Noorul-islam.NET :: ރަވާތިބު ސުއްނަތުގެ ބާރަ ރަކުޢަތް
ރަވާތިބު ސުއްނަތުގެ ބާރަ ރަކުޢަތް
Category »  ފިޤްހު

ތާރީޚް: 8 މޭއި 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

ސުންނަތް ނަމާދުތައް ބައިވަރެވެ. ނަމަވެސް ފަރްޟުނަމާދުގެ އިހުގައްޔާއި ފަހުގައި ކުރާ ސުންނަތްތައް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާން ކޮށް ދެއްވަނީ މިފަދައިންނެވެ. (مَنْ ثَابَرَ عَلَى ثِنْتَيْ عَشْرَةَ رَكْعَةً مِنْ السُّنَّةِ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ الْعِشَاءِ وَرَكْعَتَيْنِ قَبْلَ الفجر) މާނައަކީ: ސުންނަތުގެ ބާރަ ރަކްޢަތަށް ރައްކާތެރިވެއްޖެމީހަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ. (އެއީ) މެންދުރުނަމާދުގެ ކުރިން ހަތަރު ރަކްޢަތާއި ފަހުން ދެރަކްޢަތެވެ. އަދި މަޣްރިބްނަމާދުގެ ފަހުން ދެރަކްޢަތެވެ. އަދި ޢިޝާގެ ފަހުން ދެރަކްޢަތެވެ. އަދި ފަތިސްނަމާދުގެ ކުރިން ދެރަކްޢަތެވެ".

އެއީ:

މެންދުރު ނަމާދުގެ ކުރީގެ 4 ރަކުޢަތް

މެންދުރު ނަމާދުގެ ފަހުގެ 2 ރަކުޢަތް

މަޣްރިބު ނަމާދުގެ ފަހުގެ 2 ރަކުޢަތް

ޢިޝާ ނަމާދުގެ ފަހުގެ 2 ރަކުޢަތް

ފަތިސް ނަމާދުގެ ކުރީގެ 2 ރަކުޢަތް

========================

ޖުމްލަ 12 ރަކުޢަތް

 

ޢަޞްރުނަމާދު ގެ ކުރިން ކުރާ ހަތަރު ރަކްޢަތަކީ ރަވާތިބު ސުންނަތުގެ ތެރޭގައި ހިމެނޭ ރަކްޢަތް ތަކެއް ނޫނެވެ. އެހެންނަމަވެސް ސުންނަތްކަން ގަދަވެގެންވާ ހަތަރު ރަކްޢަތެވެ. ނަމަވެސް ރަވާތިބު ސުންނަތްހާ ޘަވާބު ގިނަ ރަކްޢަތް ތަކެއް ނޫނެވެ. ޢަޞްރުކުރީގެ ހަތަރު ރަކްޢަތާއި ބެހޭގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (رَحِمَ اللَّهُ امْرَأً صَلَّى قَبْلَ الْعَصْرِ أَرْبَعًا) މާނައަކީ: "ޢަޞްރުގެ ކުރިން ހަތަރު ރަކްޢަތްކޮށްފި މީހަކަށް މާތް ﷲ ރަޙްމަތްލައްވާނެއެވެ".


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި