Noorul-islam.NET :: ގުނަވަންތަކުން ކުރަހާލަން ޖެހޭ ސޫރައެއް
ގުނަވަންތަކުން ކުރަހާލަން ޖެހޭ ސޫރައެއް
Category »  އިސްލާމީ ޝަޚްޞިއްޔަތު

ތާރީޚް: 28 ޖެނުއަރީ 2009

ލިޔުއްވީ : [ ނަބީލް ]

 

ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ - ރަޙިމަހުﷲ - ގެ ޒަމާނުގައި އެކަލޭގެފާނާ ވަރަށް ދެކޮޅުވެރިވެ ހަސަދަވެރިވާ ބަޔަކު އުޅުނެވެ.

އެއްދުވަހަކު އިބްނު ތައިމިއްޔާގެ ދަރިވަރަކު ވަރަށް އުފަލުން އައިސް އެތަނުން ހަސަދަވެރިއަކު މަރުވި ވާހަކައިން އިބްނު ތައިމިއްޔާއަށް އުފާވެރިކަމުގެ ޚަބަރުދިނެވެ. އެހިނދު އިބްނު ތައިމިއްޔާ ވަރަށް ބޮޑަށް ކޯފާއިސްކުރައްވާ، ޚަބަރު ގެނެސްދިން ދަރިވަރުގެ އެ ޢަމަލާއި މެދު (ކަމުނުދާ ސިފައެއް ހުރި ނަމަވެސް ހެޔޮލަފާ މުސްލިމެއްގެ މަރާއިމެދު އުފާކުރީތީ) ވަރަށް ބޮޑަށް ނުރުހުން ފާޅުކުރެއްވިއެވެ.

އަދި އެއަށް ފަހު މަރުވި ދެކޮޅުވެރިޔާގެ ގެއަށް ވަޑައިގެންނެވިއެވެ. އަދި އެގޭގެ އަހުލުވެރިންނާ ބައްދަލުކުރައްވާ އޯގާތެރިކަމާއެކު، ތައުޒިޔާގެ ބަސްތަކުން ހަމްދަރުދީ ފާޅުކުރެއްވިއެވެ. ވިދާޅުވިއެވެ. މިއަދަށްފަހު އެއްވެސް އެއްޗަކަށް ބޭނުންވެއްޖެ ނަމަ އަހަރެންގެ ކިބައިން އެދޭށެވެ.

އިބްނު ތައިމިއްޔާގެ މި ހާދިސާ އެކަލޭގެފާނުގެ އެހެން ދެކޮޅުވެރީންނަށް އެނގުނުހިނދު އެމީހުން ބުނިކަމުގައިވެއެވެ. އިބްނުތައިމިއްޔާ އެކަލޭގެފާނުގެ ޢަދާވާތްތެރީންނާ މެދު ކަންތައް ކުރައްވާ ގޮތަށް އަހަރެމެންނާ މެދު ކަންތައްކުރާނޭ ފަދަ ބަޔަކު ކަމުގައި އަހަރެމެންގެ އެކުވެރީން ވާނޭ ނަމައެވެ.

ވާހަކަތަކަކީ ހުސްވާ އެއްޗެއް ނޫނެވެ. އެހެނަސް ވާހަކަ ކިއުމަކީ ހަމަ އެކަނި މުނިފޫހިފިލުވާލުމަށް ކުރެވޭ ކަމަށް ހަދާލައިގެނެއް ކަމަކު ނުދާނެއެވެ. އިސްވެ ދިޔަ ވާހަކައިގައި ޢިބްރަތެއް ވާކަން ހިތުން ޤަބޫލުކޮށްލީމާ ފުދުނީއެއް ނޫނެވެ. އެ ޢިބްރަތުގެ ސޫރަ ކަލޭގެ ގުނަވަންތަކުން ކުރަހާށެވެ.

އުގެނި ދަސްކުރާށެވެ. ޙަސަދައަކީ އެއުފުލާމީހާ އެއްވެސް އަގެއް ނެތި ފައިދާއެއް ބޭނުމެއް ނެތް ގޮތުގައި އުފުލާ ކުނީގެ ކޮންޓޭނާއެކެވެ. އެއިން އެ އުފުލާ މީހާގެ ހިތަށް ބަރުވެއެވެ. ހިތުގެ ސާފުކަން ދަބަރަށްވެދެއެވެ.

މީހަކު ނުބައި ކަމެއް ކުރިއަކަސް އަހަރެމެން އަދި ނުބައި ކަމެއް ކުރާކަށް ނުޖެހެއެވެ. އޭނާ އެހެން ހެދީމާ ކަލޭވެސް އެހެން ހަދާކަށް ނުޖެހެއެވެ. ހަދަންވާނީ، ހަދަންޖެހޭނީ ރަނގަޅު ގޮތެވެ. ނުބައިން ނުބައި އިސްލާހެއް ނުކުރެވޭނެއެވެ. ނަޖިހުން ނަޖިސް ތާހިރު ނުކުރެވޭ ފަދައިންނެވެ.

ކަލެޔާއި ދެކޮޅުވެރިވެގަންނަ ކޮންމެ މީހަކާ ކަލޭ ދެކޮޅުވެރިވެގަންނާން ވީކީ ނޫނެވެ. ބޮނޑިއަކަށް ބޮނޑިއެއް އަޅާ އުސޫލަކީ ކަމުދާ ގޮތެއް ނޫނެވެ. ރުޅީގެ ބަދަލަށް ރުޅި އިސްކުރާ ނަމަ ރުޅިވެރިކަން ނިމޭނީ ކޮން ދުވަހަކުންހެއްޔެވެ؟

ކަލެޔާއި މެދު ނުބައިކޮށް ކަންތައް ކުރާ މީހާއާ މެދު ރަނގަޅަށް ކަންތައް ކުރުމަކީ ކަލެއަށް ލިބޭ މަތިވެރިކަމެކެވެ. ޢިއްޒަތެކެވެ. އެހެނަސް މިއީ ޤަބޫލުކުރަން ދަތި ހަޤީޤަތެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި