أسماء الله الحسنى

» އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 4 - اللَّـهٌ
Friday, July 15, 2016

اللَّـهٌ މިއިސްމުފުޅުގެ މާނައަކީ ހަމައެކަނި އަޅުކަން ޙައްޤުވެގެންވާ ފަރާތެވެ. ﷲގެ މިނަންފުޅަކީ ﷲގެ އެންމެމަތިވެރި ނަންފުޅެވެ. އަދި އެންމެ ތަފާތު (unique) ނަންފުޅުވެސްމެއެވެ. އިލާހުގެ މާނަ ދޭހަވުމުގެ އިތުރުން، މިއިސްމުފުޅަކީ ﷲގެ ޒާތުފުޅަށް އެއިސްމުފުޅަކުން ނަންދެއްވާފައިވާ އިސްމުފުޅެވެ. ދުޢާ ކުރުމުގައި، އިލާހު ނުވަތަ ކަލާނގެ ބޭނުންކުރުމުގެ ބަދަލުގައި މިއިސްމުފުޅު ބޭނުންކުރުމުން, އެދެންނެވެނީ އެއިލާހުގެ ޒާތުފުޅަށް އެއިލާހު ދެއްވާފައިވާ ޚާއްޞަ ނަންފުޅުންނެވެ. އެއީ އިންސާނާއާއި އޭނާގެ ވެރިއިލާހާއި ދެމެދު ގުޅުވައިދޭ ބާރެކެވެ.

» އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 3 - الفَتَّاحُ
Wednesday, June 29, 2016

ތިބާ އެހީތެރިކަމަށް ބޭނުންވެ ވަށައިގެން ބަލާލިހިނދު ހުރިހާ ދޮރުތައް ބަންދުވެ ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތްފަދަ ޙާލަތެއްގައި ވީންހެއްޔެވެ؟ ދާކޮންމެދިމާއަކުން ދޮރުތައް ބަންދުވެ ތަޅުއެޅުވިފައިވާ ޙާލަތެއްގައި ވީންހެއްޔެވެ؟ އެހެންކަމުގައި ވަނީ ނަމަ ތިބާއަކީ ނަސީބުވެރިއެއްކަމަށް ބަލާށެވެ! އެހެނީ އެފަދަ ތަޖުރިބާއެއް ކޮށްފައިވާނަމަ ﷲ ތަޢާލާގެ މި ރީތި އިސްމުފުޅު ތިބާއަށް ފަހުމުވެ އަގުވަޒަން ކުރެވިގެންދާނެއެވެ.

» އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 2 - ތަޢާރަފް
Wednesday, June 29, 2016

އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ. ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހައި ލޮބުވެތި އުޚްތުންނާއި ބައްދަލު ކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި މިބައްދަލުވުމަކީ ﷲއަށްޓަކައި ވެވޭ ބައްދަލުވުމަކަށް ވާކަމީ އަދި ވަކިންބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޓީމު ތަޢާރަފްކުރުމަށެވެ. އަޅުގަނޑުމެން މިމަސައްކަތް ފެށީ ކީޢްވެގެންކަމާއި އަދި އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ކޮބައިކަމާއި އަދި މަސައްކަތާއިގެން ކުރިޔަށްދާނީ ކިހިނެއްކަން ޙިއްސާކޮށްލުމަށެވެ.

» އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 1 - އަލްއަސްމާއުލް ޙުސްނާ ދަސްކުރުމަށް ފެށި ދަތުރު
Wednesday, June 29, 2016

ޝައްކެއްނެތް ގޮތުގައި އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެންކަމުން އެއިލާހު މަޢުރިފާކޮށް ދެނެގަތުމަށްޓަކައި މަސައްކަތް ކުރުމަކީ ހަމަކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ﷲތަޢާލާ މަޢުރިފާކޮށް ދެނެގަތުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އެއިލާހުގެ މޫރިތި އިސްމުފުޅުތައް ފުރިހަމަ މާނާގައި ދަސްކުރުމެވެ. ކަންކަމަށް އެދި ﷲއަށް ދަންނަވާއިރު އެއިލާހުގެ ރިވެތި އިސްމުފުޅުތައް ބޭނުންކުރުމަކީ ﷲތަޢާލާގެ ރުހިވޮޑިގަތުން އަޅާއަށް ލިބޭ ކަމެކެވެ.

ޞަފްޙާ ނަންބަރު:  
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި