Noorul-islam.NET :: އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއް

އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއް
Category »  ސުވާލާއި ޖަވާބު

ތާރީޚް: 4 އޮކްޓޯބަރ 2011

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ސުވާލު:

އަހަރުތަކެއް ވަންދެން ނަމާދު ނުކޮށް ހުރި މީހަކު، އަލުން ތައުބާވެ ހުރިހާ ނަމާދެއް ކޮށްގެން އުޅެން ބޭނުންވެއްޖެ ނަމަ، ފާއިތުވި ނަމާދުތަކާމެދު ހަދާނީ ކިހިނެއްތޯއެވެ؟

ޖަވާބު:

ޝަރުޢީ ޢުޛުރަކާ ލައިގެން މެނުވީ އެއްވެސް ނަމާދެއް އެނަމާދުގެ ވަޤުތަށްވުރެ ފަސްކުރުމީ ހުއްދަކަމެއް ނޫނެވެ. މިއީ ބޮޑުވެގެންވާ ފާފައެކެވެ. މިދެންނެވި ޝަރުޢީ ޢުޛުރަކީ، ނިދުމާއި ހަނދާން ނެތުމެވެ. މިދެޙާލަތުން ކުރެ ޙާލަތެއްގައި ވަގުތަށްވުރެ ނަމާދެއް ފަސްކުރެވިއްޖެނަމަ، ހޭލެވުމުން ނުވަތަ ހަނދާންވުމުން ވަގުތުން އެނަމާދު ކުރަންވާނެއެވެ.

އެހެނެއްކަމަކު، ދެނަމާދު ޖަމާކުރަން ޤަސްތުކުރާ މީހަކުނަމަ، ޖަމަޢުކުރުމުގެ ނިޔަތުގައި އަނެއް ނަމާދުގެ ވަގުތަށް ކުރިއަށް އޮންނަ ނަމާދު ފަސްކުރެވިދާނެއެވެ. ސުވާލުގައި ވިދާޅުވެފައިވާ ފާއިތުވެ ގޮސްފައިވާ ނަމާދުތަކާމެދު ޢަމަލު ކުރަން ޖެހޭ ގޮތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. ހަތަރު މަޛްހަބުގެ އިމާމުން ވިދާޅުވާ ގޮތުގައި އެނަމާދުތައް ޤަޟާކުރަން ވާނެއެވެ. އަދި އެދުވަސްތަކުގެ ޢަދަދު ނޭނގޭ ކަމުގައި ވާނަމަ ޔަޤީން ވާ މިންވަރަށް ފުރިހަމަ ކުރަންވާނެއެވެ.

ނަމަވެސް މިމައްސަލަ އިތުރަށް ދިރާސާކުރައްވައި ތަޙުޤީޤު ކުރައްވާފައިވާ ބޮޑެތި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި، މިގޮތަށް އެތައް ދުވަސްތަކެއް ވާންދެން ނުކޮށް ދޫކޮށްލެވިފައިވާ ނަމާދުތައް ޤަޟާކުރުމެއް ނޯވެއެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށް އޮތީ، ތައުބާވެ ގިނަގިނައިން އިސްތިޣްފާރުކޮށް، ﷲ ގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދަންނަވައި، ސުއްނަތް ނަމާދުތައް ކުރުން އިތުރުކުރުމާއެކު، ގިނަގުނަ ހެޔޮ ޢަމަލުތައް އިތުރު ކުރުމެވެ. މިގޮތަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ޝައިޚުލްއިސްލާމް އިބުނު ތައިމިޔާއާއި، އަލްއިމާމު އިބުނުލްޤައްޔިމާއި، ދާއޫދުއް ޡާހިރީއާއި، އަލްއިމާމު އިބްނު ޙަޒުމާއި، ފަޟީލަތުއްޝައިޚް ޑރ. ޔޫސުފު އަލްޤަރުޟާވީ ފަދަ ބޮޑެތި ޢިލްމުވެރިން ހިމެނި ވަޑައިގަންނަވައެވެ. މިމައްސަލައިގާ އިތުރަށް ދަންނަވަންޖެހޭ ނުކުތާއަކީ، ޤަޟާކުރަން ޖެހޭނޭ ކަމަށް ވިދާޅުވާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވާގޮތުގައި، އެނަމާދުތައް ޤަޟާކުރި ކަމުގައިވިއަސް ތައުބާ ނުވާހާ ހިނދަކު، ނަމާދު ވަގުތުން ފަސްކުރުމުގެ ފާފަ ފޮހެވިގެން ނުދާނެއެވެ.

އެހެންކަމުން މިމައްސަލައިގާ ބޮޑަށް ބުރަވެވެނީ، އެތައް ދުވަސްތަކެއްވާންދެން ދޫކޮށްލާފައިވާ ނަމާދުތައް ޤަޟާކުރުމަކީ އޮތްކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އޭނާގެ މައްޗަށްއޮތީ، ހިތްނިޔަތް ޚާލިސްކޮށްގެން ﷲގެ ޙަޟްރަތަށް ތައުބާވެ، ހެޔޮކަންތައް އިތުރުކޮށް، ގިނަގިނައިން އިސްތިޣްފާރު ކުރުމެވެ. ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނޭ ކަން އަންގަވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. "التوبة تجب ما قبلها" މާނައީ"ތައުބާވުމުން އިސްވެދިޔަތަން ފުއްސަވާނެތެވެ".

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި