Noorul-islam.NET :: އިސްލާމްދީނާއި ބެހޭ ގޮތުން އިތުބާރު ހިފޭ މަޢުލޫމާތު...

އިސްލާމްދީނާއި ބެހޭ ގޮތުން އިތުބާރު ހިފޭ މަޢުލޫމާތު...
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 16 އޮކްޓޯބަރ 2008

ލިޔުއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުبسم الله الرحمن الرحيم

 

الحمد لله الذي  علم بالقلم علم الإنسان مالم يعلم  , والصلا ة والسلام على نبينا محمد وعلى آله  وأصحابه  أجمعين  ومن سلك سبيلهم إلى يوم الدين، وبعد :

އިތުބާރު ހުރި އިސްލާމީ ވެބްސައިޓަކީ ވަރަށް މުހިންމު ވަސީލަތެކެވެ.

މިއީ އެކި ކަންކޮޅުތަކުގައި ތިއްބެވި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ދީނާބެހޭ މަޢުލޫމާތު އިންތިހާއަށް ބޭނުވެފައިވާ ދަނޑިވަޅެކެވެ. މިފަދަ ދަނޑިވަޅެއްގައި މިފަދަ ވެބްސައިޓެއް ވުޖޫދަށް އައުމަކީ ވަރަށް އުފާވެރިކަމެކެވެ.

މި ވެބްސައިޓް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވި އަޚުންނަށް މާތް ﷲ ހެޔޮ ޖަޒާދެއްވާނެތެވެ. މިއީ ވަރަށް ބުރަ، އަދި އިސްލާމްދީނަށްޓަކައި ކުރެވުނު ވަރަށް ބޮޑު ޚިދުމަތެކެވެ.

ޒަމާން ތަރައްޤީވެ، ޓެކްނޮލަޖީ ގޮތުންވަނީ ކުރިއަރާފައެވެ. މިއިން އެންމެ އެދެވޭގޮތެއްގައި ފައިދާނަގަންވީ ބަޔަކީ ހަމަ މުސްލިމުންނެވެ. މިފަދަ ވަސީލަތްތައް މެދުވެރިކޮށް އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

    މިއަދު އިސްލާމީ އުންމަތް ވަނީ ފިކުރީގޮތުން ބައިބައިވެފައެވެ. ތަފާތު މަންހަޖުތަކާއި، އުސްލޫބުތަކާއި، ބާޠިލު ޢަޤީދާތައް ދަނީ ފެތުރެމުންނެވެ. ހަރުކަށީ އުޞޫލުތަކާއި، ފަރުޢީ މައްސަލަތަކުގައި ޖަދަލުކުރުމާއި. ޝަރުޢީ އިމުން ބޭރުވެ މުސްލިމުން ދީނުން ނެރުމާއި، މިފަދަ އެތައްކަމެއް ދަނީ ފެތުރެމުންނެވެ.

    ނޫރުލް އިސްލާމް ވެބްސައިޓަކީ ސުންނަތް ޖަމާޢަތުގެ ޢަޤީދާއާއި، އަޞްޙާބު ބޭކަލުންނާއި، ތާބިޢީބޭކަލުންނާއި، އުންމަތުގެ އިމާމުންގެ މަންހަޖާ  އެއްގޮތަށް އިސްލާމްދީނުގެ މަޢުލޫމާތު ފޯރުކޮށްދޭ ސައިޓެވެ. މިފުރްޞަތުގައި މިމަންހަޖު މަތީގައި ދެމިތިބުމަށް ނޫރުލްއިސްލާމްގެ އިސްބޭފުޅުންނަށް އަޅުގަނޑު ވަޞިއްޔަތްކުރަމެވެ. މާތް ﷲ ތިޔައަޚުންނަށް ހެޔޮޖަޒާދެއްވާށިއެވެ.

    އަޅުގަނޑުގެ ދުޢާއަކީ މިސައިޓް ހިންގެވުމުގައި އެހީތެރިވެ ވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށް އިޚުލާޞްތެރިކަން ދެއްވައި، އެބޭފުޅުންނަށް ﷲ ތައުފީޤުދެއްވުމެވެ. އެއީ ދުޢާ އިޖާބަކުރައްވާ އިލާހެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި