ނޫރުލްއިސްލާމްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ ޚާއްޞަ ދަރުސެއް މާދަމާރޭ (16 ޖޫން 2012 ވާ ހޮނިހިރު ދުވަހުގެރޭ) 8:15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް މެދުވެރިކޮށް ކޮންފަރެންސް ކޯލެއްގެ ގޮތުގައެވެ.
"މަގޭ މަންމައާއި ބައްޕަ" މި މައުޟޫޢަށް ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޕެނަލްއަކުންނެވެ. ޕެނަލްގައި ތިއްބަވާނީ ނޫރުލްއިސްލާމްގެ އެޑިޓަރ އައްޝައިޚް މުޙައްމަދު އަނީލް އާއި ޑިޕިޔުޓީ އެޑިޓަރ އައްޝައިޚް ޢަބްދުﷲ ޞިއްދީޤް އާއި ޑިޕިޔުޓީ އެޑިޓަރ އައްޝައިޚް ޢަބްދުލްހާދީ ޙުސައިން އާއި އެޑިޓޯރިއަލް ބޯޑުގެ މެންބަރު އައްޝައިޚް މުޙައްމަދު ޢަފީފު އެވެ.
މި ދަރުސްގައި ސްކައިޕް މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެ ލެއްވޭނެއެވެ. ސްކައިޕް މެދުވެރިކޮށް ކޮންފަރެންސްގައި ބައިވެރިވެވޭނެ ގޮތް ތިރީގައި މިވަނީއެވެ.
freeconferencecallhd.5308811400
ސްކައިޕް އިން މިޔޫޒާ އެޑް ކުރައްވާށެވެ.
އެއަށްފަހު ކޯލް އޮންނަ ގަޑިއަށް މިޔޫޒާއަށް ގުޅުއްވާށެވެ.
އަދި ކޯލް ގުޅުމަށްފަހު DIAL PAD ނެންގެވުމަށްފަހު ޕާޓިސިޕެންޓް ކޯޑު ޖެއްސެވުމަށްފަހު # އަށް ފިއްތާލާށެވެ.
DIAL PAD ނެންގެވުމަށްޓަކައި، ސްކައިޕްގެ މެނޫއިން Call ނެންގެވުމަށްފަހު އޭމެނޫއިން Show Dial Pad ސިލެކްޓް ކުރައްވާށެވެ. އެއަށްފަހު، ޕާޓިސިޕެންޓް ކޯޑު ޖެއްސެވުމަށްފަހު # އަށް ފިއްތާލާށެވެ.
ކޮންފަރެންސްގައި ބައިވެރިވުމަށް ބޭނުންވާ ކޯޑު، ދަރުސް ފެށުމުގެ ގަޑިއެއްހާއިރު ކުރިން ފެށިގެން ނޫރުލްއިސްލާމް ވެބްސައިޓުންނާއި ނޫރުލްއިސްލާމްގެ ފޭސްބުކް ޕޭޖް އިން ފެނިވަޑައިގަންނަވާނެއެވެ.
ކޮންފަރެންސްގައި ސުވާލު ކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް ދަރުސްގެ ސުވާލާއި ޖަވާބުގެ ފުރުޞަތުގެ ގަޑީގައި ނޫރުލްއިސްލާމް ފޭސްބުކް ޕޭޖުން ބަލައިގަނެވޭނެއެވެ.
|