އިސްލާމްދީނަކީ ފިޠުރަތުގެ ސާފު ދީނެއެވެ. އެދީން އިންސާނާ މާތްކުރައްވައި ޝަރަފްވެރި ކުރެއްވިއެވެ. ފައިދާ ހުރި ކަންކަން ހުއްދަ ކުރައްވައި ގެއްލުން ހުރިކަންކަން މަނާ ކުރެއްވެވިއެވެ. އަދި ގެއްލުމަށްވުރެ ފައިދާބޮޑު އެއްމެހައިކަންކަމާއި ތަކެތި ހުއްދަކުރެއެވެ. ފައިދާއަށް ވުރެން ގެއްލުން ބޮޑު ކޮންމެ ކަމެއް ނުވަތަ އެއްޗެއް އެދީން މީސްތަކުންނަށް މަނާ ކުރެތެވެ. މުޅި އިންސާނިއްޔަތުގެ ރޫހާނީ އަދި ޖިސްމާނީ މަޞްލަޙަތު ރައްކާތެރި ކޮށްދޭ ޝާމިލު ޙައްޤު ހަމައެކަނި ދީން ކަމުގައި އިސްލާމްދީން ވިއެވެ.
މުޅި ކުއްތާއަކީ ނަޖިހެކެވެ. އިސްލާމްދީން ހުއްދަ ކުރާ ކަންކަމުގައި މެނުވީ ކުއްތާ ބޭނުން ކުރުމަކީ މުސްލިމުންގެ އިތުރުން ކާފަރުންނަށްވެސް ނުހަނު ގެއްލުން ހުރި ކަމެކެވެ.
ކުއްތާގެ އަނގައިގެ ތެއްކަން ނުވަތަ އެތެތްކަން އުނގުޅިފައިވާ ތަނަކުން މީހެއްގެ ގައިގައި ނުވަތަ ފޭރާމުގައި ޖެހިއްޖެނަމަ އެތަނެއް 7 ފަހަރު ދޮންނަން ޖެހޭނެއެވެ. އޭގެތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނަން ލާޒިމެވެ. ސައިބޯނި ނުވަތަ ޝޭމްޕޫ ނުވަތަ އެފަދަ އެހެން އެއްޗެއް ވެލީގެ މަޤާމުގައި ބޭނުން ކުރުމަކުން ނުފުދޭނެއެވެ. ކުއްތާގެ ނަޖިސް ފިލުވައިލުމަށް އެއްމެމޮޅު އެއްޗަކީ ވެއްޔެވެ. މިއަދުގެ ސައިންސްވެސް މިކަމަށް އިޤްރާރުވެއެވެ.
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ((إذا ولغ الكلب في إناء أحدكم فليغسله سبعاً. ولمسلم: أولاهن بالتراب)) މާނައަކީ؛ "ތިޔައިގެ ތެރެއިން މީހެއްގެ ކަންވާރަކަށް ކުއްތާ ދޫ ބާނައިފިނަމަ އެކަންވާރެއް ހަތް ފަހަރު ދޮންނާށެވެ. އެއިން އެއްފަހަރު ވެލިލައިގެން ދޮންނާށެވެ."
ތެމިފައި ނުވަތަ ތެތްކޮށް އޮންނަކުއްތާ ފިޔަވައި ހިކިކޮށް އޮންނަ ކުއްތާ ކޭއްތިލުމަކުން އެސޮރު އެކޭއްތޭތަން ނަޖިހެއް ނުވާނެއެވެ. ދޮންނާކަށްވެސް ނުމެޖެހޭނެއެވެ. އެހެންނަމަވެސް ހުރިހާ މަގަގުން ކުއްތާއިން ދުރުވެ ހުރުން ރައްކާތެރިއެވެ.
އިސްލާމް ދީނުގައި ކުއްތާ ބޭނުން ކުރުން ހުއްދައީ؛ ޙިރާސާ (ވަގުންހިފުމަށް ބޭނުންކުރާ ކުއްތާ)އަށާއި ޝިކާރު ކުރުވުމަށާއި، ބަކަރި ހުއިހެއްޕެވުމަށެވެ. "ސްނިފަރޑޯގް" ހިމެނެނީ ޙިރާސާގެ ތެރިއިންނެވެ. މިކުއްތާތަށް ތަމްރީން ކުރެވެން ޖެހޭނީ އިސްލާމްދީން މިކަމަށް އިސްލާމްދީން ކަނޑައަޅާ މަތިވެރި އުޞޫލުގެ ދަށުންނެވެ.
ކުއްތާއެއް ގެންގުޅޭ ނުވަތަ އޮންނަ ގެއަކަށް މަލާއިކަތުން ކުއްތަން ނުވާނެ ކަމަށް ޞައްޙަ ޙަދީޘްފުޅުން ޘާބިތެވެ. މާތްﷲ އެކަލާނގެ އެއްމެ ސީދާވެގެންވާ މަގުން ހިނގުމުގެ ހެޔޮ ތައުފީޤް އަޅަމެނަށް ދެއްވާނދޭވެ.
|