މުޖުތަމަޢު

» މޯބައިލް ފޯނުގެ ރިންގް ޓޯން އަކަށް ޤުރުއާން ލުން
Wednesday, March 23, 2011

ކީރިތި ޤުރްއާނަކީ ﷲގެ ކަލާމްފުޅެވެ. އެ ޤުރްއާން ކިޔެވުމާއި އަޑުއެހުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބޭ ކަމެކެވެ. މޯބައިލް ފޯނަކީ އަބަދާ އަބަދުހެން ތިމާއާއެކު ގެންގުޅޭ އެއްޗެކެވެ. ފާޚާނާ ފަދަ ތަންތަނަށް ވަދެ އުޅޭއިރުވެސް ފޯނު ޖީބުގައި އޮންނަ ފަހަރު ގިނައެވެ. ފާޚާނާގައި ޤުރްއާނާއި ﷲގެ އިސްމުފުޅުތަކާއި އެހެނިހެން ދުޢާތައް ކިޔުމަކީ އަދި އަޑުއެހުމަކީ ރަނގަޅު ކަމެއް ނޫނެވެ. ހަމަ އެހެންމެ، ރިންގު ވަމުންދާ ވަގުތެއްގައި ފޯނު ނަގާއިރު އާޔަތުގެ މެދު ތެރެއިން މެދުކަނޑާލެވުމުން ނުބައި މާނައެއް އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.

» ޖަޕާނަށްއައި ޒަލްޒަލާއާއި ސުނާމީގެ މައްޗަށް ދެ ލޮލުން ބަލާލުމެއް: ސުނާމީ އިން ރައްކާތެރިވެގެންވާ ދިވެހިރާއްޖެއެއް ބިނާ ކުރަމާތޯއެވެ؟
Thursday, March 17, 2011

ދިވެހި ރާއްޖެއަށް ޒިޔާރަތް ކުރެއްވި ޕްރިންސް އޮފް ޓްރެވެލަރސް ގެ ނަމުން މަޝްހޫރުވެފައިވާ މުސްލިމް ސައްޔާޙު އަބޫ ޢަބްދުﷲ މުޙައްމަދު ބުނި ޢަބްދުﷲ އަލް ލަވާޠީ އަލް ތަންޖީ އިބްނު ބަޠޫޠާވެސް ފާހަގަ ކުރައްވާފައިވާ ހަތިޔާރެވެ. އޭނާ ލިއުއްވާފައިވަނީ ދިވެހިންނަކީ ދުޢާ އިޖާބަ ކުރެއްވޭ ބައެއް ކަމާއި ދިވެހިން ސަލާމަތުން ދެމިތިބީ އެމީހުންގެ ދުޢާގެ ސަބަބުން ކަމެވެ.

» މިއަދުގެ މުޖުތަމަޢުގައި އަންހެންކަނބަލުން
Saturday, March 05, 2011

އަންހެންކަނބަލުންނަށް މުޖުތަމަޢަށް ޚިދްމަތް ފޯރުކޮށްދިނުމުގައާއި ހަމަ އެހެންމެ މުޖްތަމަޢުގެ ދުރުރާސްތާގެ ކުރިއެރުމަށް މަސައްކަތްކޮށްދެވޭނެ މިންގަނޑުތައް ބަޔާންކޮށްދީ އިސްލާމްދީނުގެ އަސާސްތަކާއި ފުށޫއަރާ ކަންކަމުން ހޭލުންތެރިކޮށް ހެޔޮލަފާ ޞާލިހު މުޖުތަމަޢަކަށް ހެދުމަށް ޤައުމުގެ އެންމެހައި ފަރުދުންގެ ހައްޤުގައި މަސައްކަތް ކުރަން އެބަޖެހެއެވެ.

» އިނގިރޭސި މެގްނަ ކާރޓަރ އަށް ވުރެ މަތީ ދަރަޖައެއް ޚުޠުބަތުލް ޥަދާޢަށް ލިބިގެންވޭ!!
Tuesday, February 22, 2011

މެގްނަ ކާޓަރ އަށްވުރެ 583 އަހަރު ކުރިން، މުޅި ދުނިޔެއަށް އިންސާނީ ޙައްޤުތަކާއި މިނިވަންކަމާއި އަދިވެސް ހުޅަނގުގެ ޤައުމުތަކުން އިހަކަށްދުވަހު ޤަބޫލުކުރަންފެށި އެތައް އެތައް ކަމެއްގެ ފުރިހަމަ ލާމަސީލު މިންގަނޑެއް ނުވަތަ ބެންޗްމާރކްއެއް ވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މާތް ﷲ ފޮނުއްވި ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުޠުބަތުލް ޥަދާޢުގައި މުޅި ދުނިޔެއަށް އިޢުލާން ކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ދިރިއުޅުމުގައި އެ ކަންތައްތައް ޢަމަލީ ގޮތުން އޭގެ ކުރިން ދައްކުވައިދީފައެވެ.

» މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިންތިޒާރީގައި ދިވެހިން
Friday, February 11, 2011

ޒަމާނުއްސުރެ ދިވެހިންނަށް ފެންނަން ހުރި ބޭންކު ތަކުގެ ސިސްޓަމަކީ ރިބަވީ ސިސްޓަމް ތަކެކެވެ. އެކަމާހުރެ، އެ ބޭންކުތަކުން ލޯން ނެގުން އެއީ ޙަރާމްކަމެއްކަން، އިސްލާމްދީނުގެ އަޞްލުތަކުގެ އަލީގައި ދީނުގެ ބޮޑެތި ޢިލްމުވެރިން ބަޔާން ކުރެއްވިއެވެ. ޢިލްމުވެރިންގެ ބަޔާން ކުރެއްވުމަށް ބޯލަނބައި ގިނަބަޔަކު ދިޔައީ ރިބަވީ ބޭންކުތަކުގެ ލޯންތަކާއި އެއްކިބާވެ، ﷲ އަށްޓަކައި ރިބާއަށް ނޫނެކޭ ބުނަމުންނެވެ. އެގޮތުން ތިމާމެން ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް، މި ރިބަވީ ބޭންކުތަކާހެދި ނުކުރެވުނު ކިތަންމެ މީހުން މިދިވެހި ބިމުގައި ވެއެވެ.

» އިޖްތިމާޢީ ޢަދާލަތު ޤާއިމުކުރުމަށްޓަކައި ފަރުޟު ޒަކާތުގެ މުހިއްމުކަން
Tuesday, January 18, 2011

އިސްލާމީ މުޖްތަމަޢު ހަރުދަނާ މުޖްތަމަޢެއްގެގޮތުގައި ދެމިއޮތުމަށްޓަކައި ގިނަގުނަ ކަންތައްތަކެއް ދީނުގައި ކަނޑައެޅިފައިވެއެވެ. މީގެ ތެރެއިން އެންމެ މުހިއްމު އެއްކަމަކީ ފަރުޟު ޒަކާތް އަދާކުރުމެވެ. ކަމުގެ މުހިއްމުކަމުން އެއީ ދީނުގެ ރުކުނެއް ކަމުގައި ކީރިތިވަންތަ الله ވަނީ ކަނޑައަޅުއްވައިފައެވެ. އެހެންކަމުން، ޒަކާތް ވާޖިބުވާވަރުގެ ތަނަވަސްކަން ހުރި މީހެއްނަމަ، އެ މީހެއްގެ މުދަލުން ޒަކާތް ދައްކަންޖެހޭނެއެވެ. ނޫންނަމަ އެ މީހެއްގެ ދީން ފުރިހަމައެއް ނުވާނެއެވެ.

» ދިރާސީ އާހަރަށް މަރުޙަބާ ކިޔަމެވެ.
Tuesday, January 18, 2011

ދިރާސީ އާހަރަށް މަރުޙަބާ ކިޔަމެވެ. އަދި މިއަހަރަކީ ހުރިހާ ދަރިވަރުންނަށް ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުން އެދި ކީރިތިވަންތަ ﷲއަށް ދުޢާ ދަންނަވަމެވެ. މިފަދަ ވަގުތެއްގައި ދަރިންނަށް ތަރުބިޔަތު ދިނުމުގައި ވިސްނަންޖެހޭ މުހިއްމު ބައެއް ކަންތަކުގެ މައްޗަށް އަލިއަޅުވާލުމަކީ މުނާސަބު ކަމެއްކަމުގައި ދެކެމެވެ. ތަޢުލީމާއި ތަރުބިޔަތުގެ އަމާޒަކަށް ވާންވާނީ ޤައުމާއިގެން ކުރިޔަށް ދާނޭ ހަރުދަނާ ދަރިންތަކެއް އުފެއްދުމެވެ. މިފަދަ ދަރިންތަކެއް އުފެއްދޭނީ، އެކުދިންނަކީ ހަރުދަނާ ޢަޤީދާއެއްގެ އަހްލުވެރި، ރިވެތި އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންވާ، ކާބަފައިން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދީފައިވާ އަމާނާތަކީ ކޮބައިކަން ދަންނަ، ޤައުމަށް ވަފާތެރި ބަޔަކަށް ހެދިގެންނެވެ.

» ދީނީ ޢިލްމުވެރިންނަށް ސިޔާސަތު ނޭނގޭނަމަ ދެން އެނގޭނީ ކޮންބަޔަކަށް ހެއްޔެވެ؟
Monday, January 03, 2011

ނަމަވެސް ދެއިރު އެއްގޮތަކަށް ވާހަކަ ދައްކަން ނުކެރުމަކީ ސިޔާސަތު ކަމުގައި ތިބާ ދެކޭނަމަ، އެ ސިޔާސަތު ޢިލްމުވެރިންނަށް ނޭނގިދާނެއެވެ. ދޮގު ބުހުތާނު ހެދުން ފަދަ ކަންތަކާއި މަކަރާއި ޙީލަތާއި ރިޝްވަތާއި މިކަންތައްތަކަކީ ސިޔާސަތު ކަމަށް ތިބާ ޤަބޫލުކުރާނަމަ، ތެދެކެވެ. ދީން ކިޔެވިއަކަސް މި"ސިޔާސަތެއް" ނޭނގޭނެއެވެ.

» ފޭސްބުކް - އިސްލާމްދީނުގެ ޢިލްމު ފެތުރުމުގައި ބޭނުންކުރައްވާށެވެ.
Sunday, January 02, 2011

އަޅުގަނޑުމެންގެ ތެރެއިން މީހަކު ޒިޔާރަތްކުރި ވެބްސައިޓަކުން ޢިބްރަތްތެރި ލިޔުމެއް ނުވަތަ ޕޯސްޓަރެއް ނުވަތަ ވާހަކައެއް ފެނިއްޖެއެވެ. ހަމަ އެލިޔުމެއް ނުވަތަ ވާހަކައެއް ނުވަތަ ޕޯސްޓަރެއް، ކިޔުމާއެކު އެހެން މީހުންނަށް އޭގައިވާ ހެޔޮ ފޯރުކޮށްދިނުމުގެ ވިސްނުން ހުރުމަކީ އެއީ އެންމެ ރަނގަޅު ގޮތެވެ. މިޙަދީޘަށް ޢަމަލު ކުރުމުގެ ބޭނުމުގައެވެ. "ތިޔަބައިމީހުންގެ ތެރެއިން އެމީހެއްގެ އަޚާއަށް ފައިދާކުރަނިވި ފަދަ ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ ފަހެ އެކަން ކޮށްދޭށެވެ".

» ނަމާދު ޤާއިމު ކުރުމާމެދު ޤުރްއާނުގައި އައިސްފައިވާ ތަރްޣީބުގެ ބަސްފުޅުތައް
Tuesday, December 28, 2010

ހަމަކަށަވަރުން މުއުމިނުން ކާމިޔާބު ހޯދައިފިއެވެ. އެމީހުންނަކީ އެމީހުންގެ ނަމާދުގައި ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނަކީ އެބައިމީހުންގެ ނަމާދަށް ރައްކައުތެރިވާ މީހުންނެވެ.ސުވަރުގޭގެ ވާރުތަވެރިންނަކީ ހަމަ އެއީއެވެ. އެބައިމީހުންނީ ސުވަރުގޭގެ ފިރުދައުސުކީ ގަނޑުވަރަށް ވާރުތައަރާނޭ މީހުންނެވެ. އެތާގައި އެމީހުން ދެމި ތިބޭނެއެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5 6  7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި