Noorul-islam.NET :: އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށް ފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫނެވެ.

އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށް ފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫނެވެ.
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 29 ޑިސެމްބަރު 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

بسم الله الرحمن الرحيم

 

11 މުޙައްރަމް 1432 ހ ( 17 ޑިސެމްބަރ 2010 ) ވީ ހުކުރު ދުވަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ( އިސްލާމީ މަރުކަޒު) ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ޚުޠުބާ

 

إِنَّ الْحَمْدَ لِلَّهِ نَحْمَدُهُ، وَنَسْتَعِيْنُهُ وَنَسْتَغْفِرُهُ، وَنُؤْمِنُ بِهِ وَنَتَوَكَّلُ عَلَيْهِ، وَنَعُوْذُ بِالله مِنْ شُرُوْرِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِناَ، مَنْ يَهْدِهِ الله فَهُوَ الْمُهْتَدِ، وَمَنْ يُضْلِلْهُ فَلَنْ تَجِدَ لَهُ وَلِياً مُرْشِداً, وَأَشْهَدُ أَنْ لاَ إِلَهَ إِلاَّ الله وَحْدَهُ لاَ شَرِيْكَ لَهُ، وَأَشْهَدُ أَنَّ مُحَمَدًا عَبْدُهُ وَرَسُوْلُهُ, اللهمَّ صَلِّ وَسَلِّمْ وَبَارِكْ عَلىَ نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِيْنَ، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ.

 أَمَّا بَعْدُ: أَيُّهَا الْمُسْلِمُوْنَ: اِتَّقُوْالله تَعَالىَ وَاخْشَوْهُ، فَقَدْ قَالَ الله تَعَالَى فِيْ كِتَابِهِ الْعَزِيْزِ: ) يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ الله حَقَّ تُقَاتِهِ وَلاَ تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ ) .

ހަމަކަށަވަރުން އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ވަނީ މަތިވެރި الله އަށެވެ. އަޅަމެންގެ ފާފަތައް ފުއްސެވުމަށާއި، އެހީތެރިކަމާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދިވަކީލުކުރަނީވެސް އެކަލާނގެ އަށެވެ.

އަދި މާތް الله މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ މާތް الله ގެ އެންމެ ފަހުގެ ނަބިއްޔާ އަދި ރަސޫލާ ކަމަށް ހެކިވަމެވެ. މާތް الله އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލުއަޞްޙާބުންނާއި ޤިޔާމަތަށް ދާނދެން އެކަލޭގެފާނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. އާމީން.

މުސްލިމު އަޚުންނޭވެ! ރޭދުވާތަކުރާރުވުމަކީ މިކާއިނާތުގައި ލެއްވިގެންވާ اللهގެ ކުޅަދުންވަންތަކަމުގެ އެންމެ މަތިވެރި އެއް ނިޝާނެވެ. ރޭތަކާއި ދުވަސްތަކަކީ މައްސަރުތައް އޭގެ މައްޗަށް ޤާއިމުވެގެންވާ ޙަޤީޤަތެވެ. މާތް اللهގެ ޙަޟްރަތުގައި މައްސަރުތަކުގެ ޢަދަދަކީ ބާރަކަން ކަށަވަރެވެ. މިކަން ކީރިތި ޤުރްއާނުގައި الله ވަނީ ކަނޑައެޅިގެން ބަޔާންކުރައްވާފައެވެ. އައްތައުބާ ސޫރަތުގައި الله ބަޔާންކުރައްވާފައިވަނީ     މިފަދައިންނެވެ. ( إِنَّ عِدَّةَ الشُّهُورِ عِندَ الله اثْنَا عَشَرَ شَهْرًا فِي كِتَابِ الله يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنفُسَكُمْ ۚ ﴿٣٦﴾  މާނައީ: " ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވި ދުވަހުއްސުރެން، الله ކަނޑައަޅުއްވާފައިވާ ގޮތުގައި (އަހަރެއްގެ) މައްސަރުތަކުގެ عدد އަކީ، الله ގެ حضرة ގައި ބާރަ މަހެވެ. އޭގެތެރެއިން، ހަތަރު މަސް، حرمة ތެރި ވެގެންވެއެވެ. އެއީ حق ތެދު دين އެވެ. ފަހެ، އެ މައްސަރުތަކުގައި، ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް ތިޔަބައިމީހުން އަނިޔާ ނުކުރާހުށިކަމެވެ!"

އާދެ! ބާރަ މަހުގެ ތެރެއިން الله ޙުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހަކީ މުޙައްރަމް މަހާއި، ޛުލްޤަޢިދާމަހާއި، ޛުލްޙިއްޖާމަހާއި،  ރަޖަބް މަހެވެ. މި މަސައްސަރުތަކުގައި ލޭ އޮހޮރުމާއި، ހަނގުރާމަކުރުމާއި، ފިތުނަ ފަސާދަކުރުންވަނީ ޙަރާމްކުރައްވާފައެވެ. މި މައްސަރުތަކުގެ ތެރެއިން އަޅުގަނޑުމެންނާއެކު ފާއިތުވަމުން މިދަނީ މާތް ވެގެންވާ މުޙައްރަމްމަހުގެ ދުވަސްތަކެވެ. މިމަހަށް (ޝަހުރުالله) މާތް اللهގެ މައްސަރު މިނަމުން ނަންދެއްވާފައިވަނީ މުޙައްމަދު ޞައްލަ الله ޢަލައިހި ވަސައްލަމައެވެ. މިހެންކަމުން މިމަހުގެ ކަރާމަތާއި ޙުރުމަތާއި މާތް ކަން އަޅުގަނޑުމެން މިމަހަށް ދޭންވާނެއެވެ. މިމަހުގައި ލޭއޮހުރުމާއި، ނުޙައްޤުން މީހުންނަށް ގެއްލުން ދިނުމާއި، ކަޓަރުއެޅުމާއި ފޭރުމާއި، މިފަދަ އެންމެހާ ޖަރީމާތަކުން އަޅުގަނޑުމެން އެއްކިބާވުމަކީ ދީނީ ގޮތުން ވާޖިބުވެގެންވާ ކަމެކެވެ. 

އެންމެހާ މުސްލިމު އަޚުންނޭވެ! މުޙައްރަމް މަހުގައި ލެއްވިގެންވާ އެންމެ މާތް ދުވަހަކީ ޢާޝޫރާ ދުވަހެވެ. ޢާޝޫރާގެ ރޯދައަކީ ގަދަވެގެންވާ ސުންނަތް ރޯދައެކެވެ. ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އާދެ! ޢާޝޫރާ ދުވަހަކީ ދުނިޔޭގައި އުފެދުނު އިލާހުވަންތަކަމަށް ދަޢުވާކުރި ފިރުޢައުނުގެ އަނިޔާވެރި ޢަމަލުތަކާއި އޭނާގެ ނުރައްކަލުން اللهގެ މަތިވެރި ނަބިއްޔާ ސަލާމްލެއްވި މޫސާގެފާނު ސަލާމަތްކުރައްވައި ފިރުޢައުނު ޣަރަޤުކުރައްވައި، އެކަލޭގެފާނަށް ނަޞްރު ދެއްވި ދުވަހެވެ. އެދުވަހު ރޯދަހިފަނީ އެކަމުގެ އުފާފާޅުކުރުމުގެ ގޮތުން الله އަށް ޝުކުރުވެރިވުމަށްޓަކައެވެ. އެ ދުވަހު ޔަހޫދީން ވެސް ރޯދަހިފައެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ  މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އިރު، މަދީނާގައި ދިރިއުޅެމުންދިޔަ ޔަހޫދީ ޤަބީލާތަކުގެ އަހުލުވެރިން އެދުވަހު ރޯދަ ހިފަމުން ދިޔައެވެ. އެބައިމީހުން ރޯދަ ހިފަމުންދަނީ ކޮން ސަބަބަކާ ހުރެތޯ އިތުރު އެކަލޭގެފާނު ސުވާލުކުރެއްވުމުން، އެއީ މުސާގެފާނު ސަލާމަތްކުރެއްވިކަމަށްޓަކައި ރޯދަ ހިފާކަމުގައި އެބައިމީހުން ޖަބާވުދިނުމުން، މުސާގެފާނަށް ލިބިވަޑައިގެންނެވި ނަޞްރުގެ އުފާފާޅުކުރުން އެންމެ ޙައްޤުކަންބޮޑީ ތިމަންކަލޭގެފާނު ކަމުގައި ޙަދީޘްކުރައްވައި އެދުވަހުގެ ރޯދަ ހިއްޕެވުމަށް ކަނޑައަޅުއްވައި އުންމަތަށް އިރުޝާދުދެއްވިއެވެ.

 ނަމަވެސް އެކަމުގައި ޔަހޫދީންނާ ތަފާތުވެ،ޚިލާފުވުމަށްޓަކައި، އެ ދުވަހާއެކު އެދުވަހުގެ ކުރީ ދުވަސް، ނުވަތަ އެދުވަހާއެކު އެދުވަހުގެ ފަހު ދުވަހު ރޯދަ ހިފުމަށް اللهގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުންމަތަށް އިރުޝާދު ދެއްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ( خالِفُوا اليَهُودَ، صُومُوا يَوماً قَبْلَهُ وَيَوماً بَعْدَهُ) ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި ޔަހޫދީންނާއި ތަފާތުވާށެވެ! ފަހެ އެދުވަހުގެ ރޯދަޔާއެކު އެދުވަހުގެ ކުރީ ދުވަސް، ނުވަތަ ފަހު ދުވަހުގައި ރޯދަ ހިފާށެވެ!

އެންމެހާ މުސްލިމު އަޚުންނޭވެ! މިފަދަ މަތިވެރި ސުންނަތްތައް އަދާކުރުމުގައްޔާއި، ދީނާއި، ދުންޔަވީ ވަރަށް ގިނަކަންތައްތަކުގައި ޔަހޫދީންނާ ތަފާތުވުމަށާއި، އެބައިމީހުންނާ ޚިލާފުވުމަށް، الله އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވަނީ ކީއްވެގެންތޯއެވެ؟ އެކަމުގެ ފަހަތުގައިވާ ޙަޤީޤަތްތަކާއި ފޮރުވިފައިވާ ޙިކުމަތްތަކަކީ ކޮބައިތޯއެވެ؟  މި ސުވާލުގެ ޖަވާބު ހޯދުމަށް އެންމެހާ ފަލްސަފާތަކާއި، ދެބަސްވުންތަކާއި ތަފާތު ސިޔާސީ ފިކުރުތަކާއި، ތާރީޚީ ޙާދިސާތަކާ ދުރަށް ގޮސް، ފުރަތަމަ اللهގެ މަތިވެރިފޮތައް އަޅުގަނޑުމެން ދަމާ ހިނގަވާށެވެ! އަޅުގަނޑުމެން ކަމަކާ ދެބަސްވެއްޖެ ނަމަ އެނބުރި ދާން އޮތް އަޞްލަކީ އެއީއެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ދެ މުސްލިމަކު އެއާމެދު ދެބަސްނުވާނެ މަތިވެތި މުޤައްދަސް ފޮތެވެ. ޝައްކެއް ނެތް އަޞްލެކެވެ. ޔަހޫދީންގެ އެތައް ސިފައެއް ކީރިތި ޤުރްއާނުގައި الله ބަޔާންކުރައްވާފައިއެވެ. އަދި ޤުރްއާނުގެ ބޮޑު ބައެއް އެބައިމީހުންނާމެދު ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރޭގައި އަންނަނިވި ސިފަތައް ހިމެނެއެވެ.

ޔަހޫދީންނަކީ ވަޢުދަށް ވަފާތެރިވާނެ ބައެއްނޫން ކަމުގައި ﷲ ބަޔާންކުރައްވާފައިވެއެވެ. މާތް الله ވަޙީކުރައްވާފައިވެއެވެ. أَوَكُلَّمَا عَاهَدُوا عَهْدًا نَّبَذَهُ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ ﴿١٠٠﴾ މާނައީ:  " އެއުރެން عهد އެއް ކުރާ ކޮންމެހިނދަކު، އޭގެތެރެއިން ބަޔަކު އެ عهد އެއްލައިލަނީ ހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަމީހުން إيمان އެއް ނުވެތެވެ."

ޔަހޫދީންނަކީ اللهގެ ފޮތް ބަދަލުކުރުމާއި ޚިޔާނާތްތެރިކަންބޮޑު ބައެކެވެ. މާތް الله ވަޙީކުރައްވާފައިވެއެވެ. فَبِمَا نَقْضِهِم مِّيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً ۖ يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ ۙ وَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ ﴿١٣﴾ މާނައީ: " ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (توراة ގައިވާ) كلمة ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: محمد ގެފާނަށް تبع ވުމަށް توراة ގައި ކުރައްވާފައިވާ أمر ތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ."

ޔަހޫދީންނަކީ ނަބީބޭކަލުން ޤަތުލުކުރިބައެކެވެ. ސަލާމްލެއްވި ޒަކަރިއްޔާގެފާނާއި، ސަލާމްލެއްވި ޔަޙްޔާގެފާނު ޝަހީދުކޮށްލީ ޔަހޫދީންނެވެ. އަދި ސަލާމްލެއްވި ޢީސާގެފާނު ޝަހީދުކޮށްލުމަށް އުޅުނީ ވެސް ޔަހޫދީންނެވެ.  ނަމަވެސް الله އެކަލޭގެފާނު އުޑަށް އުފުއްލެވީއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޝަހީދުކޮށްލުމަށްޓަކައި އެކަލޭގެފާނުގެ ފަރިއްކޮޅަށް ޒަހަރުލީވެސް ޔަހޫދީންނެވެ. ސިޔަރަތުގެ ބައެއް ދަންނަބޭކަލުން ވިދާޅުވާގޮތުނުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ الله ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގެ ސަބަބަކީ ޚައިބަރުގެ ދުވަހުގެ ފަރިއްކުޅުއްވުނު ޒަހަރެވެ. ޔަހޫދީން ފިޔަވައި އެހެންބަޔަކު ނަބީބޭކަލުން ޤަތުލުކޮށް އުޅުނުކަމަށް އިންސާނުންގެ ތާޜީޚުން އެނގޭކަން ނެތެވެ. މާތް الله ވަޙީކުރައްވާފައިވެއެވެ. لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ ﴿٧٠﴾ މާނައީ: "ހަމަކަށަވަރުން، إسـرآءيـل ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ.

ޔަހޫދީންކީ اللهގެ ދީނަށް ގޮވާލާ ދަންނަބޭކަލުން ޤަތުލުކުރާ ބައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  إِنَّ الَّذِينَ يَكْفُرُونَ بِآيَاتِ الله وَيَقْتُلُونَ النَّبِيِّينَ بِغَيْرِ حَقٍّ وَيَقْتُلُونَ الَّذِينَ يَأْمُرُونَ بِالْقِسْطِ مِنَ النَّاسِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٢١﴾  މާނައީ: " ހަމަކަށަވަރުން، الله ގެ آية ތަކަށް كافر ވެ، حق އަކާނުލައި، ނަބިއްޔުން قتل ކޮށް، މީސްތަކުންގެ ތެރެއިން عدل އަށް أمر ކުރާ މީހުން قتل ކޮށް އުޅޭމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!

ޔަހޫދީންނަކީ الله އަށް ބަދުބަސް ބުނި މީހުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.  وَقَالَتِ الْيَهُودُ يَدُ الله مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّا أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَانًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ الْعَدَاوَةَ وَالْبَغْضَاءَ إِلَىٰ يَوْمِ الْقِيَامَةِ ۚ كُلَّمَا أَوْقَدُوا نَارًا لِّلْحَرْبِ أَطْفَأَهَا الله ۚ وَيَسْعَوْنَ فِي الْأَرْضِ فَسَادًا ۚ وَالله لَا يُحِبُّ الْمُفْسِدِينَ ﴿٦٤﴾ މާނައީ: " يهودى ން ބުނޫއެވެ. الله ގެ އަތްޕުޅުވަނީ ބަންދުވެގެންނެވެ. (يهودى ން މިހެންބުނީ الله އަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) އެއުރެންގެ އަތްތައް ބަންދުވާށިއެވެ! އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް لعنة ލެއްވިއެވެ. އަދި ކިއެއްތަ! އެކަލާނގެ يدقدرة ފުޅުވަނީ ހުޅުވި ތަނަވަސްވެގެންނެވެ. އެކަލާނގެ އިރާދަކުރައްވާ ފަދަޔަކުން ހޭދަކުރައްވަތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި ތަކެތި އޭގެތެރެއިން ގިނަމީހުންގައި ދެކޮޅުވެރިކަމާއި، كافر ކަން އިތުރުކުރާނެކަން ކަށަވަރެވެ. އަދި قيامة އަށް ދާނދެން عداوة ތެރިކަމާއި، ރުޅިވެރިކަން އެއުރެންގެ މެދުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ. އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެހިނދެއްގައި، الله އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި فساد ކުރުމުގެ ގޮތުން އެއުރެން މަސައްކަތް ކުރެތެވެ. ފަހެ، فساد ކުރާ މީހުންދެކެ الله ލޯބިވެވޮޑިގެނެއް ނުވެތެވެ."

ޔަހޫދީންނަކީ މޫސާގެފާނަށް ޖެއްސުންކުރި މީހުންނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. قَالُوا يَا مُوسَىٰ إِنَّا لَن نَّدْخُلَهَا أَبَدًا مَّا دَامُوا فِيهَا ۖ فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ ﴿٢٤﴾ މާނައީ: " އެއުރެން ދެންނެވޫއެވެ. އޭ موسى ގެފާނެވެ! އެއުރެން އެރަށުގައި ދެމިތިބިހައިހިނދަކު އެއްގޮތަކަށްވެސް ތިމަންމެން އެރަށަކަށް ނުވަންނާނޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ.

ޔަހޫދީންނަކީ ގެރިއެއްކަތިލަން އެނގުމުން الله އާއި ޖަދަލުކުރި މީހުންނެވެ.މާތް ވަޙީކުރައްވާފައިވެއެވެ. وَإِذْ قَالَ مُوسَىٰ لِقَوْمِهِ إِنَّ الله يَأْمُرُكُمْ أَن تَذْبَحُوا بَقَرَةً ۖ قَالُوا أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِالله أَنْ أَكُونَ مِنَ الْجَاهِلِينَ ﴿٦٧﴾    މާނައީ: " އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން الله، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އެއުރެން ދެންނެވޫއެވެ. ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. (އެފަދަ ކަންތައްކުރާ) جاهل ންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު الله ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ.

ޔަހޫދީންނަކީ ނުހަނު ފިނޑިބައެކެވެ. ދުންޔަވީ އެދުންބޮޑުބައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.   وَلَتَجِدَنَّهُمْ أَحْرَصَ النَّاسِ عَلَىٰ حَيَاةٍ وَمِنَ الَّذِينَ أَشْرَكُوا ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِ مِنَ الْعَذَابِ أَن يُعَمَّرَ ۗ وَالله بَصِيرٌ بِمَا يَعْمَلُونَ ﴿٩٦﴾ މާނައީ: " އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. الله އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. "

ޔަހޫދީންނަކީ މުސްލިމުންނާމެދު ހުނަ ޢަދާވާތްތެރިކަން ބޮޑު ޙަސަދަވެރިބައެކެވެ.މާތް ﷲ ވަޙީކުރައްވާފައިވެއެވެ. لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِّلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ ﴿٨٢﴾   މާނައީ: " إيمان ވި މީހުންނަށް މީސްތަކުންކުރެ، عداوة ތެރިކަން އެންމެބޮޑު ބަޔަކީ، يهودى ންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. " އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُوا ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢١٧﴾ މާނައީ: " އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ دين ން ތިޔަބައިމީހުން ބޭރުކޮށް كافر ކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން مرتدّ ވެ، كافر އަކު ކަމުގައިވާ حال، މަރުވާ މީހުންނީ، ދުނިޔެއާއި آخرة ގައި އެއުރެންގެ عمل ތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން ދެމިތިބޭނީ، އެތާނގައެވެ.

އަދިވެސް الله ވަޙީކުރައްވާފައިވެއެވެ. وَلَن تَرْضَىٰ عَنكَ الْيَهُودُ وَلَا النَّصَارَىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى الله هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ الله مِن وَلِيٍّ وَلَا نَصِيرٍ ﴿١٢٠﴾ މާނައީ: " އަދި يهودى ންވެސް نصارى އިންވެސް އެއުރެންގެ دين އަށް ކަލޭގެފާނު تبع ވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން الله ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް علم ގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަ، الله ގެ حضرة ން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި نصر ދޭނޭ މީހަކުވެސް ނުވާނެތެވެ."

ޔަހޫދީންކީ ދޮގު ފަތުރާ ބައެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَقَالَتِ الْيَهُودُ وَالنَّصَارَىٰ نَحْنُ أَبْنَاءُ الله وَأَحِبَّاؤُهُ ۚ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم ۖ بَلْ أَنتُم بَشَرٌ مِّمَّنْ خَلَقَ ۚ يَغْفِرُ لِمَن يَشَاءُ وَيُعَذِّبُ مَن يَشَاءُ ۚ وَلِلَّـهِ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا ۖ وَإِلَيْهِ الْمَصِيرُ ﴿١٨﴾  މާނައީ: " يهودى ންނާއި، نصارى އިން ބުނެފޫއެވެ. ތިމަންމެންނީ، الله ގެ ދަރިންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ عذاب ދެއްވަނީ ކީއްވެގެންހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ، އެކަލާނގެ ހެއްދެވި މީހުންގެ ތެރެއިންވާ މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް عذاب ދެއްވަތެވެ. އަދި އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ ވެރިކަން ملك ވެގެންވަނީ الله އަށެވެ. އަދި ނިމިދިއުންވަނީވެސް އެކަލާނގެ حضرة އަށެވެ."

 

ޔަހޫދީންނާމެދު އައިސްފައިވާ ވަޢީދުގެ ބަސްފުޅުތަކަށް ނިކަން ނަޒަރު ހިންގަވާށެވެ!

 

ޔަހޫދީންގެ ނުބައި ޢަމަލުތަކުގެ ސަބަބުން ބައެއް ރަނގަޅުކަންތައްތައް އެބައިމީހުންނަށް ޙަރާމްކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ الله كَثِيرًا ﴿١٦٠﴾ وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًا أَلِيمًا ﴿١٦١﴾ މާނައީ: " يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން الله ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވާފައިވާ حال ގައި، އެއުރެން رِبا ހިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް باطل ގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ. އެއުރެންގެ ތެރެއިން كافر ކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ."

    ޔަހޫދީންނަށް الله ލަޢުނަތްލެއްވިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٧٨﴾ މާނައީ: " إسـرآءيـل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެއެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ."

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِّنَ الله وَحَبْلٍ مِّنَ النَّاسِ وَبَاءُوا بِغَضَبٍ مِّنَ الله وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ الله وَيَقْتُلُونَ الْأَنبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿١١٢﴾ މާނައީ: އެއުރެންވީ، ކޮންމެތަނެއްގައިވެސް، އެއުރެންގެ މައްޗަށް ދެރަކަމާއި، ނިކަމެތިކަން ލައްވާފައިވެއެވެ. الله ގެ عهد އަކުން ނުވަތަ މީސްތަކުންގެ عهد އަކުން (ރައްކާތެރިކަން ލިބިގެންފުމުން) މެނުވީއެވެ. އަދި، الله ގެ ކޯފާއާއިގެން އެއުރެން އެނބުރި އަޔެވެ. އަދި، مسكين ކަން އެއުރެންގެ މައްޗަށް ލައްވާފައިވިއެވެ. އެއީ، އެއުރެން الله ގެ آية ތަކަށް كافر ވެ އަދި، حق އަކާ ނުލައި، ނަބިއްޔުން قتل ކޮށް އުޅުނުކަމަށްޓަކައެވެ. އެއީ، އެއުރެން އުރެދުނުކަމަށްޓަކައެވެ. އަދި، އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ.

މުސްލިމު އަޚުންނޭވެ! އިސްވެދިޔައީ ޔަހޫދީންނާ މެދު ކީރިތި ޤުރްއާނުގައި އައިސްފައިވާ އެބައިމީހުންގެ ސިފަތަކާއި، އާދަކާދަތަކުގެ ވާހަކައެވެ. އެއީﷲގެ ޢަދުލުވެރި ބަސްފުޅުތަކެވެ. އެއާމެދު ޝައްކުރަނީ ފަހެ ކާކުހެއްޔެވެ؟ އެ އާޔަތްތައް އެމަގުން ކީރިތި ޤުރްއާނުގެ ބޮޑުބައެއްގައި އައިސްފައިވަނީ އަޅުގަނޑުމެން އެއިން ޢިބްރަތް ލިބިގަތުމަށެވެ. އަޅުގަނޑުމެންގެ ދީނާއި ދުންޔަވީ ކަންކަމާއި، ދައުލަތް ހިންގުމުގައި ރައްކާތެރިވެތިބުމަށެވެ.

އާދެ! ކަން މިހެން އޮތް ހިނދު ވެސް އިސްލާމްދީން، ޔަހޫދީންނާއި އަދި އެނޫންވެސް ދީންތަކުގެ މީހުންނާމެދު ބަހައްޓާފައިވަނީ ޢަދުލުވެރި ހެޔޮ ގުޅުމެކެވެ. އިސްލާމްދީނަކީ ވަކި ނަސްލަކަށް ޙަސަދަވެރިވާ ދީނެއްނޫނެވެ. އެއީ އެބައިމީހުންގެ ފުށުން އަނިޔާވެރިކަމެއް ނުފެންނަހާ ހިނދެއްގައި، އަދި އެބައިމީހުން މުސްލިމުންގެ ގެދޮރުން މުސްލިމުން ނުނެރޭހާ ހިނދަކު އެހެންދީންތަކުގެ މީހުންނާމެދު ޢަދުލުވެރިވެ ހެޔޮކޮށް ހިތުމަށާއި ހެޔޮކޮށް ކަންތައްކުރުމަށް الله އަންގަވާފައިވާތީއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. لَّا يَنْهَاكُمُ الله عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ الله يُحِبُّ الْمُقْسِطِينَ ﴿٨﴾ إِنَّمَا يَنْهَاكُمُ الله عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿٩﴾  ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، الله ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ الله ލޯބިވެވޮޑިގެންވެތެވެ. الله، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ ﴿٤٦﴾  މާނައީ: " ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ."

މިއިން އެނގި ދޭހަވަނީ މުސްލިމުންނާ ޣައިރު މުސްލިމުންނާ، އަދި ކިއެއްތޯ ވަކީން ޚާއްޞަ ގޮތެއްގައި ފޮތްތަކުގެ އަހުލުވެރީންނާމެދު އޮންނަންވާ ގުޅުމުގެ އަޞްލަކީ އެބައިމީހުން އަނިޔާވެރިނުވާހާ ހިނދެއްގައި ޞުލްޙަވެރިކަން ކަމެވެ. ޢަދުލުވެރިކަމެވެ. ނަމަވެސް އެބައިމީހުން އަނިޔާވެރިވެގެންފި ނަމަ މުސްލިމުންގެ ދީނާއި ވަޠަން ދިފާޢުކުރުމުގެ ޙައްޤު މުސްލިމުންނަށް ލިބިގެންވެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެންމެހާ ޔަހޫދީންނަކީ މުސްލިމުން އިސްވެ ދުޝްމަންވާންވީ ބައެއްނޫނެވެ. އިސްލާމީ ތާރީޚަށް ބަލާއިރު އިސްލާމީ ޚިލާފަތުގެ ދުވަސްވަރުގައި މުސްލިމުންގެ ބައިތުލްމާލުން ޔަހޫދީންނަށް ޚަރަދުކޮށްފައިވެއެވެ. އަދި އިސްލާމީ ޚިލާފަތުގައި އެބައިމީހުންނާމެދު ޢަދުލުވެރިވެ، އިޙްސާންތެރިވެފައިވެއެވެ. ޚާއްޞަގޮތެއްގައި އަމީރުލްމުއުމީނީން ޢުމަރު ބިން އަލްޚައްޠާބުގެ ޚިލާފަތުގައެވެ.

އާދެ! މުސްލިމުން ދުޝްމަންވަނީ މުސްލިމުންގެ ބިމަށް އަރައި، މުސްލިމުންގެ މުޤައްދަސްތަންތަނުގެ ޙުރުމަތް ކަނޑާލައި އަނިޔާވެރިވެފައިވާ މީހުންދެކެ އެކަންޏެވެ. އެނޫން އެހެން ބަޔަކު ދެކެ މުސްލިމުން ރުޅިވެރިކަން އިސްނުކުރާނެއެވެ. ސިޔާސީގޮތުން ޣައިރު މުސްލިމު ޤައުމުތަކާއި ގުޅުން ޤާއިމުކުރުމާއި، މުޢާހަދާތައް ޤާއިމުކުރުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން ޤާއިމުކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް އިސްލާމީ އުންމަތާމެދު އަނިޔާވެރިވެފައިވާ، އަދި މުސްލިމުންގެ ބިން ޣަޞްބުން ފޭރިގަނެ އެތަނުގެ އަހުލުވެރިން އެތަނުންބޭރުކޮށްފައިވާ ބަޔަކާ ގުޅުންތައް ޤާއިމުކުރުމަކީ ކަނޑައެޅިގެން ދީން މަނާކުރާކަމެވެ. އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެކެވެ. އުންމަތުގެ މެޔަށް ޚަންޖަރު ހެރުމަށް ފަހު ލޮލަށް ބޭސްކުރުމުގެ ފަލްސަފާއަކީ ޤަބޫލުކުރެވޭނެ ފަލްސަފާއެއްނޫނެވެ. މިއީ އިންސާނިއްޔަތަށްޓަކައި މިއަދުގެ ޖީލުތަކާއި އަންނާންއޮތް ޖީލުތަކަށް ވާޞިލްކޮށްދޭ އަމާނާތެކެވެ. ތިޔަބައިމީހުން މި ޢަޤީދާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭށެވެ. މިއަމާނާތް އުފުލާދޭށެވެ! މާތް الله އަޅުގަނޑުމެން އެންމެނަށް ހިދާޔަތާ ތައުފީޤު ދެއްވާށިއެވެ. އާމީން.

بارك الله لنا ولكم في القرآن العظيم ونفعنا وإياكم بما فيه من الآيات والذكر الحكيم.

أقول قولي هذا وأستغفرو الله العظيم لي ولكم ولسائر المسلمين والمسلمات والمؤمنين والمؤمنات من كل ذنب فاستغفروه إنه هو الغفور الرحيم.

 

 

 

 

 

 

 

ފަހު ޚުޠްބާ

 

 

اَلْحَمْدُ لِلَّهِ وَلِيِّ الْمُتَّقِيْنَ ، وَأَشْهَدُ أَنْ لاَإِلَهَ إِلاَّ الله وَحْدَهُ لاَشَرِيْكَ لَهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ الدَّاعِى إِلَى الصِّرَاطِ الْمُسْتَقِيْمِ، اللهمَّ صَلِّ وَسَلِّمْ عَلَى عَبْدِكَ وَرَسُولِكَ مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ الطَّيِّبِيْنَ الطَّاهِرِيْن، وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَومِ الدِّينِ.

أَمَّا بَعْدُ! فَيَا أَيُّهَا الْمُسْلِمُونَ. اِتَّقُوا الله رَبَّ الْعَالَمِيْنَ.

މުސްލިމު އަޚުންނޭވެ! މުއައްރިޚުން ހާމަކުރާ ގޮތުން މި ފަހުގެ ޤަރުނުގައި ދުނިޔޭގައި އުފެދިގެންދިޔަ އެންމެ ވަރުގަދަ އަނިޔާވެރިކަމަކީ ފަލަޞްޠީނުގެ ބިމުގައި ޤާއިމުވެގެންދިޔަ އަނިޔާވެރި ޔަހޫދީ ޒަޔަނިސްޓް ނިޒާމެވެ. ޒަޔަނިސްޓުންނަކީ 1897 ގައި ސުވިޒަރލޭންޑްގެ ބާލް ގައި ހަރިޓަޒަލް އޭކިޔުނު ޔަހޫދީއަކު އިސްނަގައިގެން ބޭއްވި ފުރަތަމަ ޒަޔަނިސްޓު ކޮންފެރަސްގައި ފާސްކުޅަ ކަންތައްތައް ޤަބޫލު ކުރާ ކޮންމެ ޔަހޫދީއަކަށް ކިޔޭ ނަމަކެވެ. މިކޮންފަރެސްއަށް ޒަޔަނިސްޓު ޖަމްޢިއްޔާތަކުން 204 މަންދޫބުން ދުނިޔޭގެ ކަންކޮޅުތަކުން ހަރިޓަޒަލް އެއްކުޅައެވެ. މިކޮންފަރެންސްގައި ކަނޑައެޅި އަމާޒަކީ " ދުނިޔޭގެ ބާރުގަދަ ޤައުމުތަކުގެ ތާއީދާއި އެއްބާރުލުން ލިބިގެންވާ، އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ޤާނޫނީ ޙިމާޔަތް ލިބިގެންވާ ވަކި ދައުލަތެއް ޔަހޫދީންނަށްޓަކައި ފަލަސްޠީނުގެ ބިމުގައި އުފެއްދުމެވެ."

ޒަޔަނިސްޓް ޙަރަކާތް ފެށިފައިވަނީ ނަވާރަ ވަނަ ޤަރުނުގައި ހުޅަނގުގެ އިސްތިޢުމާރުގެ ދުވަސްވަރު މެދުފަންތީގެ މީހުންނަށް ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން، ހުޅަނގުގެ ޤައުމުތަކާއި ދުރުގައި ޔަހޫދީންނަށް ވަކި ވަޒަނެއް ޤާއިމުކޮށްދިނުމަށް ފެނިގެންކަމުގައި އެމީހުން ދަޢުވާ ކުރެއެވެ. މިއީ ހުޅަނގުގެ ބައެއް ޤައުމުތަކުގެ މަސްލަޙަތާވެސް ގުޅިފައިވާ ކަމަކަށްވާތީވެ އެޤައުތަކުގެ ފުރިހަމަ އެއްބާރުލުންވެސް މިކަމަށް ލިބިފައިވެއެވެ. ހަމަ އެހެންމެ ހުޅަގުގެ ފައިސާވެރި ޔަހޫދީންގެ އެހީވެސް މިކަމަށް ލިބިފައިވެއެވެ.

ޔަހޫދީންގެ ވަކި ދައުލަތެއް ޤާއިމުކުރުމަށްޓަކައި ހުޅަނގުގެ ބައެއް ޤައުމުތަކުން، މިޞްރުގެ ސީނާއާއި ސައިޕްރެސްއާއި އެފްރިކާގެ ޔޫގެންޑާއާއި ލީބިޔާއާއި ޢިރާޤާއި މޯޒަންބީގާއި ކޮންގޯއާއި މަޑަކަސްކަރަ ފަދަ ޤައުމުތައް ހުށަހެޅެވެ. ނަމަވެސް ފަލަސްޠީނު ނޫން އެހެން ތަނެއް ބެނުންނުވީ ކީއްވެހެއްޔެވެ؟ މިއީ އުފެދިދާނޭ ސުވާލެކެވެ. ކެނެޑާގެ މޯންޓިރިޔާލުގައި 1947 ގައި ބޭއްވުނު ޒަޔަނިސްޓުންގެ ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ކޮންފަރެންސްގެ ރައީސް ނާހޯމް ޣޯލްމާން މިސުވާލުގެ ޖަވާބު ދީފައިވެއެވެ. އޭނާ ބުނެފައިވެއެވެ. "ޔަހޫދީންގެ ދައުލަތެއް ޤާއިމުކުރުމަށް ޔޫގަންޑާ ނުވަތަ މަޑަކަސްކަރަ ނުވަތަ އެހެން ތަނެއްވެސް އެބައިމީހުންނަށް ލިބެން އޮތެވެ. ނަމަވެސް ފަލަސްޠީނު ނޫން އެހެންތަނެއް ޔަހޫދީން ބޭނުންނުވީ ކޮންމެހެން އެތާގައި ދީނީ ޙައިޘިއްޔަތެއް އޮވެގެންނެއް ނޫނެވެ. ނުވަތަ ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމަށް ތައުރާތުގައި އިޝާރާތް ކޮށްފައިވާތީއެއްވެސް ނޫނެވެ. ނުވަތަ ޑެޑްސީން އެވަޕްރޭޓްވެގެން ލިބޭ ލޮނާއި މަޢުދަނުތަކުން އަހަރަކު ފަސްހާސް މިލިޔަން ޑޮލަރ ލިބޭނޭތީއެއްވެސް ނޫނެވެ. ނުވަތަ ފަލަސްޠީނުގެ ބިމުގައި އެމެރިކާ ދެބައްރުގައިވާ ޕެޓްރޯލްގެ ރިޒާވްގެ ވިހިގުނަވާތީއެއްވެސް ނޫނެވެ. ނަމަވެސް އޭގެ ސިއްރަކީ ފަލަސްޠީނަކީ އެފްރިކާއާއި އޭޝިޔާއާއި ޔޫރަޕްގެ ދަތުރު ފަތުރުތައް ގުޅިފައިވާ ޕޮއިންޓްކަމުން ދުނިޔޭގެ ސިޔާސީ ބާރުގެ މައިމަރުކަޒުކަމުގައިވާތީއެވެ. އަދި މުޅިދުނިޔެއަށް ޢަސްކަރީގޮތުން ބާރުފޯރުވެން އޮތް މަރުކަޒުކަމަށްވާތީވެސް މެއެވެ.

ފަލަސްޠީނަކީ ސިޔާސީގޮތުންނާއި އަސްކަރީގޮތުންނާއި އިޤްތިސާދީގޮތުންވެސް މުޅިދުނިޔެއިން މިހާ މުހިއްމު މަރުކަޒަކަށް ވީހިނދު ޒަޔަނިސްޓުންނާއި އިސްތިޢުމާރީ ޤައުމުތަކުގެ އަމާޒުވަނީ މިގޮތުން އެއް އަމާޒަކަށް ވެފައެވެ. ނަމަވެސް ދީން އަށްޑަނައަކަށް ހަދައިގެން ޒަޔަނިސްޓުން މަސައްކަތްކުރީ، ފަލަސްޠީނުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުން އެމީހުންގެ ދީނާއި ގުޅުވައިލުމުން، ދުނިޔޭގެ ކަންކޮޅުތަކުގައިތިބި ޔަހޫދީންގެ ހިތް ދަމައިގަނެވިދާނޭ ކަމަށް ޒަޔަނިސްޓް ހަރަކާތުގެ މުގުލުގައި ތިބިމީހުންނަށް ކަށަވަރުވާތީއެވެ.

މުސްލިމު އަޚުންނޭވެ! ޙައްދުފަހަނައަޅާފައިވާ ޔަހޫދީންނަކީ ލާއިންސާނީ ޢަމަލު ހިންގާބައެކެވެ. މިހާރުވެސް އެއުރެންގެ ޖަލުތަކުގައި 12 ހާހަށްވުރެ ގިނަ ފަލަޞްޠީނުގެ ރައްޔިތުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ތިންއަހަރުގެ ކުޑަކުދީންނާއި، އަންހެނުންނާއި މުސްކުޅިންނާއި، ބަލިމީހުންނާއި، ޤާނޫނު ހަދާ މަޖްލީހުގެ މެންބަރުންނާއި، ޢިލްމުވެރިންނާއި ސިޔާސީ ލީޑަރުން ހިމެނެއެވެ. އަދި އިންސާނިއްޔަތާ ޚިލާފަށް މަދަނީން މެރުމާއި، ކުޑަކުދީން ޤަތުލުކުރުމަކީ އެބައިމީހުން ކުރަމުން އަންނަކަމެކެވެ. އދ.ގެ ޤަރާރުތަކަށް ބޯނުލެނބުމާއި، ޣައްޒާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި، ބަނޑުހައިހޫނުގައި ޖެހިފައިވާ އިންސާނުންނަށް ކާއެތިކޮޅާއި އިންސާނީ އެހީހިފައިގެން ދިޔަ ބޯޓުތަކަށް ބަޑިން ހަމަލާދީ،  މިފަދަ ލާއިންސާނީ އެތައް ކަމެއްކުރުމަކީ އެއުރެން ހިންގާފައިވާ ޖަރީމާތަކެވެ. އަދި ފަލަޞްޠީނުގެ ކުޑަކުދީން މެރުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ދަންނަބޭކަލުން ފަތުވާނެރެފައިވެއެވެ.

 މިކަމަށް ހުޅަނގުގެ ޢަދުލުވެރި ދައުލަތްތަކާއި، ބައިނަލްއަޤުވާމީ މުއައްސަސާތަކާއި، އދ.އާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މުއައްސަސާތަކާއި، ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުން ހެކިވާނެއެވެ.

މުސްލިމު އަޚުންނޭވެ! މިފަދަ އަނިޔާވެރި ބަޔަކު އިމްލާކޮށްދޭ ސިޔާސަތުތަކާ އެއްގޮތަށް މުސްލިމުންގެ ދީނާ ޘަޤާފަތާއި އެއްވެސް ކަމެއް ފޮރޮޅާލައިގެން ނުވާނެއެވެ. އިންސާނީ އެހީއާއެކު ދުނިޔޭގެ އިސްލާމީ ޤައުމުތަކާއި، ޣައިރު މުސްލިމު ޤައުމުތަކުން އަޅުގަނޑުމެންގެ ޤައުމަށް އަންނަންވީއެވެ. އެއަށް މަރުޙަބާއެވެ! މާޟީގައި ވެސް އެކަމަކާ ބަޔަކު ދެކޮޅުވެރިވެފައި ނުވެއެވެ. ނަމަވެސް މުސްލިމުންނަށް އަނިޔާވެރިވެފައިވާ ދައުލަތަކުން އިންސާނީ އެހީއެއް މިޤައުމަކަށް ބޭނުމެއްނުވެއެވެ. އެމީހުންގެ ކިބައިން އެހީއާއި ޚިދުމަތް ލިބިނުގަތުމަށް ވެސް ދިވެހި އުންމަތަށް ގޮވާލަމެވެ. ފުރަތަމަ އެމީހުން، އެމީހުންގެ ކައިރީގައިވާ މީހުންނަށް އިންސާނީ އެހީދޭށެވެ! އެހެންބަޔަކަށް އެހީތެރިކަން ދޭންވަނީ ކައިރީގައި ތިބި މީހުން ނިންމާފައެވެ. ހަމަ މިއާއެކު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެހާ އިންސާނީ އެހީތެރިކަން އަވަސް ފުރްޞަތެއްގެ ތެރޭގައި ދެއްވުމަށާއި، އިޤްތިޞާދީގޮތުން މިޤައުމުގެ ތަނބުތައް ވަރުގަދަކުރުމުގައި އެހީތެރިވެދެއްވުމަށް ބައިނަލްއަޤުވާމީ މުއައްސަސާތަކާއި، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތް ފިޔަވައި އެހެން އެންމެހާ ދައުލަތްތަކަށް ގޮވާލަމެވެ.

އާދެ! މުސްލިމުން  މިފަދަ ދުވަސްވަރެއްގައި ސާބިތުވާންޖެހޭނެއެވެ. ޙައްދުފަހަނައަޅާފައިވާ ޔަހޫދީން އިންސާނިއްޔަތާ ޚިލާފަށް ހިންގާ ޢަމަލުތަކާ ދެކޮޅު ހެދުމަށް މި މަތިވެރި މިމްބަރުގެ މަތީން ދިވެހިއުންމަތަށް ގޮވާލަމެވެ. މިކަމުގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވުމަށް ވެސް ގޮވާލަމެވެ. މިއީ ދީނާއި ޤައުމާއި، މުސްލިމުންގެ ތާޜީޚަށްޓަކައި ދޭންޖެހޭނެ މެސެޖެކެވެ. އަދި ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ކޮންމެހެން ކުރަން މަޖްބޫރު މުޢާމަލާތެއް ފިޔަވައި އެހެން އެއްވެސް މުޢާމަލާތެއް ލާއިންސާނީ ދައުލަތާއެކު ނުކުރެއްވުމަށާއި، އަޅުގަނޑުގެމެންގެ މައްޗަށް ސިޔާސަތު އިމްލާއު ކުރާ ބަޔަކަށް އެބައިމީހުން ނުހެއްދެވުމަށް ދައުލަތުގެ ވަލިއްޔުލްއަމްރަށާއި އެންމެހާ މުއައްސަސާތަކަށް ވަރަށް އިޙްތިރާމާއި އަދަބުވެރިކަމާއެކު ގޮވާލަމެވެ. އަޅުގަނޑުމެންގެ މުސްލިމު އަޚުންގެ ޙައްޤުޤައެވެ. ޤަރުނަކާ ގާތްވަންދެން ޙިޞާރުކުރެވިފައިވާ އަލްމަސްޖިދުލްއަޤްޞާގެ ދިފާޢުގައި ޖިހާދުކުރާ މުޖާހިދުންނާ ބައިވެރިވުމުގެ ގޮތުންނެވެ. ފަލަޞްޠީނުގެ ބަނޑަށް މަރުވަމުންދާ ކުޑަކުދީންނާއި އަނިޔާލިބިފައިވާ އަންހެނުންނާއި، މުސްކުޅިންނާއި ބައިވެރިވުމުގެ ގޮތުންނެވެ. އަދި އިންސާނިއްޔަތަށްޓަކައި ވެސް މެއެވެ. އަޅުގަނޑުމެން މިކަންކުރުމުގައި އެއްވެސް ބަޔަކަށް ޖިސްމާނީ ގޮތުން ގެއްލުމެއްދީ، މެހުމާނުންނަށް ބިރުދައްކައި، މީހުންގެ އަބުރާބެހި، މިފަދަ ޢަމަލެއް ހިންގައިގެން ނުވާނެއެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންވާނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުގެ ސިޔާސަތުތަކާއި އަނިޔާވެރި ޢަމަލުތަކަށް ނޫނެކޭ ބުނުމެވެ. މިކަމަކީ އުންމަތުގެ އުޚުއްވަތްތެރިކަމުގެ ޢަޤީދާއަށްޓަކައި ކުރަންވާޖިބުވެގެންވާ ކަމެކެވެ. މިކަމުގެ ފަހަތުގައި ޒާތީ، ނުވަތަ އެއްވެސް ސިޔާސީ މަންފާއެއް އޮވެގެން ނުވާނެއެވެ.   

 އާދެ! އަޅުގަނޑުމެން ސާބިތުވެ ތިބެއްޖެ ނަމަ ﷲ އަޅުގަނޑުމެންނަށް ނަޞްރުދެއްވައި ރިޒުޤު ތަނަވަސްކޮށްދެއްވާނެކަން ކަށަވަރެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنفُسِكُمْ وَلَتَسْمَعُنَّ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ وَمِنَ الَّذِينَ أَشْرَكُوا أَذًى كَثِيرًا ۚ وَإِن تَصْبِرُوا وَتَتَّقُوا فَإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ﴿١٨٦﴾ ތިޔަބައިމީހުންގެ މުދާތަކާއި، نفس ތަކާ މެދުގައި، ތިޔަބައިމީހުން امتحان ކުރައްވާނެކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ކިބައިންނާއި، شريك ކުޅަ މީހުންގެ ކިބައިން، ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ، تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.  يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ الله لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥١﴾ فَتَرَى الَّذِينَ فِي قُلُوبِهِم مَّرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَائِرَةٌ ۚ فَعَسَى الله أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ فَيُصْبِحُوا عَلَىٰ مَا أَسَرُّوا فِي أَنفُسِهِمْ نَادِمِينَ މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް الله ތެދުމަގެއް ނުދައްކަވާނެތެވެ.  ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) ޔަހޫދީންނާއި ނަޞާރާއިންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. ފަހެ، الله فتح އެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ حضرة ން، އެހެން أمر ފުޅެއްވެސް އަތުވެދާނެތެވެ. ފަހެ، އެހާރުން އެއުރެންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެން ވާނެތެވެ."

مسلم أخންނޭވެ! އިސްވެދިޔައީ اللهގެ މަތިވެރި ބަސްފުޅުތަކެވެ. އެއީ އަމިއްލަ ވަޟްޢީ ފަލްސަފާއެއްނޫނެވެ. ވަކި ޖަމާޢަތެއްގެ ސިޔާސަތެއްވެސް ނޫނެވެ. އެއީ އަޅުގަނޑުމެންނާ މުޚާޠަބްކުރެވިގެންވާ ވަޙީއެވެ. ދިވެހި އުންމަތުގެެ މާޒީވެދިޔަ ޖީލުތަކާއި ރަސްރަސްކަލުންނާއި އަބްޠާލުންގެ ޒަމާންވީ ޢަޤީދާއެވެ. އޭގައި ސާބިތުވެތިއްބެވުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލަމެވެ.

މުސްލިމުއަޚުންނޭވެ!

ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް މާތްالله ފޮނުއްވި ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ! އެއީ، އެންމެހައި މުއުމިނުންނަށް އެކަލާނގެ އަމުރު ކުރައްވާފައިވާ ކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން الله އާއި، އެކަލާނގެ مَلآئِكَةُ ން ނަބިއްޔާގެ މައްޗަށް صلواة ލައްވައެވެ. އޭ އީމާންވި މީހުންނޭވެ! ތިޔަބައި މީހުން އެކަލޭގެފާނުގެ މައްޗަށް صلواة ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުން އެދި ތިޔަބައި މީހުން ގިނަ ގިނައިން دعاء ކުރާށެވެ!"

اللهمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى عَبْدِكَ وَرَسُوْلِكَ مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِيْنَ. وَارْضَ اللهمَّ عَنِ الْخُلَفَاءِ الرَّاشِدِيْنَ، وَسَائِرِ الصَّحَابَةِ وَالتَّابِعِيْنَ أَجْمَعِيْنَ. اللهمَّ اغْفِرْ لِلْمُؤْمِنِيْنَ وَالْمُؤْمِنَاتِ، وَالْمُسْلِمِيْنَ وَالْمُسْلِمَاتِ، وَأَصْلِحْ ذَاتَ بَيْنِهِمْ وَأَلِّفْ بَيْنَ قُلُوْبِهِمْ وَانْصُرْهُمْ عَلَى عَدُوِّكَ وَعَدُوِّهِمْ، وَاهْدِهِمْ سُبُلَ السَّلامِ، وَأَخْرِجْهُمْ مِنَ الظُّلُمَاتِ إِلىَ النُّورِ، وَجَنِّبْهُمُ الْفَوَاحِشَ مَاظَهَرَ مِنْهَا وَمَا بَطَنَ، إِنَّكَ سَمِيْعٌ قَرِيْبٌ  مُجِيْبُ الدَّعَوَاتِ ياَرَبَّ الْعَالمَِيْنَ. آمين

އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ބަޔާންކޮށް ދެއްވި މާތްނަބިއްޔާ، محمد އަށާއި، އެމާތް ނަބިއްޔާގެ آل ންނަށާއި، أصحاب ންނަށާއި، އެބޭކަލުންނަށް تبع ވީހައި ބަޔަކަށް صلوات އާއި، ސަލާމް ލައްވާނދޭވެ! އެނަބިއްޔާގެ މާތް خَلِيْفَة އިންނަށް ރުއްސުން ލައްވާނދޭވެ! އަޅަމެންގެ ތެރެއިން މަރުވެ ގޮސްފައިވާ މީހުންނަށް ފާފަ ފުއްސަވައި رحمة ލައްވާނދޭވެ! އިސްލާމް ދީނުގެ عداوة ތެރިން ބަލިކުރައްވައި مسلم ންނަށް نصر ދެއްވާނދޭވެ! އެންމެހައި فاحش عمل ތަކުން ދިވެހިރާއްޖެ ރައްކައުތެރި ކޮށްދެއްވާނދޭވެ! އަޅަމެންގެ دين ޙިމާޔަތްކޮށް، ދުނިޔޭގެ ސިޔާސަތު إصلاح ގެ މަގުން ހިންގެވުމަށް އިބަރަސްކަލާނގެ މެދުވެރި ކުރައްވާފައިވާ ފަރާތް ތަކަށް، هداية އާއި نصر ދެއްވާނދޭވެ!

އަޅަމެންގެ ވެރި ރަސްކަލާކޮ! ޔަހޫދީންގެ ނުބައިރޭވުންތަކުން އަޅުގަނޑުމެންގެ ޤައުމާއި ރައްޔިތުންނާއި މަޞްލަޙަތުތައް ރައްކާތެރިކުރައްވާނދޭވެ! ރާއްޖެ ތިޔާގި ކުރައްވައި ތަދުމަޑުކަމާއި ބަލިމަޑުކަން ފިއްލަވާނދޭވެ! އެންމެހައި ނުރައްކާތެރި ރޯގާތަކުން ރާއްޖެ ސަލާމަތް ކުރައްވާނދޭވެ! حلال ގޮތުގައި ހޯދާ ރޯދީގައި ބަރަކާތް ލައްވާނދޭވެ! ދުނިޔޭގައިވެސް ހެޔޮކަން آخرة ގައިވެސް ހެޔޮކަން ދެއްވައި، ނަރަކައިގެ عذاب ން ދިންނަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ކީރިތި قرآن އަކީ އަޅަމެންގެ ހިތްތަކުގެ نُوْرُ ކަމުގައި ލައްވައި، އެ قرآن އަށް އަޅަމެންގެ ހިތްތަކުގައި ލޯބި އިތުރު ކުރައްވާނދޭވެ! އިބަރަސްކަލާނގެ حلال ކުރައްވާފައިވާ ތަކެތި حلال ކަމުގައި ބަލައިގަނެ، އަދި حرام ކުރައްވާފައިވާ ތަކެތި حرام ކަމުގައި ބަލައިގަންނަ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ! ކީރިތި قرآن އަށާއި، رسول الله صلى الله عليه وسلم ގެ ސުންނަތަށް عمل ކުރާ މީހުންގެ ތެރެއިން އަޅަމެން ލައްވާނދޭވެ!

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް رَحْمَةގެ ވާރޭ ވެއްސަވައި ދެއްވާނދޭވެ! عذابގެ ގަދަ ވިއްސާރަ، އަޅަމެންގެ މައްޗަށް ނުފޮނުއްވާނދޭވެ! އެންމެހައި ނުރައްކާތެރި ރޯގާތަކުން އަޅަމެންގެ ރާއްޖެ ރައްކާތެރިކޮށް ދެއްވާނދޭވެ! ބިންހެލުމާއި، ސުނާމީފަދަ مُصِيْبَة ތަކުން މިދީބު سلامة ކުރައްވާނދޭވެ! بِرَحْمَتِكَ يَاأَرْحَمَ الرّاحِمِيْنَ.

وأقم الصلاة، إن الصلاة تنهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون.

فاذكروا الله العظيم يذكركم، واشكروه على نعمه يزدكم، وادعوه يستجب لكم، ولذكر الله أكبر، والله يعلم ما تصنعون.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި