Noorul-islam.NET :: މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއީ ކޮންބޭކަލެއްކަން އެނގޭހެއްޔެވެ؟؟؟ އަހުރެންގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ!!! ޞައްލަﷲ ޢަލައިހި ވަސައްލަމް... (2)

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެއީ ކޮންބޭކަލެއްކަން އެނގޭހެއްޔެވެ؟؟؟ އަހުރެންގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ!!! ޞައްލަﷲ ޢަލައިހި ވަސައްލަމް... (2)
Category »  محمد صلى الله عليه وسلم

ތާރީޚް: 16 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލް



 

ސުވަރުގޭގެ ދޮރުކޮޅުތައް އެންމެ ފުރަތަމަ ހުޅުއްވެވޭނީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށެވެ.

އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " ތިމަންކަލޭގެފާނު ޤިޔާމަތް ދުވަހުން ސުވަރުގޭގެ ދޮރުކޮޅުގެ ކައިރިއަށް ވަޑައިގެން އެ ދޮރުކޮޅު ހުޅުއްވުމަށް ދަންނަވާނަމެވެ. އެހިނދު ދޮރުވާނު ދަންނަވާނެއެވެ. ތިޔައީ ކޮންބޭކަލެއް ތޯއެވެ؟ ތިމަންކަލޭގެފާނު ދަންނަވާނަމެވެ. މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ. ދޮރުވާނު ދަންނަވާނެއެވެ. ކަލޭގެފާނަށްޓަކައި (ދޮރުކޮޅު ހުޅުއްވައި ދެއްވުމަށާއި )، އަދި ކަލޭގެފާނުގެ ކުރިން އެއްވެސް މީހަކަށްޓަކައި ދޮރުކޮޅު ނުހުޅުވުމަށް ވަނީ އަމުރު ވެވިގެންނެވެ."

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މީސްތަކުންގެ ތެރެއިން އެންމެ އަޅުވެރި ސާހިބާއެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާ ވެގެންވެއެވެ. (( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވަންދެން ރޭއަޅުކަން ކުރެއްވުމުގައި ހުންނަވައެވެ. ޢާއިޝާ ދެންނެވިއެވެ." އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ އިސްވެ ދިޔަހައި ފާފައާއި ފަސްވެގެންވާހައި ފާފައެއް ﷲ ފުއްސަވާފައިވާ އިރު ތިހާ ބުރަކޮށް އަޅުކަން ކުރައްވަނީ ކީއްވެތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. أفلا أكون عبداً شكوراً  "ޝުކުރުވެރިވާ އަޅަކުކަމުގައި ތިމަންކަލޭގެފާނު ވާކަށް ނުޖެހޭ ހެއްޔެވެ؟"

(އަލް ބުޚާރީ)

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ﷲ ހަނދުމަ ކުރެއްވުމަށް ލޯބި ކުރެއްވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " {سبحان الله} {الحمد لله} {لا إله إلا الله} އަދި  {الله أكبر} މި ކަލިމަތައް ކިޔުން އޭގެ މައްޗަށް އިރު އެރި ކޮންމެ އެއްޗަކަށް ވުރެ ތިމަންކަލޭގެފާނުގެ އަރިހުގައި ލޮބުވެތި ވެގެންވެއެވެ."

(މުސްލިމް)

 

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ﷲ ހަނދުމަ ކުރާ މީހާއާއި ހަނދުމަ ނުކުރާ މީހާގެ މިސާލަކީ ދިރިހުރިމީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ."

(އަލް ބުޚާރީ)

 

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ދެފައިންޕުޅު ދުޅަވަންދެން ރޭގަނޑުގެ އަޅުކަމުގައި މަޝްޣޫލު ވެވަޑައިގަންނަވާ ކަމުގައި ވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނުގެ އިސްވެ ގޮސްފައިވާހައި ފާފަތަކާއި ފަސްވެގެން ވާހައި ފާފަތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ކަލޭގެފާނަށް ފުއްސަވައި ދެއްވާފައިވާ އިރު ވެސް ކަލޭގެފާނު ތިހާ ބުރަކޮށް އަޅުކަން ކުރަނީ ކީއްވެގެންތޯއެވެ؟

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (أفلا أكون عبداً شكوراً) " ޝުކުރު ވެރިވާ އަޅަކު ކަމުގައި ތިމަންކަލޭގެފާނު ވާކަށް ނުވޭ ހެއްޔެވެ؟"

(އަލް ބުޚާރީ)

 

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މީސްތަކުންގެ ތެރެއިން ﷲ އަށް ދުޢާ ދެންނެވުން އެންމެ ގިނަ އިންސާނާއެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ގިނައިން ވިދާޅުވި ދުޢާއެއް ކަމަށް ވަނީ (اللهم ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار)  އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! ދުނިޔޭގައިވެސް ހެޔޮކަން އާޚިރަތުގައިވެސް ހެޔޮކަން ދެއްވައި ނަރަކައިގެ ޢަޛާބުން މިއަޅާ ސަލާމަތް ކުރައްވާނދޭވެ!" މިއެވެ.

(އަލް ބުޚާރީ، މުސްލިމް)

 

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންމެ ގިނައިން ވިދާޅުވާ ދުޢާތަކުގެ ތެރޭގައި (اللهم إني أعوذ بك من شر ما عملت ومن شر ما لم أعمل) "އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިއަޅާ ކޮށްފައިވާ ޢަމަލު ތަކާއި މިއަޅާ ނުކުރާ ޢަމަލު ތަކުގެ ނުވައި ކަމުން އިބަ އިލާހުގެ ޙަޟްރަތުން ސަލާމަތްކަން އެދެމެވެ." މިދުޢާ ހިމެނެއެވެ.  

(އައް ނަސާއީ)

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި