Noorul-islam.NET :: މަޤާމުތަކަށް ހެޔޮލަފާ މީހުން ޢައްޔަން ކުރުމުގެ މުހިއްމުކަން

މަޤާމުތަކަށް ހެޔޮލަފާ މީހުން ޢައްޔަން ކުރުމުގެ މުހިއްމުކަން
Category »  މުޖުތަމަޢު

ތާރީޚް: 12 ޖޫން 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރު)

 

ވެރިން އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވާނެ މުވައްޒަފުން ޢައްޔަންކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އަދި އެންމެ ކުރީއްސުރެ، އިންސާނީ ތާރީޚުގައި މިކަންތައް ހިނގަމުން އައިސްފައިވެއެވެ.

އިސްލާމްދީނަކީ ދުނިޔޭގައި އިންސާނުން ދިރިއުޅުމަށް ﷲތަޢާލާ ބާވައިލެއްވި ފުރިހަމަ ނިޒާމު ކަމަށްވީހިނދު، އެނިޒާމުގައި މިކަމަށްޓަކައިވެސް ޚާއްޞަ އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ. ބަޔަކުމީހުން އިސްލާމްދީނާއި ސިޔާސަތާއި ވަކިކުރުމަށްޓަކައި، ސިޔާސަތު ހަތިޔާރަކަށް ހަދައި، އިސްލާމްދީން ފޮހެލުމަށް މަސައްކަތް ކުރި ކަމުގައި ވިޔަސް، އިސްލާމްދީން ވަނީ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ދަސްކޮށް ދެއްވާފައެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް އެކަން ނުވިސްނުމަކީ، އެއީ އެކަން ނެތްކަމުގެ ހެއްކެއް ނޫނެވެ.

އިސްލާމްދީން ވެރިންނަށް އަމުރު ކުރައްވާފައިވަނީ، އެހީތެރިންނާއި ނައިބުންނާއި މުވައްޒަފުންނާއި މިފަދަ މަޤާމުތަކަށް ހެޔޮލަފާ ޞާލިޙުން ޢައްޔަން ކުރުމަށެވެ. އަދި އެފަދަ މީހުންގެ ލަފައާއި އިރުޝާދު ޤަބޫލު ކުރުމަށެވެ. ހަމަ އެއާއެކު ނުލަފާ މީހުން ކައިރި ނުކުރުމަށާއި އެބައިމީހުންގެ ނަސޭހަތް ޤަބޫލު ނުކުރުމަށް އިންޒާރު ކުރައްވާފައިވެއެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((  مَا بَعَثَ اللهُ مِنْ نَبِيٍّ ، وَلاَ اسْتَخْلَفَ مِنْ خَليفَةٍ إِلاَّ كَانَتْ لَهُ بِطَانَتَانِ : بِطَانَةٌ تَأمُرُهُ بالمَعْرُوفِ وتَحُضُّهُ عَلَيْهِ ، وَبِطَانَةٌ تَأمُرُهُ بالشَّرِّ وَتَحُضُّهُ عَلَيْهِ ، وَالمَعْصُومُ مَنْ عَصَمَ اللهُ ))رواه البخاري 9/95 ( 7198 ) މާނައީ: ﷲ ތަޢާލާ ނަބީބޭކަލަކު ފޮނުއްވިއަސް، ނުވަތަ ބަޔަކުމީހުންގެ މައްޗަށް ވެރިއަކު ޢައްޔަން ކުރެއްވިޔަސް، ސިއްރުވެރިންގެ ދެމީހަކު، އެކުގައި ލައްވާފައި މެނުވީ، މާތްﷲ، ނަބީބޭކަލަކުވެސް ނުފޮނުއްވައެވެ. އަދި ބަޔެއްގެ މައްޗަށް ވެރިއަކުވެސް އިސްނުކުރައްވައެވެ. އޭގެ ތެރެއިން ސިއްރުވެރި އެކަކު، ހެޔޮ ޢަމަލުތައް ކުރުމަށް ގޮވާލައި، އެކަމުގެ މައްޗަށް ބާރުއަޅާ ހުއްޓެވެ. އަދި ސިއްރުވެރި އަނެކަކު ނުބައިކަންކަން ކުރިއަށް ނެރުމަށް ގޮވާލައި، އެކަމަށް ބާރު އަޅާ ހުއްޓެވެ. ސަލާމަތްވެގެންވާ މީހަކީ، ﷲ، އެމީހަކު ސަލާމަތް ކުރައްވައިފި މީހެކެވެ.

މިއިން އެނގޭ ގޮތުގައި މީހާގެ އެކުވެރިއަކީ އޭނާއަށް ހެޔޮމަގަށް މަގުދައްކާ މީހަކަށް، ނުވަތަ ނުބައި މަގަށް މަގު ދައްކާ މީހަކަށް ވެސް ވެގެން ހިނގައިދާނެކަމެވެ. އެހެން ކަމުން އިސްލާމްދީނުގައި ހެޔޮ ޞާލިޙު އަޅުންނާއެކު އުޅުމަށާއި ޢިލްމުގެ އަހުލުވެރިންނާއި އެކުއުޅުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި އެއާ ޚިލާފަށް ނުބައި އެކުވެރިން ގެންގުޅޭ މީހުންގެ ޙާލު ބަޔާން ކުރައްވައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. ] الأَخِلاَّءُ يَوْمَئذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلاَّ المُتَّقِينَ [ [ الزخرف : 67 ] . މާނައީ: އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމިނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ."

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  ((  إِذَا أرَادَ اللهُ بِالأَمِيرِ خَيْراً ، جَعَلَ لَهُ وَزِيرَ صدقٍ ، إنْ نَسِيَ ذَكَّرَهُ ، وَإنْ ذَكَرَ أعَانَهُ ، وَإِذَا أرَادَ بِهِ غَيْرَ ذَلِكَ جَعَلَ لَهُ وَزِيرَ سُوءٍ ، إنْ نَسِيَ لَمْ يُذَكِّرْهُ ، وَإنْ ذَكَرَ لَمْ يُعِنْهُ )) رواه أَبُو داود.

މާނައީ: ﷲތަޢާލާ ވެރިއަކަށް ހެޔޮގޮތް އިރާދަކުރައްވައިފިނަމަ، އޭނާއަށް ތެދުވެރި އިޚްލާޞްތެރި ވަޒީރަކު ލިބިދެއްވައެވެ. އޭނާ (އެބަހީ: ވެރިމީހާ) ހަނދާން ނެތިއްޖެނަމަ، އެކަމެއް އޭނާ ހަނދާންކޮށްދެއެވެ. އަދި ވެރިމީހާ ހަނދާން ވެއްޖެނަމަ، އެކަމުގައި އޭނާއަށް އެހީތެރިވެދެއެވެ. އަދި އޭނާއަށް މިނޫން ގޮތެއް އެއިލާހު އިރާދަ ކުރައްވައިފިނަމަ، އޭނާއަށް ނުބައި ނުލަފާ ވަޒީރަކު ލިބިދެއްވައެވެ. އޭނާ (އެބަހީ: ވެރިމީހާ) ހަނދާން ނެތިއްޖެނަމަ، އެކަމެއް އޭނާ ހަނދާންކޮށެއް ނުދެއެވެ. އަދި ވެރިމީހާ ހަނދާން ވެއްޖެނަމަ، އެކަމުގައި އޭނާއަށް އެހީތެރިއެއް ނުވެއެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން، އެބަޔަކަށް ﷲ ވެރިކަމެއް ދެއްވާފައިވާ ކޮންމެ މީހަކުވެސް އެމީހެއްގެ ދަށުގައި މަސައްކަތް ކުރުމަށް މީހުން ޢައްޔަން ކުރާއިރު، ދެދުނިޔޭގައިވެސް ތިމާއަށް ފައިދާ ލިބެނިވި ބަޔަކު ޢައްޔަން ކުރުމަކީ މުހިއްމު ކަމެކެވެ. އަދި ޞާލިޙު ރަނގަޅު މީހުން އެފަދަ މަޤާމުތަކަށް ޢައްޔަންކުރުމަކީ ތިމާގެ ވެރިކަން އޭގެ އެންމެ ހެޔޮ ގޮތުގައި އަދާކުރެވޭނެ މަގުކަން ދަންނަން ޖެހޭނެއެވެ.

ޤައުމުގެ ރައީސުންނާއި ވަޒީރުންނާއި، އޮފީސްތަކުގެ ވެރިންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މިފަދައިން ބައެއްގެ މައްޗަށް ﷲ ވެރިކުރައްވާފައިވާ ކޮންމެ މީހަކު މިކަމާމެދު ވިސްނައި ފިކުރު ކުރުން ވަރަށް މުހިއްމެވެ. އަދި ހަމަ އެހެންމެ، މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމުގައި ރައްޔިތުންވެސް މިކަމާމެދު ވިސްނުން ބެހެއްޓުން ވަރަށްވެސް މުހިއްމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި