Noorul-islam.NET :: ﷲ މެނުވީ ޚާލިޤަކު ނުވެއެވެ.

ﷲ މެނުވީ ޚާލިޤަކު ނުވެއެވެ.
Category »  ދީނީ ލިޔުން

ތާރީޚް: 3 އޭޕްރީލް 2012

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

އެންމެހާ އިންސާނުންނާއި އުޑާއި ބިމާއި އަދި އެދެމެދުގައިވާހާ އެއްޗެއްސާއި މިހުރިހާ އެއްޗެއް ހެއްދެވި ފަރާތަކީ އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އުފައްދާނެ ފަރާތެއްނެތި އެއްވެސް އެއްޗެއް އުފެދުމަކީ ހަމަ ބުއްދިއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ކުއްލިއަކަށް، ވަކި ކަމެއް މެދުވެރިވެގެންވެސް ކަމެއް ހިނގާނީ އެކަމެއް ހިނގުމަށް މެދުވެރި ކުރައްވާނެ ފަރާތެއް ހުރެގެންކަން ޔަގީނެވެ.

ސައިންސުގެ ޢިލްމު ނުވަތަ ސައިންސްވެރީން ވާރޭ ވެހުމުގެ ނިޒާމު ނުވަތަ އެ ޕްރޮސީޖަރ ބަޔާން ކުރާއިރު، އެ ޕްރޮސީޖަރ ރާވައި ހިންގަނީ ކޮންފަރާތަކުން ކަމެއް ބަޔާނެއް ނުކުރެއެވެ.

ބައެއްމީހުން ދުނިޔޭގައި މިހިނގާ ކަންކަން ހިނގަނީ "ބައިނޭޗަރ" ނުވަތަ ޤުދުރަތީ ގޮތުންނޭ ބުނާއިރު އެމީހުން އެސިފަ ކުރާ ނުވަތަ އެބުނާ ކަންތައް ފިޔަވައި އެހެން އެއްވެސް ކަމެއް ބައިނޭޗަރ އިން ނުހިނގަންވީ ސަބަބާ މެދު އެމީހުންގެ ހިތުގައި ސުވާލު ނުއުފެދެނީ ކީއްވެގެން ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ޝައިޠާނީ ކެހިވެރިކަމެއްގައި ތިބެގެން އެމީހުން ވިސްނާތީކަން ކަށަވަރެވެ. މިހެނީ މިއޮތް ތަރައްގީ ޒަމާނުގައިވެސް ހަމަ ހުރެލާފައި އަންނަ ވައި ރޯޅިއެއްގެ ސަބަބުން ނުވަތަ އެހެންވެސް ކަމެއްގެ ސަބަބުން ދަގަޑާއި ބޯލްޓާއި އެކަމަށް ބޭނުންވާނެ މަޢްދަން އެއްވެގެން އެނބުރެމުން އެނބުރެމުންގޮސް ފްލައިޓެއްވެސް އަމިއްލަ ޒާތުގައި ނެހެދެއެވެ. އަދި ކީއްކުރަންތޯ؟ މެއްސެއްހައި މިންވަރުވެސް އަމިއްލަ ޒާތުގައި ނުވަތަ ބަޔަކަށްވެސް ނުމެ ހެދޭނޭމެއެވެ.

ﷲތަޢާލާ ވަޙީ ކުރެއްވިއެވެ. ((يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ )) މާނައަކީ؛ " އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. "

އެކަލާނގެ ވަޙީ ކުރެއްވިއެވެ. أَلَا لَهُ الْخَلْقُ وَالْأَمْرُ )) މާނައަކީ؛ "ހެއްދެވުމާއި أمر ކުރެއްވުންވަނީ، އެކަލާނގެއަށް خاص ވެގެންނެވެ." ވީމާ އިންސާނާ ޚަލްގު ކުރެއްވީ ޚާލިގުވަންތަ ﷲ ކަން ހިތުގެ އަޑިން ގަބޫލުކުރުމަކީ ކޮންމެ މުއުމިނެއްގެ މައްޗަށް ލާޒިމު ކަމެކެވެ. ޚަލްގު ކުރެއްވުމުގައިވެސް އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވެއެވެ.

ﷲ ވަޙީކުރެއްވިއެވެ. ((هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ )) މާނައަކީ؛ "اللَّه މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް رزق ދެއްވާ ކަލަކު ވޭހެއްޔެވެ؟" ކީރިތި ޤުރުއާނުގެ މޫރިތި މިއާޔަތުން ޚަލްގު ކުރެއްވުމަކީ ހަމައެކަނި އެކަލާންގެއަށް ޚާއްޞަ ވެގެންވާ ސިފަފުޅެއްކަން ބަޔާންވެދެއެވެ.

ޙަޤީޤީ ޚަލްޤު ކުރެއްވުމަކީ އެއެއްޗަކާ އެއްފަދަ އެހެން އެއްވެސް މިސާލެއް ނެތީސް އެއެއްޗެއް ގެނެސްގަތުމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި