Noorul-islam.NET :: ހޯމަ ބުރާސްފަތި ދެދުވަހުގެ ރޯދަ

ހޯމަ ބުރާސްފަތި ދެދުވަހުގެ ރޯދަ
Category »  ފިޤްހު

ތާރީޚް: 23 ޖެނުއަރީ 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

ހޯމަ ދުވަހާއި ބުރާސްފަތި ދެދުވަހަކީ، އެ ދެދުވަހު މީސްތަކުންގެ ޢަމަލުތައް ﷲ ގެ ޙަޟްރަތަށް ހުށަހެޅުއްވޭ ދެދުވަހެވެ. އަދި އެ ދެދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދައަށް ހުންނަވާ ކަމުގައި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެގެން ވެއެވެ.

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ((تُعْرَضُ الأَعْمَالُ يَوْمَ الاثْنَيْنِ وَالْخَمِيْسِ, فَأُحِبُّ أَنْ يُعْرَضَ عَمَلِيْ وَأَنَا صَائِمٌ)) رواه الترمذي: 747 މާނައީ: ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު (މީސްތަކުންގެ) ޢަމަލުތައް (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެއެވެ. ފަހެ ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލު (ﷲގެ ޙަޟްރަތަށް) ހުށަހެޅުއްވެވުމަށް ތިމަންކަލޭގެފާނު ލޯބި ކުރައްވަމެވެ.

މިޙަދީޘާއި އަދިވެސް މިބާބުގައި އައިސްފައިވާ އެހެނިހެން ޞައްޙަ ޙަދީޘްތަކަށް ވިސްނައި ބަލާއިރު، ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވީ މިންވަރަކުން މި ސުއްނަތް އަދާކުރުންމަތީ ދެމި ހުންނަން ވީއެވެ.

އަދި (ސުންނަތް އަޅުކަންތަކުގެ ތެރެއިން) ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެން ވަނީ، ކިތަންމެ މަދު ނަމަވެސް، ދެމިގެންވާ ގޮތުގައި އެ ޢަމަލެއްގެ މަތީގައި އަޅާ ދެމިހުންނަ ޢަމަލެވެ. އެހެންކަމުން ވީ މިންވަރަކުން މިފަދަ ޢަމަލުތައް މަތީ ދެމިހުރެވޭތޯ ބެލުމަކީ މުހިއްމު ކަމެކެވެ.

އެހެންކަމުން އަޅުގަނޑުމެންނަށް ވީ މިންވަރަކުން މި ސުއްނަތް އަދާކުރުމާއެކު، ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންނަށް މި ހެޔޮކަމަށް މަގުދެއްކުމަކީ، އުފަލެއް ކަމުގައި ހަދަމާ ހިންގަވާށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި