Noorul-islam.NET :: ޢިލްމުވެރިއަކު ސިއްރުގައި ކުރެއްވި ޞަދަޤާތެއް

ޢިލްމުވެރިއަކު ސިއްރުގައި ކުރެއްވި ޞަދަޤާތެއް
Category »  ވާހަކަ

ތާރީޚް: 18 އޭޕްރީލް 2012

ތަރުޖަމާ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ޖިއްދާގައި ދިރިއުޅުނު މީހެކެވެ. އޭނާގެ ދަރިފުޅަށް ބޭސްފަރުވާކުރުމަށްޓަކައި ރިޔާޟަށް ދިޔައެވެ. އަދި ރިޔާޟުގައި އޭނާގެ ދަރިފުޅުގެ ފަރުވާ ކުރަމުން ގެންދިޔައެވެ. މީހާއަކީ އަތްމަތި ދަތި މީހެކެވެ.

ދީން އުނގެނޭ ކުއްޖަކަށް މިމީހާގެ ޚަބަރު އެނގިގެން، މުއްސަނދި މީހެއްގެ ގާތަށް ގޮސް އެމީހާއަށް އެހީއެއް ވުމަށް އެދުނެވެ. އެހިނދު އެމީހާ އެކަމަށް އެއްބަސްވިއެވެ.

އަދި އެއްކަލަ މީހާގެ ގެއަށް ދިޔައެވެ. އަދި ސަލާމް ކުރުމަށްފަހު އޭނާއަށް ބުންޏެވެ. ތިމަންނައަކީ ﷲގެ ރަޙްމަތުން ފައިސާ ހުރި މީހަކީމެވެ. އެހެންކަމުން ތިބާއަށް ކޮންމެވެސް އެހީއެއް ދިނުމަށް ބޭނުމެވެ.

ޖަވާބުގައި އޭނާ ބުންޏެވެ. އަހަރެންނަށް ބޭނުންވާ ހުރިހާއެއްޗެއް ލިބެއެވެ. ކޮންމެ ދެތިން ދުވަހުން އެއްދުވަހަކު، ތިމަންނަ ފަތިސްނަމާދަށް ނިކުންނަ އިރު، ގޭގެ ދޮރުމަތީގައި ކާބޯތަކެތި ބަހައްޓާފައި ހުރެއެވެ. އެބަހައްޓަނީ ކާކުކަން ތިމަންނައަށް ނޭނގެއެވެ. ކޮންމެ ގޮތެއްގައި ވިޔަސް، ﷲ އޭނާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ!

ވިޔަފާރިވެރިޔާ ހިތަށް އެރިއެވެ. އެއީ ކާކުކުރާ ކަމެއްތޯ ބަލާނަމެވެ. އެހެން ހިތާ އެރޭ ސިއްރުން އެހިސާބުގައި ފޯރިއަށް ހުއްޓެވެ. އެހެންނަމަވެސް އެމީހަކު ނައެވެ. ޖެހިގެން އައިރޭ ފަތިސްވާން ކައިރިވެފައިވަނިކޮށް، ކާރެއް އައިސް އެއްކަލަ މީހާގެ ގޭގެ ކައިރިއަށް މަޑުކޮށްލިއެވެ. އަދި މުސްކުޅި ފިރިހެނަކު ކާރުން ފައިބައިގެން އައިސް ކާރުގެ ޑިކީއިން ކާބޯތަކެތި ނެރެ އެގޭގެ ދޮރުމަތީ ބެހެއްޓުމަށްފަހު ހިނގައްޖެއެވެ.

ވިޔަފާރިވެރިޔާ މަޑުމަޑުން އެކާރުގެ ފަހަތުން، އެއީ ކޮން މުސްކުޅިއެއްތޯ ބެލުމަށް ދިޔައެވެ. އޭނާ ބުންޏެވެ. ތިމަންނަ އަށް އެނގުނީ އެއީ ސުޢޫދީ ޢަރަބިއްޔާގެ މަޝްރޫހު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ސަމާޙަތުއްޝައިޚް އަލްޢައްލާމާ ޢަބްދުﷲ ބުނު ޢަބްދުއްރަޙްމާން އަލްޖިބްރީން (ރަޙިމަހުﷲ) ކަމެވެ.

ޝައިޚް އިބްނު ޖިބްރީން (ރަޙިމަހުﷲ) އަކީ، ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ދަންނަބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ. އަވަހާރަވީ 20 ރަޖަބު 1430 ގައެވެ.

 

ނޯޓް: މިއީ މަޝްހޫރު ދާޢީ އައްޝައިޚް ޢަރީފީ ދަރުސެއްގައި ވިދާޅުވެ ދެއްވާފައިވާ ވާހަކައެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި