ތަރުބިއްޔަތު

» سبحان الله މަގު.... الحمد لله މަގު...
Tuesday, February 04, 2020

އަހަރެންގެ މަންމަ (ރަޙިމަހަﷲ) އަކީ ތަސްބީޙަ(1) ކިޔުމާއި ތަހްލީލު(2) ކިޔުމަށް ލޯބި ކުރެއްވި ބޭކަނބަލެކެވެ. އަބަދުވެސް މަންމަގެ ދުލުން ޛިކުރު ކުރުންމަތީ ހުންނަވާ ކަމުގައި ވިއެވެ. އަހަރެމެންނަކީވެސް ﷲ މަތިން ހަނދުމަކޮށް، ޛިކުރު ކުރާ ބައެއް ކަމުގައި ހެދުމަށްޓަކައި މަންމަ ބޭނުންކުރެއްވީ ނިކަން މޮޅު އުފެއްދުންތެރި ގޮތެކެވެ. އެގޮތުން މަންމަ ހެއްދެވި ގޮތަކީ، މަގުތަކަށް އާއްމުކޮށް ކިޔައިއުޅޭ ނަންތައް ފިޔަވައި އެހެން ނަންތަކެއް މަގުތަކަށް ދިނީއެވެ. މިސާލަކަށް؛ "ނަޞްރު މަގު" މިނަން ކިޔާ މަގަށް އެއިގެ ބަދަލުގައި އަހަރެމެން ކިޔަން ދަސްކޮށްދެއްވީ "سبحان الله މަގު" މިފަދައިންނެވެ. އަހަރެމެން އެމަގުން ދާ ކޮންމެ ފަހަރަކު "سبحان الله" މި ޛިކުރު ކުރަން އާދަ ކޮށްދެއްވިއެވެ.

» ބައްޕާއެވެ. އަހަރެންނާއެކު ބަދިގެއަށް ނުވަންނާނަން ހެއްޔެވެ؟
Saturday, February 01, 2020

"އަހަރެން ކުޑައިރު، ބަދިގެއަށްވަދެ، ތަށިދޮވެ ހެދުމާއި ކެއްކުމަކީ އަހަރެން ކުރާ ހިތް ނުވާ ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އަހަރެންގެ ބައްޕަ ވިދާޅުވެއެވެ. "ދަރިފުޅާއެވެ. ބައްޕަ ބަދިގޭގެ ކަންތަކުގައި ދަރިފުޅަށް އެހީތެރިވާނަމެވެ." އެއަށްފަހު ބައްޕަ އަހަރެންނާއެކު ބަދިގޭގެ ކަންތައްތަކުގައި އެހީތެރިވެ ދެއްވިއެވެ. އަހަރެންނަށް އެއްތަށި، ބައްޕައަށް އެއްތަށި، މިގޮތަށް ބަހާލައިގެން ތަށިތައް ދޮވެ ހެދީމެވެ. ބައެއްފަހަރަށް ބައްޕަ އަހަރެން ގަޔަށް ފެން ބުރުވާލައްވައެވެ. ބައްޕަގެ ވަގުތު ހުންނަގޮތުން ކުޑަ ވަގުތުކޮޅަކަށް ކަމުގައިވިޔަސް ބަދިގޭގެ ކަންތައްތަކުގައި އަހަރެންނަށް ބައްޕަ އެހީތެރިވެލެއްވިއެވެ.

ޞަފްޙާ ނަންބަރު:  
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި