Noorul-islam.NET :: ހެޔޮކަންކުރުމުގައިވެސް ގެންގުޅެންޖެހޭނީ ހެޔޮ އުޞޫލެވެ!

ހެޔޮކަންކުރުމުގައިވެސް ގެންގުޅެންޖެހޭނީ ހެޔޮ އުޞޫލެވެ!
Category »  މުޖުތަމަޢު

ތާރީޚް: 15 ސެޕްޓެމްބަރ 2012

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް

އިސްލާމްދީނަކީ އާދައިގެ ނިޒާމެއް ނޫނެވެ. އެނިޒާމުގައި ރަނގަޅު ކަންކަމަށް އަމުރު ކުރައްވާފައިވާއިރު އެކަންކަން ކުރާނެ ނިޒާމްތަކެއްވެސް އަދި ހަމަތަކާއި އުޞޫލްތަކެއްވެސްވަނީ ކަނޑައަޅުއްވާ ދައްކަވާފައެވެ. އަދި ކަންކަން ނަހީ ކުރައްވައި، އެކަންކަމަށް އިންކާރު ކުރުމަށް އަމުރު ކުރެއްވުމަށްފަހު އިންކާރު ކުރާނޭ އުޞޫލްތަކެއްވެސްވަނީ ބަޔާން ކުރައްވައި ވަރަށް ބަދަހި މެކޭނިޒަމެއް ދުނިޔެއަށް ގެނެސްދެއްވާފައެވެ.

ހަމައެއާއެކު ދީނުގެ ބޮޑެތި ކަންކަން ކުރުމުގައި އުއްމަތުގެ ޤިޔާދަތުގައި ތިއްބެވި ދީނުގެ ޢިލްމުވެރީންގެ ފަހަތުގައި މުސްލިމުންގެ ޞަފުތައް ރުކުރުވައިލުމަކީ އެންމެ މަންފާ ހުރި އަދި ބުއްދިވެރި މަގުކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. ސަބަބަކީ ދީނީޢިލްމުގެ އަހުލުވެރީންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންކަމުގައިވުމާއި، އިސްލާމްދީނަށް ކުރިމަތިވާ ގޮންޖެހުންތައް އޭގެ ބާރުމިނާއި އަދި އޭގެފަހަތުގައިވާ އެހެނިހެން ކަންތައްތަކާއެކު އެންމެ ރަނގަޅަށް ދަންނާނެބަޔަކީ ހަމަ ދީނުގެ ޢިލްމުވެރީން ނޫން ދެން ކޮންބައެއް ހެއްޔެވެ؟

ވަކިން ޚާއްޞަކޮށް ރާއްޖޭގައި މިވަޤުތު ޙަރަކާތްތެރިވަމުންދާ އިތުބާރުހުރި ގިނަ ޢިލްމުވެރީންނަކީ ދީނަށް ޚިދްމަތްކުރުމުގެ ތަފާތު އެތައް މައިދާންތަކުގައި މިއަދު ދީނަށް ލޯބިކުރަމުން، ދީނުގެ ޚިދްމަތްކުރުމަށް އަލަށް ނިކުންނަމުންދާ ޒުވާން އަޚުންނާއި އަދި އުޚްތުންނަށްވުރެ ތަޖްރިބާ ބޮޑު، އަދި ދަޢުވަތުގެ ބޮޑެތި މަސައްކަތްތަކެއްގެ ޒިއްމާއާއިގެން ތެދުވެ އުޅުއްވާ ޒުވާން ވިންދާއި ޖޯޝް ހުރި ބޭފުޅުންކަން ވަރަށް ރަނގަޅަށް ދަންނަން އެބަޖެހެއެވެ.

 

އެއްވެސް މީހަކަށް ހުރިހާ މަންޒަރެއް ނުފެންނާނެ ފަދައިން އެއްވެސް އިންސާނަކަށް ހުރިހާ ޒިއްމާއެއް ނޫފުލޭނެކަންވެސް ހަނދާން ބަހައްޓަން ޖެހޭމެއެވެ. އަޅުގަނޑުމެން ހުރިހާ މުސްލިމުންގެ ރަސޫލާ އަދި މުޅި އިންސާނިއްޔަތުގެ ނަމޫނާ  محمد صلى الله عليه وسلم އަށް ލޯބިކޮށް އެކަލޭގެފާނުގެ ސުންނަތްތައް ދިރުވަން މަސައްކަތްކުރުމަކީ އިސްލާމްދީނުގެ ޢަދާވާތްތެރީންނާއި އެކަލޭގެފާނުގެ ޙަސަދަވެރީންނަށް ހަމަ ނިދި ލިބޭނޭ ކަމެއްނޫންކަން ޔަޤީނެވެ. ހަމަ މިޔާއެކު ހަނދާން ބަހައްޓަންވީ ކަމަކީ محمد صلى الله عليه وسلم އަށް ލޯބިކޮށް އެކަލޭގެފާނުގެ ސުންނަތް ދިފާޢުކުރުމަށް ނިކުންނަ ނިކުތުމުގައި އެކަލޭގެފާނު މަނާކުރައްވާފައިވާ ކަންކަން ހިނގުމަކީ އެއީ އަޅުގަނޑުމެންގެ މަޤްޞަދާ ފުށުއަރާނޭކަމެކެވެ. އަދި ޢަދާޥާތް ތެރީންނަށް ގެއްލުންވުމުގެ ބަދަލުގައި އެމީހުންނަށް އެމީހުންގެ މަޤްޞަދުން މިންވަރެއް ޙާޞިލްވެގެން ދާނެކަމެވެ. ނަމަވެސް މިފަދަ ކަންކަން ދީނަށް ލޯބިކުރާކުދިންގެ ޞަފުތަކުން މަދުންނަމަވެސް މިއަދު ފެންނަކަމީ ނިހާޔަތައް ހިތާމަކުރަންޖެހޭ ކަމެކެވެ.

 

އެހެންކަމުން ދީނަށް ލޯބިކުރާ ހުރިހާ އަޚުންނާ އުޚްތުންނަށް އަޅުގަނޑުގެ ނަޞޭޙަތަކީ އިސްލާމީ އުއްމަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ދީނީ ޢިލްމުވެރިންގެ ސާފުބަހެއް ސާފުކޮށް ފެންނަން ނެތްނަމަ ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ތިބުމެވެ. ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޢިލްމުވެރީންނަށް ޖެހޭނެމެއެވެ. އަދި މިއަދު މިފަދަ ކަންކަމުގައި ޢިލްމުވެރީންގެ ބަސް އޮވެ އެ ވަންހަނާވެފައި އެންމެނަށް ނޯންނާނެފަދަ ވަޞީލަތްތައް މާތް ﷲ ވަނީ ފަހިކުރައްވާފައެވެ.

والله المستعان وعليه التكلان

وماعلينا إلا البلاغ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި