީ ސެޓް ލިބިފައިވެއެވެ. އާއިލާތަކުން އެއް ޓީވީ ސްކްރީންގެ ވަށައިގެން ތިބެގެން މުނިފޫހިފިލުވައެވެ. ކުރީޒަމާނުގައި ވިޔަފާރި އިސްތިހާރުތަކަށްވެސް މީހުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ހުރެއެވެ.
ގިނަ މެދުފަންތީގެ އާއިލާތަކަށް ރަގަޅު ފެންވަރުގެ ޓީވީއެއް ގަތުމުގެ މާލީ ތަނަވަސްކަން އެންމެ ޕޭއި ޗެކް އަކުން ލިބިފައި ނެތެވެ. އޭރު ޓީވީ އަކީ ރަގަޅުފެންވަރުގެ ދިރިއުޅުމަކަށް ވަރަށް މުހިއްމު އެއްޗެއްކަމުގައި އެމީހުން ދެކެމުން ދިޔައެވެ. ވަރަށްގިނަ އަންހެނުން އަނެއްކާވެސް މަސައްކަތުގެ ބާޒާރަށް ނުކުތީ " އެމެރިކާގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު " ހޯދުމުގެ ގޮތުންނެވެ. އެމީހުންނަށް ކޮންމެ މާނަޔެއް މި ޢިބާރާތުން ދޭހަވިކަމުގައި ވިޔަސް ވެސްމެވެ.
1940 އިން 1950 ވަނަ އަހަރަށް މަސައްކަތުގެ ބާޒާރުގައި އުޅުނު އެމެރިކާގެ އަންހެނުންގެ އަދަދު 9% އިތުރުވިއެވެ. 1930 އިން 1940 އަށް އިތުރު ވެފައިވަނީ އެންމެ 3% އެވެ.


އަސަރުތައް
މަންމަމެން ވަޒީފާތަކަށް އެނބުރު ދިޔުމުން އެމީހުންގެ ދަރިން ބަލަހައްޓާނޭ ފަރާތަކަށް ވެގެންދިޔައީ ޓީވީ ތަކެވެ. 1950 ގެ އަހަރު ތަކުގައި ގިނަ ކުދިން އެކުދިންގެ ނިދުމުގެ ގަޑިތައް ނޫން އެހެންގަޑިތައް މުޅިންއެކީ ހޭދަކޮށްފައިވަނީ ޓީވީ ސްކްރީން ތަކުގެ ކުރިމަތީގައެވެ.
1940 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުދިންގެ މަންމައިންގެ ތެރެއިން ވަޒީފާޔަށް ގޮސްފައިވަނީ 8.6% މަންމައިންނެވެ. 1987 ވަނަ އަހަރާއި ހަމަޔަށް އައި އިރު 18 އަހަރުން ދަށުގެ ކުދިންގެ މަންމައިންގެ ތެރެއިން ވަޒީފާޔަށް ގޮސްފައިވަނީ 60.2% މަންމައިންނެވެ.
އަންހެނުން އާއިލާގެ މާލީ ހަރަދު ބަލަހައްޓަމުންދާކަމުގެ އިހުސާސް އެމީހުންނަށް ވުމުގެ ސަބަބުން އެމީހުންނަށް ވިސްނެންފެށީ އަދި ގަބޫލް ކުރެވެންފެށީ އެމީހުންގެ ފިރިން ގޭގައި ދަރިން ބަލަހައްޓައި ގޭގެ މަސައްކަތްތައް ކުރަންޖެހޭނޭ ކަމެވެ. އެހެންކަމުން މި އަހަރު ތަކުގެ ތެރޭގައި އެމެރިކާގައި ވަރީގެ ނިސްބަތް ދެގުނަ އިތުރު ވިޔެވެ. ވަރީގެ ނިސްބަތް މައްޗަށް ދިޔަމިންވަރުން ކޮންމެ 2 ކައިވެންޏަކުން 1 ކައިވެނި ވަރިން ނިމިގެންދާން ފެށިއެވެ. އަދި މީހުން ކައިވެނި ކުރާ މިންވަރާއި ދަރިން ހޯދާ މިންވަރު ވަރަށްބޮޑުތަން ދަށްވެގެން ދިޔައެވެ. ޓީވީ އިން ފެންނަ މީހުންގެ ދިރިއުޅުމަށްވުރެ ހިތާމަވރިކޮށް ހިތްހަމަނުޖެހިފައި އާދައިގެ މީހުންގެ ދިރިއުޅުންތައް ވިއެވެ.
އަންހެނުން ވަޒީފާޔަށް ދިޔުމުން މުޖުތަމަޢަށް ވަރަށް ގިނަ ގޮތްގޮތުން އަސަރު ކުރިއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އަސަރަކީ ވަޒީފާޔަށްދާ މަންމައިންގެ ދަރިން އެއްވެސް އަޅާލުމެއްނެތި ދޫކޮށްލެވިފައި ވުމެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ގިނަވި ވަރަކަށް އަޅާލުމެއްނެތި ބެލެހެއްޓުމެއްނެތި ބޮޑުވާ ކުދިންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި ފުރާވަރުގެ ކުދިން ކުރާ ކުށްތައްވެސް އިތުރު ވިއެވެ.
ގިނަ އަންހެނުން އެބައިމީހުންގެ ވަޒީފާ އާއިލާއަށްވުރެ އިސްކުރުމުން ، އެމީހުންގެ އާއިލީ ދިރިއުޅުމަށް ވަރަށްބޮޑެތި އަސަރުތަކެއް ކުރިއެވެ. ސަބަބަކީ ކައިވެނި ނުކޮށްތިބޭ އަންހެނުންނަށް ކައިވެނި ކޮށްގެންތިބޭ އަންހެނުންނަށް ވުރެ ބޮޑުމުސާރަ ލިބެއެވެ. އޭގެ އެއް މިސާލަކީ ހާރވާރޑްގެ އިކޮނޮމިސްޓަކު ކުރި ދިރާސާއަކުން ދައްކާގޮތުގައި ކައިވެނިނުކޮށް ދަރިންނެތި ތިބޭ އަންހެން ޑޮކްޓަރުންނަށް ލިބޭ މުސާރަ ކައިވެނިކޮށްގެންތިބޭ އަންހެން ޑޮކްޓަރުންނަށް ލިބޭ މުސާރައަށްވުރެ 13% އިތުރެވެ. އަދި ދަރިންތިބޭ އަންހެނުންނަށް ލިބޭ މުސާރައަށްވުރެ 15% އިތުރެވެ.


(ނިމުނީ)

މިއަދު
މިއަދުވެސް ގިނަ އަންހެނުން މަސައްކަތްކުރަނީ އިޤްތިސާދީ ޕިރަމިޑްގެ އެންމެ ތިރީގައެވެ. ގިނައީ އޮފީސްތަކުގައި އުޅޭ ސްޓާފް ކުދިން، ފެކްޓްރީ މަސަކްކަތްކުރާ މީހުން، ސޭލސް ގަރލް ފަދަ ވަޒީފާތަކުގައި އުޅޭ އަންހެނުންނެވެ. މިއަދު އެމެރިކާގެ ވަޒީފާ އަދާކުރާ މީހުންގެ 50% މީހުންނަކީ އަންހެނުންނެވެ. ގާތްގަނޑަކަށް 78% އަންހެނުން ތިބެނީ ކޭޝިޔަރުންގެ މަޤާމްގައެވެ. އަދި 90% ސެކްރެޓަރީންނަކީ އަންހެނުންނެވެ. މެނޭޖަރުންނާއި އެޑްމިނިސްޓްރޭޓަރުންގެ މަޤާމްގައި ތިބީ އެންމެ 13% އަންހެނުންނެވެ. އަންހެނުނަށް ވަޒީފާގެ ހަމަހަމަކަން ހޯދައިދިނުމަކީ އަވާމެންދުރެއް ކަމުގައިވިޔަސް އެތައް މިލިޔަން އަންހެނުން ވަނީ އެބައިމީހުންގެ ގެތަކުން ނުކުމެ އެބައިމީހުންގެ އާއިލީ ނިޒާމް މުގުރާ ފުޑުފުނޑުކޮއްލާފައެވެ.
އަންހެނުންނަށް މަސައްކަތަށް ވަޒީފާޔަށް ނުކުތުމަށް ގޮވާލެވުނީ ހަމައެކަނި އިޤްތިޞާދީ ގޮތުންނާއި ސިޔާސީގޮތުން މެދުވެރިވި ސަބަބުތަކެއްގެ ސަބަބުން މަސައްކަތްކުރާނޭ މަސައްކަތްތެރިން ބޭނުންވުމުގެ ސަބަބުންނެވެ. އެބައިމީހުން މިނިވަންކުރުމުގެ ބޭނުމަކު ނޫނެވެ. އިންޑަސްޓްރިއަލް ރިވޮލިއުޝަން ( ސިނާޢީ އިންޤިލާބު ) ، ދަ ގްރޭޓް ޑިޕްރެޝަން ( ބޮޑުވެގެންވާ ހައިހޫނުކަން ) އަދި ދުނިޔޭގެ ބޮޑެތި ހަނގުރާމަތައް، މިއީ ވަޒީފާ އަދާކުރާ އަންހެނުން އިތުރުވެގެންދިޔަ މައިގަނޑު ހާދިސާ ތަކެވެ. ހަނގުރާމަތަކުގައި ކެޕިޓަލިސްޓުންނަށް އެމީހުންގެ ވިޔަފާރީގެ ޕްލޭންތައް ތަންފީޒު ކުރުމަށްޓަކައި މަސައްކަތްތެރިން ބޭނުންވުމުގެ ސަބަބުން އެމީހުން އަންހެނުންގެ ބޭނުން ކުރީއެވެ.
އަންހެނުން ގެތަކުންނެރެ ޢާއްމު ވަޒީފާގެ ބާޒާރަށް ވައްދަންފެށީ މަޑުމަޑުންނެވެ. ފުރަތަމަ ފަޤީރު އަންހެނުންނެވެ. ދެން ކައިވެނި ނުކޮށްތިބޭ އަންހެނުންނެވެ. ދެން ކައިވެނިކޮށްގެން ކުދިން ނެތި ތިބި އަންހެނުންނެވެ. ދެން ކައިވެނިކޮށްގެން ޅަ ކުދިން ލިބިފައިނެތް އަންހެނުންނެވެ. ދެން ހުރިހާ އަންހެނުންނެވެ. މއަދުވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުން މިކަންތައް ފެންނަމުންދާނެއެވެ. ސަބަބަކީ ހުޅަނގުން މިއަދުވެސް އެގެންދަނީ އަންހެނުންނަށް ވަޒީފާގެ "މިނިވަންކަން" ހޯދައިދިނުމުގެ ޕްރޮޕެގަންޑާ ފަތުރަމުންނެވެ. މި ކަންތައްތަކުގެ ނަތީޖާ އަކަށް ވެގެންދާނީވެސް ކުރީގައި ބަޔާންވެދިޔަ އެމެރިކާގެ އަންހެނުންނަށްވެސް ޖެހުނު ބިކަހާލެވެ. މިއަދު އެބައިމީހުންގެ އަންހެނުންނަކީ އެއްވެސ އަގެއްނެތް ކުނި ތަކެކެވެ. ބޭނުން ބަޔަކު ބޭނުން ވަރަކަށް ބެނުންކޮށްފައި އުކާލެވޭ ކުނި ތަކެކެވެ.


Bibliography
-Hawes, Joseph M., ed. American Families: A Research Guide and Historical Handbook. New York: Greenwood Press,- 1990.
-Mintz, Steven. Domestic Revolutions. New York: the Free Press, 1988.
-Gary B. Nash, American Odyssey. New York: Glencoe McGraw-Hill, 2002.
-Wilson, Margaret Gibbons. The American Woman in Transition. Connecticut: Greenwood Press, 1979.
-Goldstein, Joshua S. War and Gender: How Gender Shapes the War System and Vice Versa. Cambridge University Press, 2001.
-U.S. Department of Labor, Women's Bureau. Women in the Force, 1900-2002. http://www.infoplease.com/ipa/0/1/0/4/6/7/A0104673.html
-The Library of Congress Rosie the Riveter: Real Women Workers in World War II http://www.loc.gov/rr/program/journey/rosie-transcript.html



 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި