Noorul-islam.NET :: ސްކޫލްކުދިން ދުނިޔޭގެ ޢިލްމުތައް އުނގެނުމަށް މިސްކިތްތަކުގައި ތިބުމަކީ މައްސަލައެއް ނޫން: ޝެއިޚް ޢަލީ ޒާހިރު

ސްކޫލްކުދިން ދުނިޔޭގެ ޢިލްމުތައް އުނގެނުމަށް މިސްކިތްތަކުގައި ތިބުމަކީ މައްސަލައެއް ނޫން: ޝެއިޚް ޢަލީ ޒާހިރު
Category »  ޚަބަރު

ތާރީޚް: 8 މޭއި 2012

ލިޔުއްވީ : ޙާތިމް ޔޫސުފް / ދިއިސްލާމް

 

ސްކޫލް ކިޔަވާކުދިން އިމްތިޙާނުތަކަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގައި ތިބެގެން ފިލާވަޅު ދަސްކުރުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ޢިޝާ ނަމާދު ފަހުން ޖަލާލުއްދީން މިސްކިތުގައި ބާއްވާ ޙަދީޘް ކުލާހުގައި މިދިޔަ ހަފްތާގެ ފިލާވަޅުތައް ނަންގަވާދެއްވަމުން ޝެއިޚް މިހެން ވިދާޅުވެފައިވަނީ، މިސްކިތުގައި ދެއްކުން ހުއްދަ ވާހަކަތަކާ ބެހޭ ގޮތުން ތަފްޞީލް ދެއްވަމުންނެވެ.

ނަމަވެސް ބަންގި ގޮވުމުން މިސްކިތުން ނިކުމެގެން ގޮސްގެން ނުވާނެކަމަށާއި، މިސްކިތަށް އައިސް ދެރަކްޢަތް ނަމާދެއް ކޮށް، ފިލާވަޅު ދަސްކުރުމަށް ފަސޭހަވުން އަދި އިމްތިޙާނުން ފާސްވުން އެދި ދުޢާކޮށް ހަދައިގެން ފިލާވަޅު ދަސްކުރުމަށް ތިބުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ޝެއިޚް ވިދާޅުވިއެވެ. އެހެނަސް، ބައެއް ދަރިވަރުންނަށް ގޭތެރޭގައި ނުވަތަ އެހެން ތަނެއްގައި ތިބެގެން ފިލާވަޅު ދަސްކުރުމަކީ އުނދަގޫކަމަށް ވާތީ މިސްކިތަށް އައިސް ތިބެ ފިލާވަޅު ދަސްކުރަން ތިބުމުން، ދުނިޔޭގެ ޢިލްމުތައް އުނގެނުމަށް މިސްކިތުގައި ތިބޭތީ ކަމަށް ބުނެ އެއްވެސް ފަރާތަކުން ނުރުހުންތެރިވެގެން ނުވާނެކަމަށް ޝެއިޚް ވިދާޅުވިއެވެ.

ބޭރުފުށަށް ފެންނައިރުގައި ދުނިޔަވީ ތަޢުލީމެއްގެ ގޮތުގައި ނުވަތަ ދުނިޔަވީ ޢިލްމެއް ގޮތުގައި ހުއްޓަސް، އެއިން ކޮންމެ ޢިލްމަކީ އިސްލާމްދީނަށް ފައިދާކުރަނިވި ގޮތަށް އުނގެނެވޭ ޢިލްމެއް. މިސާލަކަށް އިނގިރޭސި ބަސްކަމުގައި ވިޔަސް، ނުވަތަ ސައިންސް ކަމުގައި ވިޔަސް، ނުވަތަ ޖޯގްރަފީ ކަމުގައި ވިޔަސް، ނުވަތަ އެނޫން ކޮންމެސް ކަހަލަ މާއްދާއެއްކަމުގައި ވިޔަސް، އެއީ ޢިލްމަކަށް ވާތީ އޭގެ ޒާތުގައި އިސްލާމްދީނަށް ވަރަށް ބޮޑަށް ގުޅިފަ ހުންނަ އެއްޗެއް. ޝެއިޚް ވިދާޅުވިއެވެ.

އެގޮތުން ސައިންސަކީ އިސްލާމްދީނުގެ ޙައްޤުތައް ޘާބިތުކުރުމަށް ބޭނުންކުރެވޭނެ ޢިލްމެއް ކަމަށްވެފައި، އިނގިރޭސި ބަހަކީވެސް އިސްލާމްދީން ފޯރުކޮށްދިނުމަށްޓަކާ މިޒަމާނުގައި ބޭނުންކުރެވޭނެ ބަހެއް ކަމަށްވާތީ އެކަމުން ދަލީލް ދައްކަވަމުން ޢިލްމްވެރިން ވާހަކަ ދައްކަވާފައިވާކަމަށް ޝެއިޚް ވިދާޅުވިއެވެ.

މިދުވަސްކޮޅަކީ ސްކޫލްތަކުގެ އިމްތިޙާނު ދުވަސްވަރުކަމުން ވަރަށް ގިނަ ދަރިވަރުން ފިލާވަޅުދަސްކުރުމަށްޓަކާ މިސްކިތްތަކަށް ގޮސް ތިބެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި