Noorul-islam.NET :: سبحان الله މަގު.... الحمد لله މަގު...




سبحان الله މަގު.... الحمد لله މަގު...
Category »  ތަރުބިއްޔަތު

ތާރީޚް: 4 ފެބްރުއަރީ 2020

ތަރުޖަމާ : އައްޝައިޚް މުޙައްމަދު އަނީލް

"އަހަރެންގެ މަންމަ (ރަޙިމަހަﷲ) އަކީ ތަސްބީޙަ(1) ކިޔުމާއި ތަހްލީލު(2) ކިޔުމަށް ލޯބި ކުރެއްވި ބޭކަނބަލެކެވެ. އަބަދުވެސް މަންމަގެ ދުލުން ޛިކުރު ކުރުންމަތީ ހުންނަވާ ކަމުގައި ވިއެވެ.

އަހަރެމެންނަކީވެސް ﷲ މަތިން ހަނދުމަކޮށް، ޛިކުރު ކުރާ ބައެއް ކަމުގައި ހެދުމަށްޓަކައި މަންމަ ބޭނުންކުރެއްވީ ނިކަން މޮޅު އުފެއްދުންތެރި ގޮތެކެވެ. އެގޮތުން މަންމަ ހެއްދެވި ގޮތަކީ، މަގުތަކަށް އާއްމުކޮށް ކިޔައިއުޅޭ ނަންތައް ފިޔަވައި އެހެން ނަންތަކެއް މަގުތަކަށް ދިނީއެވެ. މިސާލަކަށް؛ "ނަޞްރު މަގު" މިނަން ކިޔާ މަގަށް އެއިގެ ބަދަލުގައި އަހަރެމެން ކިޔަން ދަސްކޮށްދެއްވީ "ސުބްޙާނަﷲ މަގު" މިފަދައިންނެވެ.

އަހަރެމެން އެމަގުން ދާ ކޮންމެ ފަހަރަކު "ސުބްޙާނަﷲ" މި ޛިކުރު ކުރަން އާދަ ކޮށްދެއްވިއެވެ.

އެގޮތަށް، ބާޒާރު މަގު" ގެ ބަދަލުގައި އެމަގަށް، "އަލްޙަމްދުލިﷲ މަގު" ގެނަން ދެއްވިއެވެ. މިގޮތަށް ނަންދިނުމަށްފަހު، އަހަރެމެން އެމަގުގައި ހިނގާ ކޮންމެ ފަހަރަކު އަހަރެމެން ތިބެނީ އެ ޛިކުރު ކުރުން މަތީގައެވެ.

އަހަރެމެން އެންމެ ކުޑައިރު، (އެއީ މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިއްސުރެ ފެށިގެން) މަންމަ މިގޮތަށް މިކަންތައް ކުރައްވާ ހަނދާން އަހަރެން ވެއެވެ.

މިއަދު އަހަރެންގެ ޢުމުރުން 40 އަހަރެވެ. މިއަދުވެސް " سبحان الله " މަގާއި، " الحمد لله " މަގާއި، "لا حول ولا قوة إلا بالله" މަގުން އަހަރެން ދަތުރުކުރާ ކޮންމެ ފަހަރަކު، އަހަރެންގެ މަންމަ އަހަރެންނަށް ދަސްކޮށްދެއްވި ގޮތަށް އަހަރެން އެ ޛިކުރުތައް ކުރަމެވެ.

 

(1) ތަސްބީޙަ އެއީ سبحان الله ކިޔުމެވެ.

(2) ތަހްލީލު އެއީ لا إله إلا الله ކިޔުމެވެ.  

ނޯޓް:  މިއީ މަޝްހޫރު މުރައްބީ، ޑރ. ޢަބްދުﷲ ޢަބްދުލްމުޢުޠީ ލިޔުއްވާފައިވާ ފޮތަކުން ނަކަލުކޮށް ތަރުޖަމާ ކޮށްފައިވާ ލިޔުމެކެވެ. ﷲ ތަޢާލާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާށި! އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި