Noorul-islam.NET :: މައިންބަފައިންގެ މަސްއޫލިއްޔަތު
މައިންބަފައިންގެ މަސްއޫލިއްޔަތު
Category »  މުޖުތަމަޢު

ތާރީޚް: 28 ޖެނުއަރީ 2013

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

((ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަކަށަވަރުން ބައްޕަގެ ޙައްޤު އަދާކުރިތޯ ދަރިއާއި ސުވާލުކުރެއްވުމުގެ ކުރިން ދަރީގެ ޙައްޤު އަދާކުރިތޯ ބައްޕައާއި، ﷲތަޢާލާ ސުވާލުކުރައްވާނެއެވެ. ފަހެ ބައްޕައަށްޓަކައި ދަރިފުޅު އަދާކުރަންޖެހޭ ޙައްޤުތަކެއް ވާފަދައިން ބައްޕަވެސް ދަރިފުޅަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެއް ވެއެވެ.

ﷲތަޢާލާ ((وَوَصَّيْنَا الإنْسَانَ بِوَالِدَيْهِ حُسْنًا)) (العنكبوت 8) އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު وصية ކުރައްވައި، أمر ކުރެއްވީމެވެ.  މިފަދައިން ވަޙީ ކުރައްވާފައިވާ ފަދައިން، ((قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ)) (التحريم 6) ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. މިފަދައިންވެސް ވަޙީކުރައްވާފައިވެއެވެ.

ޢަލީ ބުނު އަބީ ޠާލިބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެކުދިންނަށް އުނގަންނައި ދޭށެވެ. އަދި އަދަބުވެރި ކުރުވާށެވެ. ފަހެ މައިންބަފައިން ދަރިންނަށް އަދާކުރަންޖެހޭ ޙައްޤާމެދު އައިސްފައިވާ ﷲގެ ވަޞިއްޔަތް ވަނީ، ދަރިން މައިންބަފައިންނަށް އޯގާތެރިވުމަށް ވާ އެއިލާހުގެ ވަޞިއްޔަތަށްވުރެ އިސްވެގެންނެވެ.

ﷲ ވަޙީ ކުރައްވަނީ ((وَلا تَقْتُلُوا أَوْلادَكُمْ خَشْيَةَ إِمْلاقٍ)) (الإسراء 31) މާނައީ: އަދި ފަޤީރު ވެދާނެކަމަށް ބިރުން، ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ!

ފަހެ އޭނާގެ ދަރިއަށް ފައިދާހުރި ކަންތައްތައް އުނގަންނައި ނުދީ، އެދަރި ބޭކާރުގޮތުގައި ދޫކޮށްލައިފިނަމަ އެއީ އޭނާއަށް ދެވޭ ބޮޑު އިހާނާތެކެވެ. ގިނަ ދަރިންގެ އަޚްލާޤް ގޯސްވެ، ހަލާކުވެގެން ދިޔުމުގެ ސަބަބަކީ އެދަރިންގެ މައިންބަފައިން، އެދަރިންގެ ތަރުބިއްޔަތުގައި އިހުމާލު ވުމެވެ. އަދި ދީނުގެ ފަރުޟުތަކާއި ސުއްނަތްތައް އެދަރިންނަށް އުނގަންނައި ދީފައި ނުވުމެވެ. އޭގެ ސަބަބުން އެދަރިންގެ އަމިއްލަ ނަފްސަށް ފައިދާއެއް ހާޞިލު ކޮށް ނުދެވެއެވެ. އަދި އެދަރިންގެ މައިންބަފައިން މުސްކުޅިވާ ދުވަހު، އެދަރިންގެ ފަރާތުން އެމައިންބަފައިންނަށްވެސް ފައިދާއެއް ނުކުރެއެވެ.

އެހެންކަމުން ބައެއް ދަރިން މައިންބަފައިންނަށް އުރެދި އެމީހުންނަށް އިޙްތިރާމް ނުކުރުމުގެ ތުހުމަތު އެދަރިން އަޅުވަނީ މައިންބަފައިންގެ ބޮލުގައެވެ. އެފަދަ ދަރިން ބުނެއެވެ. އޭ ބައްޕާއެވެ. ބައްޕަ އަހަރެން ކުޑައިރު އަހަރެންނަށް ކަމޭނުހިތީމެވެ. އެހެންކަމުން މިއަދު ބައްޕަ މުސްކުޅިވީ ދުވަހު އަހަރެން ބައްޕައަށް ކަމޭނުހިތަމެވެ. އަދި އަހަރެން ކުޑައިރު އަހަރެންނާ އަޅާނުލީމުއެވެ. އެހެންކަމުން މިއަދު އަހަރެންވެސް ބައްޕައާ އަޅާނުލަމެވެ.)) تحفة المودود


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި