Noorul-islam.NET :: ތިމަންކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިޔަ ގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ؟ - އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ޙަޔާތްޕުޅުން ޙާދިޘާއެއް
ތިމަންކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިޔަ ގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ؟ - އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ޙަޔާތްޕުޅުން ޙާދިޘާއެއް
Category »  އިސްލާމީ ޝަޚްޞިއްޔަތު

ތާރީޚް: 1 ނޮވެމްބަރ 2018

ލިޔުއްވީ : އައްޝައިޚް މުޙައްމަދު އަނީލް

 

ޝައިޚުލް އިސްލާމް އަޙްމަދު ބުނު ޢަބްދުލްޙަލީމް ބުނު ތައިމިއްޔާ ރަޙިމަހުﷲގެ އިސް ދަރިވަރު، އިމާމް އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ތައިމިއްޔާ ރަޙިމަހުﷲ އާއި ޢަދާވާތްތެރިވެ އުޅުނު މީހަކު މަރުވުމުން އެއުފާވެރި ޚަބަރު ގެނެސް ދިނުމަށް ތިމަން ކަލޭގެފާނު އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހަށް ދިޔައީމެވެ. އެޢިލްމުވެރިއާގެ ޙަޔާތުގައި އޭނާވަނީ އިބްނުތައިމިއްޔާ ރަޙިމަހުﷲ ޤަތުލު ކުރުމަށް ފަތުވާ ނެރެފައެވެ. ތިމަން ކަލޭގެފާނު މި ޚަބަރާއިގެން އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ އަރިހަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ދެލޯފުޅުން ކަރުނަ ފޮދު އޮހޮރި، ތިމަންކަލޭގެފާނު އުފާވެރިކަމާއެކު އެޚަބަރު ގެނެސް ދެއްވީތީ ކޯފާވެވަޑައިގެން އެކަލޭގެފާނުގެ މޫނުފުޅު ރަތްވެގެން ދިޔައެވެ.

އަދި ވިދާޅުވިއެވެ. ކަލޭގެފާނު ތިމަންކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިޔަ ގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ!

އެއަށްފަހު އިބްނު ތައިމިއްޔާ ރަޙިމަހުﷲ ތެދުވެ ވަޑައިގެންނެވިއެވެ. ތިމަން ބޭކަލުންވެސް އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ތެދުވެ ވަޑައިގެންނެވީމެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެ ޢިލްމުވެރިޔާގެ ގެއަށެވެ.

އެގެއަށް ވަޑައިގެން އެގޭގެ އަހުލުންނަށް ސަލާމް ކުރައްވައި، ތަޢުޒިޔާ ވިދާޅުވެ، އެބައިމީހުންގެ މައްޔިތާއަށް ހެޔޮދުޢާ ކުރެއްވިއެވެ. އަދި އެޢިލްމުވެރިޔާގެ ދަރިންނަށް ވިދާޅުވިއެވެ. ތިޔަ ކުދިންގެ ބައްޕައަށްފަހު ތިމަންކަލޭގެފާނީ ތިޔަކުދިންގެ ބައްޕައެވެ. ތިޔަ ކުދިންނަށް ބޭނުންވާ ކަމެއްވާނަމަ، އެކަމެއް ތިމަންކަލޭގެފާނަށް ދަންނަވާށެވެ.

މި ބަސްފުޅު ތަކުގެ ސަބަބުން އެޢިލްމުވެރިޔާގެ ގޭގެ އަހުލުވެރިންނަށް ފުން އަސަރުތަކެއް ކުރުވިއެވެ. މަރުވި ޢިލްމުވެރިޔާވީ އިއްޔެ އިބްނުތައިމިއްޔާ ރަޙިމަހުﷲ ގެ އެންމެ ބޮޑު ޢަދާވާތްތެރިޔާކަމުގައެވެ. އެހެންނަމެވެސް މިއަދު އިބްނުތައިމިއްޔާ ރަޙިމަހުﷲ މިފަދަ ރީތި ބަސްތަކަކުން އޭނާގެ ދަރިންނާ މުޚާޠަބު ކުރައްވަނީއެވެ.

އެއީ ﷲގެ މި ވަޙީ ބަސްފުޅަށް ޢަމަލު ކުރެއްވުމުގެ ގޮތުންނެވެ.

﴿ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ ﴾ (سورة فصلت: 34 ) މާނައީ: އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ.

މިފަދަ ނަމޫނާތަކުން އަޅުގަނޑުމެން ޢިބްރަތް ލިބިގަންނަން ޖެހޭނެއެވެ. އަޅުގަނޑުމެންގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެދޭނަމަ، މި ނަމޫނާތައް އަޅުގަނޑުމެންގެ ޢަމަލީ މައިދާނުގައި ފެންނަން ޖެހޭނެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި