Noorul-islam.NET :: ކީރިތި ޤުރްއާނުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ބަޔާންވެގެންވާ މަޤާމު ތަކުގެ މައްޗަށް ނަޒަރެއް

ކީރިތި ޤުރްއާނުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ބަޔާންވެގެންވާ މަޤާމު ތަކުގެ މައްޗަށް ނަޒަރެއް
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 2 މާޗް 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

ކީރިތި ޤުރްއާނަކީ ﷲގެ މަތިވެރި ވަޙީއެވެ. އަދި އެއީ އެންމެ މަތިވެރި މުޤައްދަސްފޮތެވެ. އެ ފޮތް ބާވާލެއްވުނީ މުޙައްމަދު ނަބީކަލޭގެފާނުގެ މައްޗަށެވެ. އެއީ ޖިބްރީލް އަމީން މެދުވެރިކުރައްވައެވެ. ކީރިތި ޤުރްއާން ލައުޙުލްމަޙްފޫޡުން ދުނިޔޭގެ އުޑުގައިވާ ބައިތުލްޢިއްޒާއަށް ބާވާލެއްވުނީ ރަމަޟާންމަހެއްގެ ފަހު ދިހައިގެ ރެއެއްގައެވެ. އެއީ ލައިލަތުލްޤަދުރި ވިލޭރެއެވެ. އެރެއަކީ އެއް ހާސް މައްސަރަށް ވުރެން ހެޔޮކަންބޮޑުވެގެންވާ ރެއެވެ. އެރޭގައި ﷲ ތަޤުދީރުތައް ކަނޑައަޅުއްވައެވެ. އެރޭގެ ފަތިސް ވެއްޖައުމަށް ދާންދެން ބާއްޖަވެރިކަމާއި އަމާންކަން ހުއްޓެވެ. އެރޭގައި މަލާއިކަތުންނާއިގެން ޖިބްރީލްގެފާނު ފައިބައިވަޑައިގަންނަވައެވެ.

މި ފަދަ މާތް ރެޔެއްގައި، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވި ކީރިތި ޤުރްއާނުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާންވެގެންވާ މަޤާމުތައް ބަލާލަމާ  ހިންގަވާށެވެ. ކީރިތި ޤުރްއާނުގައި މުޙައްމަދުގެފާނުގެ ސީދާ ނަންފުޅު " މުޙައްމަދު" މިނަންފުޅު 4 ފަހަރު ބަޔާންވެގެން ވެއެވެ. އެއީ އާލު ޢިމްރާން ސޫރަތުގައްޔާއި، އަލްއަޙުޒާބު ސޫރަތުގައްޔާއި، މުޙައްމަދު ސޫރަތުގައްޔާއި، އަލްފަތުޙު ސޫރަތުގައެވެ. އެ އާޔަތްތައް ތިރީގައި އެވަނީއެވެ.

1-   ( وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ أَفَإِن مَّاتَ أَوْ قُتِلَ انقَلَبْتُمْ عَلَىٰ أَعْقَابِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ اللَّـهَ شَيْئًا ۗ وَسَيَجْزِي اللَّـهُ الشَّاكِرِينَ ﴿١٤٤﴾ އާލު ޢިމްރާން 144. މާނައީ: " رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. شكر ކުރާ މީހުންނަށް اللَّه ޖަޒާ ދެއްވާނެތެވެ."

2-   مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا ﴿٤٠﴾ އަލްއަޙްޒާބު 40، މާނައީ: " ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

3-   وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ ﴿٢﴾ މުޙައްމަދު 02، މާނައީ: " އަދި إيمان ވެ، صالح عمل ތައްކޮށް، އަދި محمد ގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަމަށް إيمان ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ حال ތައް إصلاح ކުރެއްވިއެވެ. "

4-   مُّحَمَّدٌ رَّسُولُ اللَّـهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّـهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴿٢٩﴾ އަލްފަތުޙު 29، މާނައީ: " محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ توراة ގައިވާ، އެއުރެންގެ مثال އެވެ. އަދި إنجيل ގައިވާ، އެއުރެންގެ مثال އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން عجائب ކޮށް حيران ކުރުވަމުންނެވެ. އެއުރެންދެކެ، كافر ން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން إيمان ވެ صالح عمل ތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް اللَّه وعد ކުރައްވާފައިވެއެވެ.

އާދެ! މި އެންމެހާ އާޔަތްތަކެއްގައި ވެސް އެކަލޭގެފާނުގެ ރިސާލަތުގެ ތެދުކަން ކަށަވަރުކުރައްވައި އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވި ޤުރްއާނަކީ ޙައްޤުކަން ކަށަވަރުކުރައްވާފައިވެއެވެ. އާލު ޢިމްރާން ސޫރަތުގައި ވަނީ އެއި ރަސޫލުބޭކަލުންގެ ސިލްސިލާގެ ތެރެއަށް އިތުވި ބޭކަލެއްކަމުގައެވެ. އަލްއަޙްޒާބުގައި ކަށަވަރުކުރައްވަނީ އެއީ ރަސޫލުބޭކަލުން ޚަތިމްކުރެއްވި ސާހިބާ ކަމެވެ. މުޙައްމަދު ސޫރަތުގައި ކަށަވަރުކުރައްވަނީ އެކަލޭގެފާނަށް ބާވާލެއްވި ޤުރްއާނަކީ ޙައްޤުކަމެވެ. ފަތުޙު ސޫރަތުގައި ކަށަވަރު ކުރައްވަނީ އެއީ ރަސޫލެއްކަމާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ މަތިވެރި ސިފަތަކުގެ ވާހަކައެވެ. އަދި ތައުރާތާއި އިންޖީލުގައި އެބޭކަލުންގެ މިސާލު ޖައްސަވާފައިވާކަމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި