Noorul-islam.NET :: "ބާޣީންގެ" ދަރުސް!!!
"ބާޣީންގެ" ދަރުސް!!!
Category »  މުޖުތަމަޢު

ތާރީޚް: 15 ޖޫން 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

ނަޞޭޙަތަކީ ދީނާއި މުޖުތަމަޢްގެ ތަރުބިއްޔަތަށް ނުހަނު ބޭނުންތެރި ކަމެކެވެ. މިހެނީ މުޅި ދީނަކީ ވެސް ނަޞޭޙަތެވެ. ޚާއްޞަކޮށް މިސްކިތަތަކުގައި ނަމާދު ކުރުމާއި ޛިކުރު ކުރުމާއި ދަރުސް ދިނުމަކީ ކޮންމެ މުޖުތަމަޢެއްގެވެސް އުޅުމާއި ގުޅުން ހެޔޮގޮތުގައި ބައްޓަން ކުރުމަށް ކުރުން ލާޒިމް ކަމެކެވެ.

"ބާޣީން" ގެ ދަރުސް ނުބޭއްވޭނެ ކަމަށް ބުނެ މިސްކިތަތަކުގައި ބޭއްވުމަށް މަސައްކަތް ކުރެވޭ ދީނީ ނަޞޭޙަތްތަކަށް ހުރަސް އަޅަމުން އަންނަނީ އޭގައި ހަމަ ހެޔޮ ހަގީގަތެއް އޮވެގެން ބާވައެވެ! ތިމާގެ ހަވާނަފްސަށް ތަބާވެ ހުރެ ހަމަބުއްދިން ބޭރުގައި ކުރާ މި ނޭއްގާނީ ޢަމަލު ޙަގީގަތަކީ ކޮބައި ހެއްޔެވެ؟

ފަހަރެއްގައިވެސް ބާޣީންތޯ ބާޣީން ނުންތޯ ކަނޑަ އެޅުމަކީ ފަރުދީ ކަމެއްކަމުގައި ހެދުމަކީ ގޯހެކެވެ. އާނއެކެވެ. ކޮންމެ ކަމެއްގެވެސް ހަގީގަތް ބަލައި ތަޙްގީގުކޮށް ބަލަންޖެހޭނެއެވެ. ކަންކަން ވަކި ގޮތަކަށް ކަނޑަ އެޅުމަކީ އެއީ ތިމަތިމާމެންގެ އަމިއްލަ ކަމެއް ނޫނެވެ. އެއީ އެކަމަކަށް ޚާއްޞާ މުއައްސަސާތަކުގެ މަސްއޫލިއްޔަތެކެވެ.

ފަޟީލަތުއް ޝެއިޚް އިލްޔާސް ޙަފިޡަހުﷲ ގެ ދަރުސްތަކަށް ހުރަސް އެޅުމަކީ މީ އިސްލާމީ ދިވެހި ޖީލު ނެތިކޮށްލުމަށް ނަޞާރާ ދީނުގެ ފާދިރީންނާ ގުޅިގެން ހިންގޭ ކުފުރުގެ ބޮޑު ޖަރީމާއެކެވެ. މިކަމުގައި ނިކުންނަ ދިވެހި ދަރިން މިކަމުގައި އިތުރު ވިސްނުމަކަށް ދާން އެބަޖެހެއެވެ. މިއީ އިސްލާމް އަދި ދިވެހި މާއްދާ އޮޕްޝަނަލް ކުރުމަށް ކުރެވުނު މަސައްކަތުގެ ސިލްސިލާގެ އިތުރު ބޮޅެކެވެ.

23ރޭ ވަންދެން އެއްވި އެއްވުމުގައި ޝެއިޚް އިލްޔާސް ޙަފިޡަހުﷲ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް ޙައްޤަށް އިންކާރު ކުރުމުގެ ލޮލަކުން ބަލަމުން ދަރުސްތަކާ ދެކޮޅު ހަދަމުން މިދާދިޔުމުގެ ޙަގީގަތަކީ ފަހެ ކޮބައި ހެއްޔެވެ؟

"اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسم ފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) خراب ކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟ އެއުރެން ބިރުންތިބޭ حال ގައި މެނުވީ، އެތަންތަނަށް ވަދެއުޅުމެއް އެއުރެންނަކަށް ނުވެއެވެ. ދުނިޔޭގައި އެއުރެންނަށްހުރީ ނިކަމެތިކަމެވެ. އަދި آخرة ގައި އެއުރެންނަށް ހުރީ ބޮޑުވެގެންވާ عذاب އެވެ."

ދަރުސްތަކަށް ހުރަސް އެޅުމަކީ ހަމަ ޔަގީނުންވެސް ހެޔޮ ޢަމަލުގެ ފަތުގައި ލިޔެވޭނެ ޢަމަލެއް ނޫނެވެ. އެހެންވީމާ އެކަން ލިޔެވޭނީ ތިމާގެ ވާތްފަރާތު ފަތުގައިކަން ޔަގީނެވެ. މިހެނީ ދަރުސްގައި ދައްކާ ވާހަކަތަކަކީ މާތްﷲގެ އާޔަތްތަކާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަބަވީ އިރުޝާދުގެ އަލީގައި ދެކެވޭ ވާހަކަތަކެކެވެ. ވީމާ މިކަމާ ދެކޮޅަށް އަޑު އުފުލުމަކީ ފާފައެކެވެ. މިދަރުސް ތަކުގައި ހެޔޮ ހިތުން ބައިވެރި ވުމަކީ ނުހަނު ސަވާބާއި ދަރުމަ ހުރިކަމެކެވެ. ތިމާގެ ނިމިދިޔުން އޮތީ މި ހެޔޮ ނަޞޭޙަތާ ދެކޮޅައް އަޑު އުފުލަމުން ދަނިކޮށް ކަމަށް ވެއްޖެނަމަ ހިތާމައިގެ ކޮޅެއް ނެތެވެ.

ދަރުސްތަކާ ދެކޮޅށް އަޑު އުފުލުމަކީ އިބްލީސް ނުހަނު އުފާވާނެ ކަމެކެވެ. މިހެނީ އެއީ "އިބިލީސީ" ޢަމަލަކަށް ވީމައެވެ. ދަރުސް ހުއްޓުވުމަށް ނުވަތަ އެކަމަށް އުނދަގޫ ކުރުމަށް މާތްﷲ ޙަރާމް ކުރެއްވި ލަވަ އެކަލާނގެ ގެކޮޅުތައް ކައިރީގައި ޖެހުމަކީ ކިހާ ނުބައި ކަމެއް ހެއްޔެވެ. މިސްކިތްތައް ކައިރީ އަދުގަދަކޮށް މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިޢާރަށް ވުރެ ތިމާގެ ޕާޓީގެ ޝިޢާރު ކުރިޔަށް ނެރެ އެކަމުގައި އަޑު އުފުލުމަކީ ބުއްދި ހަމަޖެހޭ އެއްވެސް މުސްލިމަކު ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ. އަދި ދަރުސް ދޭން ފެށުމުން ނުވަތަ ނަމާދު ކުރަން ފެށުމުން މިސްކިތުން ފައިބައިގެން އައުމަކީ ކިހާ ދަށު ދަރަޖައިގެ ޢަމަލެއް ހެއްޔެވެ. އެފަދަ މީހުން އެމީހުންގެ އަނބީންނަށާއި ދަރީންނަށާއި އަދި އެބައިމީހުންގެ ދަށަށްތިބި މީހުންނަށް އެ ދެނީ ތަރުބަވީ ނަޒަރަކުން ބެލިކަމުގައިވިޔަސް ކިހާ ގޯސް ފިލާވަޅެއްހެއްޔެވެ؟

ސިޔާސީ ޕޯޑިއަމް ތަކުން ފެންނަމީހުންނޭ ކިޔައިގެން ދަރުސްތައް މަނާކުރަމުން ދާއިރު މީގެ ކުރިން އެފަދަ ޕޯޑިއަމް ތަކުން ފެނުނީ އެފަރާތްތަކުގެ ހިޔަނި ހެއްޔެވެ؟ ނުވަތަ ފޮޓޯ ހެއްޔެވެ؟ ނޫނެކެވެ. ހަމަ އެމީހުންނެވެ.

ވީމާ "ބާޣީންނޭ" ކިޔައިގެން ދަރުސް މަނާ ކުރެވެމުންދާ ދިޔުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ މުޑުދާރު ޢަމަލު ކުރާ ކައުންސިލްތަކާށާއި މީސްތަކުންނަށް ޢިބުރަތުން ފުރިގެންވާ ފިލާވަޅެއް ކައިރި މުސްތަގުބަލެއްގައި ﷲތަޢާލާ ދެއްކެވުން އެއީ އަހަރުމެންގެ ދުޢާއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި