މުޖުތަމަޢު

» މަންމާއެވެ. މަޢާފްކުރާށެވެ!
Thursday, June 02, 2011

އަހަރެން އިނީ މީގެ އަހަރުތަކެއް ކުރިން ނިޔާވި އަހަރެންގެ މަންމަގެ މަހާނަ ކައިރީގައެވެ. އަހަރެން އިނީ ހިތް ފުރެންދެން ރޯން ބޭނުންވެފައެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ އުދާސްތަކުން މޭފިތި ބާރުވަމުން ދިޔައެވެ. އަހަރެން އިނީ އެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައެވެ. ހިތްފުރެންދެން ރޯލުމަކުން ، އަހަރެންގެ ކުށުގެ ކައްފާރާ އަދާނުކުރެވޭނެ ކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ، ފަހަރެއްގައި މެޔަށް ފިނިކަމެއް ލިބިދާނެކަމަށް އުންމީދު ކުރެވޭތީއެވެ. އެހެނަސް ، އެޔަށްވުރެ އަހަރެންގެ ކުށްފާފަތައް ގިނައެވެ. އަހަރެންނަކީ ނުކިޔަމަންތެރި ، އަނިޔާވެރި ދަރިއަކީމެވެ.

» ޙައްޤަކާ ނުލައި އެންމެ މީހަކު ވިޔަސް މެރުމީ މުޅި އިންސާނިއްޔަތު ނެތިކޮށްލުން ފަދަ ނުބައި ޢަމަލެކެވެ.
Monday, May 30, 2011

ދިވެހިރާއްޖޭގައި މިއަދު މިދަނީ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ޘަޤާފަތެއް ފެތުރެމުންނެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއްކަމަކީ ތުއްތުކުދިން ވިހެއުމަށްފަހު މަރާލާފައި އެތަންމިތަނަށް އުކަމުން ދިއުމެވެ ފާއިތުވެދިޔަ ދެހަފްތާތެރޭގައިވެސް ހަފްތާތެރޭގައިވެސް މަޢުޞޫމު ތުއްތު ކުދިންތަކެއް ރަޙްމެއްނެތި މަރާލާފައި ކޮތަޅަށާއި ދަޅަށް ލާފައި މޫދަށާއި ކުނި ގޮނޑުތަކަށް އުކާލާފައި ވަނިކޮށް ފެނިފައިވެއެވެ. ޙަޤީޤަތުގައި މިފަދަ ޖަރީމާތައް ހިންގާމީހުން އެއަރައިގަންނަނީ ބޮޑެތި ފާފަތަކުގެ ތެރެއިން އެންމެބޮޑު އެއް ފާފައަށެވެ.

» މުޞީބާތުގެ ވަގުތުގައި ކިޔަން ދަސްކޮށްދެއްވި ދުޢާ
Monday, May 30, 2011

މުއުމިނާގެ ކަންތަކާމެދު ޢަޖާއިބުވާހާ ވެއެވެ. އޭނާއާއި ދިމާވާ ހުރިހާ ކަމަކީ އޭނާއަށް ހެޔޮކަމެކެވެ. އަދި މުއުމިނަކަށް މެނުވީ އެހެން އެއްވެސް މީހަކަށް އެކަމެއް ނުވެއެވެ. އޭނާއަށް އުފަލެއް (ނުވަތަ ހިތްހަމަޖެހޭ ކަމެއް) ދިމާވެއްޖެނަމަ އެކަމަށް ޝުކުރު ކުރެއެވެ. ފަހެ އެކަން ވަނީ އޭނާއަށް ހެޔޮކަމަކަށެވެ. އަދި އޭނާއަށް ގެއްލުމެއް (ނުވަތަ މުޞީބާތެއް) މެދުވެރިވެއްޖެ ނަމަ، އޭނާ ކެތްތެރިވެއެވެ. ފަހެ އެކަން ވަނީ އޭނާއަށް ހެޔޮކަމަކަށެވެ.

» ކީރިތި ޤުރްއާން ހިތުދަސްކުރުމަށް އެންމެ ފަސޭހަގޮތް
Saturday, May 21, 2011

މިއީ އަލްމަސްޖިދުއްނަބަވީގެ އިމާމް ފަޟީލަތުއްޝައިޚް ޢަބްދުލްމުޙްސިން އަލްޤާސިމް ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެކެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމަށް މިގޮތަކީ ފާހަގަކޮށްލެވޭ ގޮތެކެވެ. އަދި މީގެ ސަބަބުން އަވަހަށް ހިތުދަސްވެ، ހިތުދަސްކުރާ ތަކެތި ހަނދާނުގައި ގަދައަށް ހަރުލައި، އަވަސް މުއްދަތެއްގައި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކުރުމަށް އެހީތެރިވެދޭނެއެވެ. މިއީ އެންމެ ފަސޭހައިން ޤުރްއާން ހިތުދަސްކުރެވޭނެ ގޮތެވެ. މިސާލެއްގެ ގޮތުގައި سورة الجمعة ގެ ފުރަތަމަ ޞަފްޙާ ދަސްކުރާނެ ގޮތް ތިރީގައި މި ވަނީއެވެ.

» މުޒާހަރާ އާއި މެދު އިންސާފުގެ ނަޒަރަކުން...
Sunday, May 08, 2011

ފާޅުވެގެންވާ ބޮޑުކުފުރެއް އެވެރިއެއްގެ ކިބައިން ނުފެންނަ ވެރިއެއްގެ މައްޗަށް ނިކުތުމަކީ އަހްލުއްސުއްނާ ވަލްޖަމާޢަތުގެ އެންމެން ޙަރާމްކަމެއްކަމުގައި ދެކިލައްވާ ކަމެކެވެ. އަނިޔާވެރި ވެރިއެއް ކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ. މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޡްފުޅެއްގައި ވެއެވެ. ((ما أقاموا فيكم الصلاة)) رواه مسلم، މާނައަކީ؛ "ނަމާދު ޤާއިމް ކުރާކަމުގައިވަނީ ނަމައެވެ." އަދިވެސް އެހެން ޙަދީޡެއްގައި ވެއެވެ. ((إلا أن تروا كفراً بواحاً)) رواه الشيخان، މާނައަކީ؛ " ފާޅުވެގެންވާ ކުފުރެއް ފެނިއްޖެއުމަށް ދާންދެން" އެވެ.

» ނުހަނު ލޯތްބާއެކު...
Tuesday, April 26, 2011

މަގޭ ދަރިފުޅާއެވެ. މިމަންމަގެ ލޯބިވާ ދަރިފުޅާއެވެ. މިމަންމަ މުސްކުޅިވުމުން މިމަންމައާމެދު ކެތްތެރިވާނެކަމަށް ހީކުރަމެވެ. މިމަންމަ އަތުން ތައްޓެއް ތަޅައިގެން ހިނގައްޖެނަމަ، ނުވަތަ ކާމޭޒު މައްޗަށް އެއްޗެއް ބައްޑުން ވެއްޖެނަމަ އެއީ މިމަންމަގެ ފެނުން ކޮށިވަމުންދާތީ ވާގޮތްކަން ދަންނާށެވެ. އެފަދަ ކަންކަމުގެ ސަބަބުން މިމަންމައާ ދިމާއަށް އަޑު ވީއްލައި އެއްޗެހި ނުކިޔާނެކަމަށް ހީކުރަމެވެ.

» ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ.
Monday, April 25, 2011

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަކީ ޞާލިޙް ދަރިއަކަށްވީތީ ނިހާޔަތަށް އުފާކުރަމެވެ. މާތް ﷲ، ދަރިފުޅުގެ ކެތްތެރިކަމާއި ކިޔަމަންތެރިކަމަށްޓަކައި ހެޔޮޖަޒާ ދެއްވާށިއެވެ. އަދި ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެއިން، ދަރިފުޅަށް މަތިވެރި މަޤާމެއް ދެއްވާށިއެވެ. އަދި އެދުވަހަކުން މުދަލަކުން ނުވަތަ ދަރިންގެކިބަޔަކުން މަންފާއެއް ނުކުރާނެ ދުވަހުގައި މަންމަމެންގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށްޓަކައި، މަންމައާއި ބައްޕަ ނެތް ދުވަހަކުންވެސް ހެޔޮ ދުޢާކޮށްދޭނެ ދަރިޔަކު ކަމުގައި ދަރިފުޅުވާނެ ކަމުގައި ޔަގީން ކުރަމެވެ. މަންމައާއި ބައްޕަ، ދަރިފުޅު ދެކެ ވަރަށް ލޯބިވަމެވެ.

» ބައްޕަ ނިކަމެތި ޙާލުގައި ދޫކުރި ދަރިއަށް...
Thursday, April 14, 2011

ތިބާ ތިބާގެ ބައްޕައަށް އުރެދިއްޖެއެވެ. ބައްޕައަށް ހެޔޮކޮށް ނުހިތީމެވެ. އެއިގެ ސަބަބުން ތިބާގެ ވެރިއިލާހަށް ތިބާ އުރެދިއްޖައީމުއެވެ. ތިބާ ﷲ އަށް ބިރުވެތިވާށެވެ! ތިބާއަށް ޓަކައި އެތައް ދުވަހެއްގެ ބުރަމަސައްކަތް ކުރި ބައްޕަ ނިކަމެތި، ތިބާގެ އެހީއަށް އިންތިހާ ދަރަޖައަށް ބޭނުން ޖެހިފައިވާ ޙާލުގައިވަނިކޮށް، އޭނާއާއި އަޅާނުލައި، ޒިޔާރަތް ނުކޮށް ތިބާ އުޅެފީމުއެވެ. ﷲ ގަންދީ ބުނަމެވެ. ތިބާގެ ބައްޕަ ހެޔޮ ޙާލުގައި ވީނަމަވެސް 2 އަހަރު ދުވަސް ވަންދެން ޒިޔާރަތް ނުކޮށް ހުރުން ވެގެންދާނީ ގުޅުން ކަނޑާލުމަކަށެވެ.

» އިސްލާމް ދީނުގައި ރަސޫލާ صلى الله عليه وسلم ގެ ސުއްނަތުގެ މަޤާމު
Monday, April 11, 2011

އެންމެހައި މީސްތަކުން އުޅުމަށް ﷲ ޚިޔާރު ކުރެއްވި މަގަކީ އިސްލާމްދީނެވެ. އެކަލާނގެ ޙަޟްރަތުން އިސްލާމް ދީން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވަނީ ރަސޫލުބޭކަލަކު މެދުވެރިކޮށެވެ. އެއީ، އެކަލާނގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ. އެކަލޭގެފާނު މެދުވެރިކުރައްވައި ﷲ ބާވާލެއްވި މިދީން އެކުލެވިގެންވަނީ މައިގަޑު ދެއެއްޗެއްގެ މައްޗަށެވެ. އެއީ ﷲ ގެ ފޮތާއި އިތުރު އެކަލޭގެފާނުގެ ސުއްނަތެވެ.

» ބޭނުމެއް ނެތެވެ!
Tuesday, April 05, 2011

އަހަރެމެންނަށް ލިބިހުރި ޢިލްމާ އެއްގޮތަށް ޢަމަލުނުކުރާ ނަމަ އަހަރެމެންނަށް ލިބިފައިވާ ޢިލްމެއްގެ ބޭނުމެއް ނެތެވެ. ޢަމަލުކުރުމުގައި އަހަރެމެން އިޚްލާޞްތެރި ނުވާ ނަމަ އަހަރެމެންގެ ޢަމަލުތަކުގެ ބޭނުމެއް ނެތެވެ. އެއްވެސް ދަރުމައެއް ޘަވާބެއް ނުލިބޭ ގޮތުގައި އަހަރެމެންގެ މުއްސަނދިކަން ބޭނުންކުރާ ނަމަ، މުސާރައާއި އެ ނޫން ވެސް ގޮތްގޮތުން ލިބޭ ފައިސާ، ދެ ޙަޔާތުން ކުރެ ޙަޔާތެއްގައި ލާބައެއް މަންފާއެއް ނެތް ކަންކަމަށް ހޭދަކުރާ ނަމަ އަހަރެމެންގެ މުއްސަނދިކަމުގެ ބޭނުމެއް ނެތެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4 5  6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި