Noorul-islam.NET :: އަދިވެސް އެބައިމީހުން ބުނަނީ އެއީ އަންހެނުން މިނިވަންކުރުން ކަމުގައެވެ. 1

އަދިވެސް އެބައިމީހުން ބުނަނީ އެއީ އަންހެނުން މިނިވަންކުރުން ކަމުގައެވެ. 1
Category »  އުޚްތުން

ތާރީޚް: 17 މޭއި 2009

ތަރުޖަމާ ކުރެއްވީ : އަޙްމަދު މިޙްސަން މުޙައްމަދު


 

އަދިވެސް އެބައިމީހުން ބުނަނީ އެއީ އަންހެނުން މިނިވަންކުރުން ކަމުގައެވެ.
އެމެރިކާގައި އަންހެނުން އެބައިމީހުންގެ ގެތަކުން ނެރެލެވުނުގޮތް
 

18 ވަނަ ޤަރުނުން ފެށިގެން މިއަދާއި ހަމަޔަށް ހުޅަނގުގެ ޢާއިލާތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހުޅަނގުން މި ބަދަލަށް އަންހެނުން މިނިވަން ކުރުމުގެ ހަރަކާތޭ ކިޔުނަސް ތާރީޚީ ޙަޤީޤަތަށް ބަލާއިރު ފެނި ހާމަވެގެންދަނީ މީގެ އިދިކޮޅެވެ.
18 ވަނަ ޤަރުނުގެ ކުރިން އެމެރިކާއަކީ ދަނޑުވެރިކަން ކުރި ޤައުމެކެވެ. އަދި އެޤައުމުގެ 90% މީހުން މަސައްކަތް ކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ކޮންމެ ގެއެއްގެ މީހުންވެސް އުޅެމުން ދިޔައީ އަމިއްލަޔަށް ފުދިގެންނެވެ. އާއްމުގޮތެއްގައި އެމީހުންނަށް ބޭނުންވާ ހުރިހާއެއްޗެއް އެމީހުންގެ ގެތަކުން ލިބެއެވެ. ގޭގައި އުފެއްދެން ނެތް ތަކެތި އެމީހުން ގަނެ އުޅުނީ އެތާނގެ މަސައްކަތްތެރިންގެ ގާތުންނެވެ. ޔޫރަޕުން އެތެރެ ކޮށްފައިވާ އެހެނިހެންތަކެތި ގަނެ އުޅެނީ ފިހާރަތަކުންނެވެ. ގޭގެ ފިރިހެންވެރިން ދަނޑުގެ ކަންތައް ބަލަހައްޓައެވެ. އަދި އަންހެންވެރިން ގޭގެ ކަންތައްތަކުގައި ގޭގައި މަސައްކަތް ކުރެއެވެ.
އިންޑަސްޓްރިއަލް ރިވޮލިއުޝަން ( ސިނާޢީ އިންޤިލާބް )
18 ވަނަ ޤަރުނުގެ ކުރީކޮޅު އެމެރިކާގައި އޮތް މި ދިރިއުޅުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. 1807 ވަނަ އަހަރު އިނގިރޭސި ވިލާތާއި ފްރާންސާއި ދެމެދު ފެށުނު ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ރައީސް ޖެފަރސަން އެމެރިކާއާއި ޔޫރަޕާއި ދެމެދު ކުރެވޭ ހުރިހާ ވިޔަފާއިއެއް ހުއްޓާލުމަށް ޤަރާރެއްގައި ސޮއިކުރެއްވިއެވެ. މި ނިންމުމުގެ ދަށުން ޔޫރަޕްގެ އެއްވެސް އުފެއްދުމެށް އެމެރިކާގައި ނުވިއްކުމަށާއި އަދި އެމެރިކާގައި އެ ތަކެތި އުފައްދަން ޖެހޭނެކަމުގައި ކަނޑައެޅިގެން ދިޔައެވެ. ޔޫރަޕުން އެމެރިކާއަށް މައިގަނޑު ގޮތެއްގައި އިމްޕޯރޓްކުރި އެއް މުދަލަކީ ފޮއްޗެވެ. އެހެން ކަމުން ޔޫރަޕްގެ ފޮތި އިމްޕޯރޓް ކުރުން ހުއްޓުމާއެކު އެމެރިކާގެ މުއްސަނދި ވިޔަފާރިވެރިން މިސްރާބު ޖެހީ އެމެރިކާގައި ވަރުގަދަ ފޮތީގެ ސިނާޢަތެއް އުފެއްދުމަށެވެ.
1814 ވަނަ އަހަރު އެމެރިކާގެ ބޮސްޓަންގެ ފްރެންސިސް ކޮބެޓް ލޯވެލް ކިޔާމީހަކު ޒަމާނީ ފުރަތަމަ ފެކްޓްރީ އުފެއްދިއެވެ. އަދި އެ ތާނގައި ކުރަންހުރި މަސައްކަތްތައް އިހުނަށްވުރެ އަވަސް އަވަހަހް ނިންމަންޖެހުނެވެ. ގެ ތަކުގައި އަތުން ތަކެތި ފަސޭހަކަމާއެކު އުފެއްދުނަސް ފެކްޓްރީ އެއްގެ ތެރޭގައި ބާރު ސްޕީޑުގައި އަވަހަށް އެއްފުރާޅެއްގެ ދަށުން ތަކެތި އުފައްދައި ނިންމަންޖެހުނެވެ. އެހެންކަމުން މިހާރު ލޯވެލް އަށް ބޭނުން ވެފައިވާ ބަޔަކީ މަސައްކަތުމީހުންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަންހެނުން، ޚާއްސަކޮށް ދަނޑުވެިރިންގެ ކާވެނި ނުކޮށްތިބި އަންހެންދަރިން މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅުން ފިރިހެނުން ގެންގުޅުމަށްވުރެ މާ ހަރަދު ކުޑައެވެ. އަދި އެ އަންހެނުންވެސް ފެކްޓްރީތަކުގެ އެކި އެކި މަޤާމްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވިއެވެ.
އެހެން ނަމަވެސް ލޯވެލް އަށް ކުރަންޖެހުނު މަސައްކަތަކީ އަންހެނުން ގެއިން ބޭރުގައި މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ދެކެމުންއައި މި މިޖުތަމަޢުގެ ފިކުރު ބަދަލު ކޮށްލުމުގެ މަސައްކަތެވެ. އެހެންކަމުން އެ އަންހެނުންގެ މައިންބަފައިންނަށް އެ އަންހެނުން ރަނގަޅު ގޮތުގައި ބެލެހެއްޓި ރަނގަޅު އަޚްލާގުގައި މުޢާމަލާތް ކުރެވޭނޭކަމުގެ ޔަޤީންކަން އޭނާ ދިނެވެ. އަދި އެއަށްފަހު އޭނާ ދަނާލެއް (ބޯރޑިން ފެސިލިޓީ) ހެދުމަށްފަހު އެތަނުގައި ހުރިހާ އަންހެނުން ފެކްޓްރީ މަސައްކަތް ކުރަމުން އެކީގައި އުޅެން ފެށިއެވެ.
މިޔަށްފަހު ވަރަށް ގާތްގާތުގައި އެމެރިކާގެ އެކި ހިސާބުތަކުގައި ފެކްޓްރީތައް ހަދަންފެށިއެވެ. ފެކްޓްރީތަކުގެ ވެރިން ލޯވެލް ގެ ވިސްނުން ކުރިޔަށްނެރެ އޭނަޔަށް ތަބާވެ ކައިވެނި ނުކޮށް ހުސްހަށިބަޔަށް ތިބި އަންހެނުން ފެކްޓްރީތަކަށް މަސައްކަތް ކުރުމަށް ނެރުނެވެ. 1850 ވަނަ އަހަރުވީއިރު އެމެރިކާގެ ގިނަ އުފެެއްދުންތައް އުފައްދަމުން ދިޔައީ ފެކްޓްރީ ތަކުގައެވެ. އަދި ތަކެތި އުފެއްދުން ރަށްފުށު ހިސާބުން ސިޓީތަކަށް ބަދަލުވުމުން މީހުންވެސް ސިޓީތަކަށް ބަދަލުވާން ފެށިއެވެ.
ބޮޑު މުސާރައެއް ހޯދުމުގެ ބޭނުމުގައި މީހުންނަށް ޖެހުނީ އެބައިމީހުންގެ ގެތައްދޫކޮށް ދާށެވެ. އަންހެނުން ދަނޑުތަކުގައި މަސަކަތް ކުރިއިރު އަބަދުވެސް މަސައްކަތާއި އާއިލާ އާއި އޮންނަނީ ގުޅިފައެވެ. އަންހެނުން މަސައްކަތް ކުރުމަށް ގެއިން ބޭރަށް ނުކުތުމުން، އާއިލީ ޒިއްމާ އުމުލަން ނުޖެހޭ އަދި ފިރިޔަކު ނެތް އަންހެނުން މިގޮތަށް މަސައްކަތް ކުރުމަށް ދިޔައެވެ. މިހެން ވުމުގެ ސަބަބުން އާއިލާއާއި ދަރިން ރަނގަޅު ގޮތުގައި ޒިއްމާދާރު ގޮތުގައި ބެލެހެއްޓޭނެ ހަމައެކަނި ބަޔަކަށް ތިބީ ފެކްޓްރީ މަސައްކަތަށް ނުގޮސް ގޭގައި ތިބޭ އަންނެނުން އެކަނިއެވެ.
ގެއިން ބޭރުގައި މަސައްކަތް ކުރުން ކައިވެނި ނުކޮށްތިބޭ އަންހެނުންގެ ދިރިއުޅުމުގެ ބަޔަކަށް ވެގެން ދިޔައެވެ. އެމީހުން ކައިވެންޏެއް ކުރަންދެން މަސައްކަތު ދެއެވެ. އަހަރުތައް ފާއިތު ވަމުން ދިޔަވަރަކަށް އާއިލީ ދިރިއުޅުން މަސައްކަތް ކުރުމަށް ހުރސްއަޅާ ކަމުގައި އަންހެނުންނަށް ބެލެވެން ފެށިއެވެ. އެހެންކަމުން ގިނަ އަންހެނުން ކައިވެނި ކުރުން ލަސްކުރަން ފެށިއެވެ. އަދި ބައެއް އަންހެނުން ހުސްހަށިބަޔަށް ތިބުމަށް ނިންމިއެވެ.
އެހެންނަމަވެސް ކައިވެނިކޮށްގެން ތިބި އަނބީން ގެތަކުގައި މަޑުކޮށް އެބައިމީހުންގެ ދަރީންނަށް އެބައިމީހުންގެ ވަގުތުތަށް ޚާއްސަކުރިއެވެ. މިހާރަކު ގޭދޮށު ދަނޑުގެ މސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ގޭގައި ތިބޭ އަނބިންނަށް ދަރިންނާއި އެކުގައި ހޭދަކުރުމަށް މާގިނަ ވަގުތު ލިބެން ފެށިއެވެ. 1900 ވަނަ އަހަރު ގެއިން ބޭރުގައި މަސައްކަތްކުރީ ކައިވެނި ކޮށްގެންތިބޭ އަންހެނުންގެ އެންމެ 5.6% މީހުންނެވެ. މި މުޖުތަމަމަޢުގައި އަންބަކު ގެއިންބޭރަށް މަސައްކަތުދާން ފަށައިފިނަމަ ބެލެވިފައި އޮތީ އޭނާގެ ފިރިމީހާ ގޯސްކަމުގައި ނުވަތަ އެއީ ވަރަށް ފަޤީރު ބައެއް ކަމުގައެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ
އެމެރިކާގައި އެންމެ ގިނައިން ކައިވެނި ކޮށްގެންތިބޭ އަންހެނުން މަސައްކަތުގެ ބާޒާރަށް ނުކުންނަށްފެށީ ފުރަތަމަ ބޮޑު ހަނގުރާމައިގެތެރޭ 1914 ވަނަ އަހަރުގައެވެ. ގިނަ ފިރިހެނުން ހަނގުރާމަޔަށް ދިޔުމުން އެމީހުން ދޫކޮށްފައި ދިޔަ ވަޒީފާތައް އަދާކުރާނޭބަޔަކަށް ބޭނުންވިއެވެ. ކައިވެނި ނުކޮށްތިބި އަންހެނުންގެ އަދަދު ވަޒީފާގެ ބާޒާރަށް ބޭނުންވާ ވަރަށްވުރެ މާ މަދެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން މީހުންނާއި ކައިވެނި ކޮށްގެން ތިބޭއަންހެނުންނަށް ވެސް ވަޒީފާއަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރު އައިއިރު ވަޒީފާ އަދާކުރާ އަންހެނުންގެ 25% މީހުންނަކީ ކައިވެނިކޮށްގެން ތިބި އަނބިންނެވެ. މިއީ އަދި ހަމައެކަނި ފެށުމެކެވެ.
ފުރަތަމަ ބޮޑުހަނގުރާމަ ގެނައި އަނެއް ބަދަލަކީ އެމެރިކާގެ އަސްކަރިއްޔާއަށް އަންހެނުން ވެއްދުމެވެ. ގާތްގަނޑަކަށް 13000 އަންހެން މުވައްޒަމުން އެމެރިކާގެ އަސްކަރިއްޔާގެ ތެރެޔަށް ވެއްދުނެވެ. އޭރު ގިނަ އަންހެނުން ތިބީ އޮފީސް މަސައްކަތުގައެވެ.


ދަ ގްރޭޓް ޑިޕްރެޝަން ( ބޮޑުވެގެންވާ ހައިހޫނުކަން )
ގްރޭޓް ޑިޕްރެޝަން އައީ 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. ވަޒީފާ ނެތް މީހުންގެ ރޭޓް 1929 ވަނަ އަހަރާއި 1932 ވަނައަހަރާއި ދެމެދު 3.2% އިން 23.6% އަށް އަރައިގެން ދިޔައެވެ. ހުނަރުވެރި މަސައްކަތްތެރިންނަށްވެސް ވަޒީފާ ލިބުން ދަތިވެގެން ދިޔައެވެ. ބައްޕައިން ވަޒީފާއެއް ހޯދުމަށް ދިޔައެވެ. ބައެއްމީހުން ވަރަށް ދަތިޙާލުގައި އެމީހުންގެ ޢާއިލާތައް ދޫކޮށްފައި ވަޒީފާއެއްލިބޭތޯ ދުރު ހިސާބުތަކަށް ދިޔައެވެ. އަދި އާއިލާތައް ބެލެހެއްޓުމަށްޓަކައި ފައިސާހޯދުމުގެ ޒިއްމާ އުފުލުމަށް ވަރަށްގިނަ އާއިލާތަކުގެ މަންމައިންނަށް މަޖުބޫރުވިއެވެ.
80% ފިރިން އެމީހުންގެ އަނބިން އެއްވެސް ޙާލަތެއްގައި ވަޒީފާޔަށް ދިއުމަށް ނުރުހުނު ކަމުގައިވިޔަސް އެދުވަސްވަރުގައި ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން މަޖްބޫރުވެގެން ގިނަ އަންހެނުން ވަޒީފާޔަށް ދިޔައެވެ. އެ އަންހެނުން ހޭދަކުރީ ވަރަށް ދިގު މަސައްކަތުގެ ވަގުތުތަކެކެވެ. އެހެންނަމަވެސް ލިބެނީ ވަރަށްކުޑަ މުސާރައެކެވެ. އޭރު ދޮން އަންހެނުންގެ 20% މީހުން އުޅުނީ ވަޒީފާތަކުގައެވެ.

(ނުނިމޭ)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި