Noorul-islam.NET :: 1433 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2012 އޮކްޓޯބަރ 25 ވާ ބުރާސްފަތި ދުވަސް
1433 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2012 އޮކްޓޯބަރ 25 ވާ ބުރާސްފަތި ދުވަސް
Category »  ޚަބަރު

ތާރީޚް: 17 އޮކްޓޯބަރ 2012

 : ނޫރުލްއިސްލާމް

 

1433 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު މި ހިނގާ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ފެނިފައި ނުވާތީ 1433 ވަނަ އަހަރުގެ ޛުލްޤަޢިދާ މަހުގެ 30 ހަމަކޮށް، ހިޖުރީ ސަނަތުން 1433 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހަކީ، މީލާދީ ސަނަތުން 2012 އޮކްޓޯބަރު 17 ވާ ބުދަ ދުވަސް ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ސްޕްރީމްކޯޓުން ކަނޑައަޅައިފިއެވެ.

މިހެން ކަމުން، ސުޢޫދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޤަރާރުގައި ވާ ގޮތުގެ މަތިން 1433 ވަނަ އަހަރުގެ ޢަރަފާތް ދުވަހަކީ 2012 ވަނަ އަހަރުގެ 25 އޮކްޓޯބަރު ވާ ބުރާސްފަތި ދުވަހެވެ. އަދި އަދި މިއަހަރުގެ އަޟްޙާ ޢީދު ދުވަހަކީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު 26 ވާ ހުކުރު ދުވަހެވެ.

ވީމާ، އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންވެސް މި މައްސަރުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ޢަޒުމުކަނޑައަޅައި މަސައްކަތް ކުރުމަށް އެދެމެވެ. އަދި ޙައްޖުމަހުގެ 9 ވަނަ ދުވަސްކަމަށްވާ ޢަރަފާތްދުވަހުގެ ފުރިހަމަ ފައިދާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޙާޒިރުވެތިއްބެވި އެންމެހައި ޙައްޖާޖީންނަށް ދެއްވުމަށްއެދި މާތް ﷲގެ ހަޟްރަތަށް ދުޢާ ކުރުމެވެ. އަދި ޙައްޖުގެ އަޅުކަން ޢަދާކުރުމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތަކަށްވެސް މި ދުވަހުގެ ރޯދަ ހިފައި އެދުވަހުގެ ބޭނުން ފުރިހަމަ ގޮތުގައި ލިބުމުގެ ތަޥްފީޤު ދެއްވުން އެދި ދުޢާކުރަމެވެ. އާމީން!

ޢަރަފާތްދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލު ކުރެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ (ޢަރަފާތްދުވަހުގެ ރޯދަ) ފާއިތުވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި