ނޫރުލްއިސްލާމް

www.noorul-islam.net


2012 އިން 2013 އަށް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ މުހިންމު ބައެއް މަސައްކަތްތައް

Category »  މުޝްރިފްގެ ޤަލަމުން
Thursday, November 07, 2013
ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަދި ނޫރުލްއިސްލާމްގެ މުޝްރިފް)

 

<!--[if !supportLists]-->1.     <!--[endif]-->އިސްލާމީ މަރުކަޒު ( މަސްޖިދުއްސުލްޠާން މުޙައްމަދު ތަކްރުފާނުލްއައުޒަމް)އަކީ ޤައުމީ މިސްކިތްކަމުން އެތަނުގެ ހައިބަތާއި ޤަދަރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ އެދުމުގެ މަތީން އެމިސްކިތުގެ އިމާމުކަމުގެ މަޤާމަކީ ވަޒީފާގެ ގޮތުން މަތީފެންވަރުގެ މަޤާމެއްގެގޮތުގައި ކަނޑައަޅައި، އިސްލާމީ ތަޢްލީމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢްލީމު ޙާޞިލްކުރައްވާފައިވާ ޢިލްމުވެރި ބޭފުޅުން އެމަޤާމަށް އައްޔަންކުރުން.

<!--[if !supportLists]-->2.     <!--[endif]--> މިސްކިތްތަކުގެ އިމާމުންގެ މުސާރަބޮޑުކުރުމަށް ޚާއްޞަ އޮނިގަނޑެއް އެކުލަވާލައި ސިވިލްސަރވިސް ކޮމިޝަނަށް ފޮނުވުން، 

<!--[if !supportLists]-->3.     <!--[endif]--> މިސްކިތްފަނޑަށް ފައިސާހޯދުމަށް ޤައުމީ ފެންވަރުގެ ޙަރަކާތްތައް ހިންގައި 20 މިލިޔަނަށް ވުރެ ގިނަ ފައިސާ ހޯދައި، މަރާމާތަށް ޚަރަދުކޮށް، އެފައިސާއިންބައެއް 2 ރަށެއްގެ މިސްކިތް އަޅަން ނިންމައި، އަދި ފަންޑު ތަރައްޤީކުރުމުގެ ތަޞައްވަރެއް އެކުލަވާލައި، ފަންޑުގެ ބިލްޑިނގ ކުރަހައި، އެތަނަށް (ދާރުލްއީމާން) ގެ ނަމުން ނަންދީ އެތާނގެ ބިން ރެޖިސްޓަރކޮށް، ޢިމާރާތް އެޅުމުގެ 20% ފައިސާ ހޯދުން، އަނެއް 80% ދިނުމަށް އިސްލާމިކް ބޭންކުންވަނީ އެއްބައިވެ ލިޔުން ދެއްވާފައެވެ. މަސައްކަތް ނުފެށުނީ އިސްލާމިކް ބޭންކުން ލޯނު ނެގުމަށް މާލިއްޔާތު ކޮމިޓީއިން އެއްބަސް ނުވުމުންނެވެ. 

<!--[if !supportLists]-->4.     <!--[endif]--> މިސްކިތް ފަންޑުން ޚަރަދުކުރިގޮތުގެ އެންމެހާ ތަފްޞީލެއް ރައްޔިތުންގެ މަޖްލީހަށް ފޮނުވުން،

<!--[if !supportLists]-->5.     <!--[endif]--> އިސްލާމީ ވަޤުފެއް އުފެއްދުމަށް ހުޅުމާލެއިން 6 ( ހައެއް) ހާސް އަކަފޫޓްގެ ބިމެއް ހަމަޖެއްސުން، 

<!--[if !supportLists]-->6.     <!--[endif]--> ހިދާޔަތުގެ އަލި މަޖައްލާގެ 10 ޢަދަދު ނެރުން، 

<!--[if !supportLists]-->7.     <!--[endif]-->7 (ހަތެއް) މިސްކިތެއް އެޅުމަށް ސަޢޫދީ ސަރުކާރުން ދެއްވައި ނިންމާފައިވާ 27 މިލިޔަން ރުފިޔާގެ މަޝްރޫޢުގައި ސަޢުދީ ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމާއި، އެމިސްކިތްތައް ޓެންޑަރކޮށް ބަޔަކާ ޙަވާލު ކުރެވި، ފައިސާ ޖަމާކުރުމަށް އެދި އެ އެގްރިމަންޓްތަކުގެ ގެ ކޮޕީ ސަޢޫދީ އެމްބަސީ އަށް ފޮނުވުމަށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 

<!--[if !supportLists]-->8.     <!--[endif]--> މުސްލިމު ވޯލްޑް ލީގް ( ރާބިޠާ) އެކީ އެމްއޯޔޯ އެއްގައި ސޮއިކޮށް ރާބިޠާގެ ދަށުން ހިނގާ އެންމެހާ މުއައްސަސާތަކުގެ މަސައްކަތްތައް ރާއްޖޭގައި ހިންގޭގޮތަށް ދިވެހިރާއްޖޭގައި އެ މުއައްސަސާގެ މަސައްކަތް އަލުން ފަށައި، އިސްލާމީ މަރުކަޒުގައި ރާބިޠާގެ އޮފީސް ޤާއިމުކުރުން،

<!--[if !supportLists]-->9.     <!--[endif]-->1 (އެކެއް) ލައްކަ މުޞްޙަފް ރާއްޖެ ގެނައުމަށް ބަޙްރައިންގެ ޤުރުއާނާބެހޭ ޖަމިއްޔާއާއި އެކު ސޮއިކުރުން، 

<!--[if !supportLists]-->10.            <!--[endif]--> ފަލަޞްޠީނާއި، ސަޢޫދީ ޢަރަބިއްޔާއާއި، ކުވައިތާއި، ޤަޠަރާއި، ބަޙްރައިން ފަދަ އިސްލާމީ ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކާއި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ގުޅުން ވަރުގަދަކުރުން، 

<!--[if !supportLists]-->11.           <!--[endif]--> ސަޢޫދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާއި، އަލްއަޒްހަރު ޔުނިވަރސިޓީއިން ލިބޭ ތަޢްލީމުގެ ފުރްޞަތުތައް އިތުރުކުރުމަށްޓަކައި މަސައްކަތްކޮށް އެކަން ކާމިޔާބުކުރުން، 

<!--[if !supportLists]-->12.            <!--[endif]--> ޙައްޖުވެރިންގޮވައި ދިވެހިއްޖޭގެ ޤައުމީ އެއާލައިން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި ކުރަންޖެހުނު މުޢާމަލާތްތަކުގައި އެހީތެރިކަން ދިނުން، 

<!--[if !supportLists]-->13.            <!--[endif]--> އިސްލާމީ އިޤްތިޞާދު ފުޅާކުރުމަށް މަސައްކަތްކުރުން، 

<!--[if !supportLists]-->14.            <!--[endif]--> ކުރިން އޮތް ފިޤުހު އެކަޑަމީ އުވާލައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އަލުން އިސްލާމީ ފިޤުހު އެކަޑަމީ އުފައްދައި، އެތަނަށް ދާއިމީ ރިސާރޗް އޮފިސަރަކު ކަނޑައަޅައި، އެއެކަޑަމީގެ ފަތުވާތައް ޢާއްމުކުރުމަށްޓަކައި ޗާޕަށް ފޮނުވުން. 

<!--[if !supportLists]-->15.            <!--[endif]--> ދިވެހިރައްޔިތުން ޙައްޖަން ދިއުމުގައި ދިމާވަމުންދާ ދަތިތައް ޙައްލުކޮށް މިކަމުގައި ފަސޭހަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން "ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަން" އުފައްދައި އޭގެ ހިންގާ ޤަވާޢިދާއި، އަސާސީ ޤަވާޢިދު ނިންމައި، އެއަށް ވެރިން ހަމަޖައްސައި އެމުއައްސަސާގެ މަސައްކަތްފެށުން،

<!--[if !supportLists]-->16.            <!--[endif]--> އިސްލާމީ ޝަރީޢަތުގެ ފިޤުހު ދިވެހިރައްޔިތުންނަށް އުނގަންނައިދިނުމަށްޓަކައި މިހާތަނައް ފެށި އެންމެ ބޮޑު މަޝްރޫޢު (ފިޤުހުއްސުންނާ) ތަރުޖަމާކުރަން ފަށައި އޭގެ 2 ޢަދަދު ޗާޕުކުރުން. ތިންވަނަ ޢަދަދު ޗާޕްކުރުމުގެ މަގުމަތީގައެވެ. މިއީ އެތައްމިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ،

<!--[if !supportLists]-->17.            <!--[endif]--> ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށްޓަކައި ޒަކާތާ ބެހޭ ޤާނޫނު އެކުލަވައި ޢާއްމު ފަރާތްތަކާއި ކުއްލިއްޔާއާއި، ޤައުމީ ޔުނިވަރސިޓީގެ ޚިޔާލަކަށް ހުޅުވާލުން، 

<!--[if !supportLists]-->18.            <!--[endif]--> ޢިލްމުވެރިންގެ މައްޗަށް އެކުލެވޭ ޒަކާތާގުޅޭ ކަންކަމުގައި ޝަރުޢީ ލަފާދޭނެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލެއް އުފެއްދުން،

<!--[if !supportLists]-->19.            <!--[endif]--> ޒަކާތުގެ އިދާރީ އެންމެހައި އުޞޫލްތައް އެކަށައެޅުން،

<!--[if !supportLists]-->20.<!--[endif]--> ކީރިތި ޤުރްއާން ހިތުދަސް ޒުވާނުން އިތުރުކުރުމަށްޓަކައި 500 ހާފިޒުން އުފެއްދުމުގެ މަޝްރޫޢު އެކުލަވައި މަސައްކަތްފަށައި، އަދި އެ މަޝްރޫޢަށް ބޭރުން އެހީތެރިކަން ހޯދުމަށް މަސައްކަތްކުރުން. ރާބިޠާއިން ވަނީ މިކަމަށް އެހީދެއްވާނެކަމަށް ވިދާޅުވެފައެވެ،

<!--[if !supportLists]-->21.            <!--[endif]--> ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ހިންގުން.

<!--[if !supportLists]-->22.<!--[endif]--> ހައްޖައިދިނުއުމަށް ގްރޫޕަކަށް ފައިސާދައްކައިގެން ޙާލުގައި ޖެހުނު މީހުންގެ ތެރެއިން ބަޔަކު ޙައްޖަށް ފޮނުވައިދިނުމަށް އެހީތެރިކަން ދިނުން،

<!--[if !supportLists]-->23.<!--[endif]--> އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ދީނީ އެކިއެކި ލީފްލެޓްތައް ނެރުން.

<!--[if !supportLists]-->24.<!--[endif]--> ޑރ ޖަމީލް ޒައިނޫގެ " ޤުރްއާނާ ސުންނަތުން ތިބާގެ ޢަޤީދާ ލިބިގަންނާށެވެ) މިފޮތް ދިވެހި ބަހުން ނެރުން. 

<!--[if !supportLists]-->25.<!--[endif]--> ފަޟީލަތުއްޝައިޚު އިބުނު ޢުޘައިމީންގެ " އަހުލުއްސުންތި ވަލްޖަމާޢަތުގެ ޢަޤީދާ " ފޮތް ނެރުން. 

<!--[if !supportLists]-->26.<!--[endif]--> އިސްލާމީ މަޢުރަޒު ބޭއްވުން. 

<!--[if !supportLists]-->27.<!--[endif]--> އިސްލާމީ އިޤްތިޞާދާބެހޭ ޚާއްޞަ ފޮތެއް ނެރުން،

<!--[if !supportLists]-->28.<!--[endif]--> ޒަކާތު ފަންޑު ތަނަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުން. 

<!--[if !supportLists]-->29.<!--[endif]--> ޒަކާތުގެ ފަންޑުން ފަޤީރުންނާއި މިސްކީނުންނާއި ދަރަނިވެރިންނާއި، ފަޤީރުކިޔަވާކުދީންނާއި، ބަލިމީހުންނާއި، ﷲގެ މަގުގައި ކީރިތި ޤުރްއާނަށާއި، އެހެންވެސް ޙައްޤުވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ގިނަގުނަ ޚަރަދުތަކެއް ކުރުން. 

<!--[if !supportLists]-->30.<!--[endif]--> ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެބޮޑު ޢިލްމުވެރިންގެ 2 މަހާސިންތާ ބޭއްވުން، 

<!--[if !supportLists]-->31.            <!--[endif]--> ޓީވީއާއި ރޭޑިއޯއިން ގިނަގުނަ އިސްލާމީ ޕްރޮގްރާމްތައް ހިންގުން. 

<!--[if !supportLists]-->32.<!--[endif]--> ވޯލްޑް އެސެމްބްލީ އޮފް އިސްލާމިކް ޔޫތުގެ އޮފީސް ރާއްޖޭގައި ހުޅުވުމަށް ބޭނުންވާ ޤާނޫނީ މަސައްކައްތައް ފުރިހަމަކުރުން.

<!--[if !supportLists]-->33.<!--[endif]--> ބަޙުރައިންގެ ޑިސްކަވަރ އިސްލާމްގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމުގެ މަޝްވަރާ ފެށުން. 

<!--[if !supportLists]-->34.<!--[endif]--> ކީރިތި ޤުރްއާނާ ބެހޭ ސަރަޙައްދީ މަހާސިންތާއެއް ބޭއްވުން. 

<!--[if !supportLists]-->35.<!--[endif]--> މިޞްރާއި ސަޢުދީޢަރަބިއްޔާއާއި، ޔޫކޭ، އެމެރިކާ،އާއި މިނޫންވެސް ޤައުމުތަކުން، ޢިލްމުވެރިން ވަޑައިގެން ދަރުސްދެއްވުން. 

<!--[if !supportLists]-->36.<!--[endif]--> ކީރިތި ޤުރްއަނާއި ސައެންސް ފޮތް ޗާޕަށް ފޮނުވުމަށް ތައްޔާރުކުރުން.

<!--[if !supportLists]-->37.<!--[endif]--> އިސްލާމްދީނުގައި އިންސާނީ ޙައްޤު ފޮތް ޗާޕަށް ފޮނުވުމަށް ތައްޔާރުކުރުން، 

<!--[if !supportLists]-->38.<!--[endif]--> އިސްލާމީ ފަތުވާ ފޮތް ޗާޕަށް ފޮނުވުމަށް ތައްޔާރުކުރުން.



ނޫރުލްއިސްލާމް

www.noorul-islam.net