މުޖުތަމަޢު

» ފަހުން ހިތާމަ ކުރަންޖެހުން [ޙަޤީޤީ 2 ޙާދިޘާއެއް އެކުލެވިގެންވާ ޢިބްރަތްތެރި ލިޔުމެއް]
Thursday, September 15, 2011

އަޅުގަނޑުމެން ދެމީހުން އޭނާގެ މަޑު ކިޔެވުމުގެ އަޑު އަހަން ތިބީމެވެ. އަޅުގަނޑުގެ މުޅި ގައިން ހީބިހިނަގައިގެން ދިޔައެވެ. ކުއްލިއަކަށް ކިޔެވުމުގެ އަޑު ކެނޑިއްޖެއެވެ. އަދި އޭނާގެ އަތް ކުއްލިއަކަށް މައްޗަށް އުފުއްލަށް ފެށިތަށް ބަލަން އަޅުގަނޑު ހުރީމެވެ. އޭނާ މަޑުމަޑުން އަތް އުފުލުމަށް ފަހު ޝަހާދަތް އިނގިލިން އުޑާއިދިމާއަށް އިޝާރަތްކުރަމުން ޝަހާދަތް ކިއެވެ. " لا إله إلاّ الله - ﷲފިޔަވައި އެހެން އިލާހަކު ނުވެއެވެ'". ދެން އެނާގެ ބޯ އަރިއަޅާލިއެވެ.

» ގޭތެރެ އިޞްލާޙް ކުރުމަށްޓަކައި ސާޅީސް ނަސޭހަތް
Friday, September 02, 2011

އަދި ﷲތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް،ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް ޤާއިމު ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، ނަޢަމް ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެތަކެތީގެ ކެހެރިންނާއި، އެތަކެތީގެ ލޯލިންނާއި، އެތަކެތީގެ އިސްތަށިން، ގެވެހިސާމާނާއި، ހިފައިގެންގުޅޭތަކެތި،ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.

» ޣީބަ ބުނުމުގެ ނުބައި ކަމާއި ޣީބަ ބުނުން ހުއްދަވާ ޙާލަތާއި އަދި...
Saturday, August 27, 2011

ޞަޙާބީން ސުވާލު ދެއްނެވިއެވެ! "ތިމަންމެން ބުނާސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ ހުއްދަވާނެތޯއެވެ؟" ހަދީސް ކުރެއްވިއެވެ. ((إِنْ كَانَ فِيْهِ مَا تَقُوْلُ فَقَدْ اِغْتَبَته ، وَإِنْ لَمْ يَكُنْ فِيْهِ مَا تَقُوْلُ فَقَدْ بَهَتَّه)) "އެމީހެއްގެ ކިބައިގައި އެސިފައެއް ވާނަމަ އެއީ ޣީބައެވެ. އަދި އެސިފައެއް އެމީހެއްގެ ކިބައިގައި ނުވާނަމަ އެއީ ބުހުތާން ދޮގެވެ." (رواه أبو داود)

» ދަރިން ސްކޫލަށް ނުފޮނުވާ ގޭގައި ބައިތިއްބާ މައްސަލައާއި ބެހޭ
Friday, August 19, 2011

ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަކަން ދަންނަންވާނެއެވެ. ހެވާއި ނުބައި އޮންނަކަމީ ގަބޫލުކުރަންޖެހޭ ޙަގީގަތެކެވެ. އެހެންކަމުން، ދެކޮޅުއަޅާކިޔައި އެތަނުން ބޮޑަށް ފައިދާހުރި ގޮތް އިޚްތިޔާރު ކުރަން ޖެހެއެވެ. ސްކޫލްތަކުގައި ރަގަޅުކަންތަކާއި ގޯސްކަންތައްތަކެއް ހިމެނޭކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. ކުދިންގެ ތަރްބިއްޔަތުގެ ބޮޑުބައެއް ޙިއްސާކުރަނީ އެކުއްޖާގެ ސްކޫލެވެ. ސްކޫލުގެ ނިޡާމުގެ ތެރޭގައި ގޯސްއެތައް ކަމެއް ހިމެނޭކަމީ ވަރަށް ގިނަ ބެލެނިވެރިންގެ ޝަކްވާއެކެވެ. މިފަދަ ގޯސްކަންތަކުން ސަލާމަތްވެ، އެކަންތަކުގެ މައްޗަށް ގަދަވެގަތުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި:

» ޑެންގީހުން ހުއްޓުވޭނީ މަދިރިތައް މަރާލައިގެން، މީހުން މެރުން ހުއްޓުވޭނީ....
Wednesday, June 29, 2011

ބޭސްޖަހައިގެން މަދިރިމަރާށެވެ. ޑެންގީ ހުން ހުއްޓުވޭނީ އެއިރުންނެވެ. ގިސާސްހިފައިގެން އިންސާނިއްޔަތު ޙިމާޔަތް ކުރާށެވެ. މީހުން މެރުން ހުއްޓުވޭނީ އެއިރުންނެވެ. ޙަސްބުނަﷲ ވަ ނިޢްމަލް ވަކީލް.

» ކުއްވެރިޔާ އަށް އަދަބުދިނުމަކީ އިންސާނީ ޙައްގަށް އަރައިގަތުންބާ!
Thursday, June 23, 2011

މިއަދުގެ ދުނިޔޭގައި " އިންސާނީ ޙައްގޭ" ކިޔައިގެން އިސްލާމީ ޝަރީޢަތާއި ޚިލާފަށް، އަމިއްލައަށް ކޮށައި މަށައިގެން، ގަވާއިދުތަކަކާއި ގާނޫނުތަކެއް ހަދައިގެން އުޅޭ ކޮންމެމީހަކީ އެމީހެއް ޢަގީދާއާއި އިސްލާމްކަން މުރާޖަޢާކުރަން ޖެހޭ މީހެކެވެ. މިހެނީ މި ބައި މީހުން މަސައްކަތް ކުރަމުން މިއަދު އެއަންނަނީ ﷲ ތަޢާލާގެ ގާނޫނު މުގުރާލުމަށްޓަކައިކަން އެމީހުންގެ ޢަމަލާއި ބަހުން ހެކި ދެއެވެ.

» " ޗައިލްޑް އެބިއުޒް " ސަމާލުވަމާ !!!
Saturday, June 18, 2011

މިހެނީ މި އަނިޔާވެރި ޢަމަލަކީ، އެކަންކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި މުޅި އިސްލާމީ ޝަރީޢަތް ބާވައިލެއްވުނު ކަންކަމުގެ ތެރއިން އިންސާނީ ނަސްލާއި ނަފްސު ޙިމާޔަތް ކުރުމުގެ މަތިވެރި އިންސާނީ ޙައްޤާއި ޚިލާފު ނޭއްގަނީ ޢަމަލެކެވެ. ވީމާ މިޢަމަލު ހިންގާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދެވިގެން މެނުވީ މިކަމަކަށް ޙައްލެއް ނައަންނާނެއެވެ.

» މާބަނޑު އަންހެނުން ކޭތަ ހިފާތަނަށް ނުކުތުން
Tuesday, June 14, 2011

ކޭތަ ހިފާއިރު މާބަނޑު އަންހެނުން ބޭރަށް ނުނިކުންނައްޗޭ.. ކޭތަ ހިފާތަން ނުބަލައްޗޭ... ތޫނު ވަޅި ކަހަލަ އެއްޗެތި ނުގެންގުޅެއްޗޭ.. އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަ ތަކެއް ނޫނެވެ. އެއީ ހަމަ އެކަނި ބައެއްގެ ޚިޔާލަށް ކިޔައި ފައިވާ ވާހަކަ ތަކެކެވެ. ދީނުގައި އެއިން އެއްވެސް ކަމެއް މަނާ ވާފަދަ ޚަބަރެއް ވާރިދުވެފައި ވާ ކަމެއް ނޭންގެއެވެ.

» ފެނުގެ ނިޢްމަތަށް ރައްކާތެރިވާށެވެ!
Thursday, June 09, 2011

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިޢުމަތްތައް ޢަދަދުނުކުރެވޭހައި ވެސް ގިނައެވެ. މިނިޢުމަތްތަކަށް ޝުކުރުވެރިވުމަށާއި ކުފުރުވެރި ނުވުމަށް އެކަލާނގެ ވަނީ އަޅުގަނޑުމެންނަށް އަންގަވާފައެވެ. ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ، ތިމާޔަށް އެނިޢުމަތް ދެއްވީ ﷲކަމަށް އިޢުތިރާފުވާ ޙާލު، ހެޔޮގޮތުގައި ނިޢުމަތުގެ ބޭނުން ހިފުމެވެ. ނިޢުމަތަށް ކުފުރުވުމަކީ، އެނިޢުމަތަކީ ތިމާގެ ކުޅަދާނަކަމުން ލިބިފައިވާ އެއްޗެއްކަމުގައި ދެކެ، ކުޅަދުންވަންތަ އިލާހުމަތިން ހަނދާން ނައްތާލައި، ހިތުހުރި ގޮތަކަށް އެއިން ހޭދަކޮށް އިސްރާފުކޮށް އުޅުމެވެ.

» މަންމާއެވެ. މަޢާފްކުރާށެވެ!
Thursday, June 02, 2011

އަހަރެން އިނީ މީގެ އަހަރުތަކެއް ކުރިން ނިޔާވި އަހަރެންގެ މަންމަގެ މަހާނަ ކައިރީގައެވެ. އަހަރެން އިނީ ހިތް ފުރެންދެން ރޯން ބޭނުންވެފައެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ އުދާސްތަކުން މޭފިތި ބާރުވަމުން ދިޔައެވެ. އަހަރެން އިނީ އެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެފައެވެ. ހިތްފުރެންދެން ރޯލުމަކުން ، އަހަރެންގެ ކުށުގެ ކައްފާރާ އަދާނުކުރެވޭނެ ކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ، ފަހަރެއްގައި މެޔަށް ފިނިކަމެއް ލިބިދާނެކަމަށް އުންމީދު ކުރެވޭތީއެވެ. އެހެނަސް ، އެޔަށްވުރެ އަހަރެންގެ ކުށްފާފަތައް ގިނައެވެ. އަހަރެންނަކީ ނުކިޔަމަންތެރި ، އަނިޔާވެރި ދަރިއަކީމެވެ.

ޞަފްޙާ ނަންބަރު:  < 1 2 3 4  5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި