މުޖުތަމަޢު

» ﷲ ބާވާލެއްވި ޙުކުމާ ޚިލާފަށް ޙުކުމް ކުރުން
Monday, January 09, 2012

މިކަމަކީ މުޅި އިސްލާމީ ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މީސްތަކުންގެ މެދުގައި ޙުކުމްކުރަންވީގޮތް الله އަންގަވާފައިވާއިރުވެސް ކަންތައްތައް ކުރެވެމުންދަނީ އެއާ އެއްގޮތަކަށް ނޫންކަމީ އެންމެންނަށްވެސް އެނގޭކަމެކެވެ. ﷲ ގެޙުކުމާ ޚިލާފަށް ޙުކުމް ކުރާ މީހުންނާމެދު ވަޢީދުގެ ބަސްފުޅުތައް ކީރިތި ޤުރުއާނާއި ރަސޫލާ صَلَّى اللَّـهُ عَلَيْكُمْ ގައި އައިސްފައިވެއެވެ. ބައެއް ދަލީލުތަކުގައި އެފަދަ މީހާއަކީ ކާފިރެއްކަމުގައި އައިސްފައިވެއެވެ.

» އޭމަގޭ އަޚާއެވެ! ހަނދާންކުރާށެވެ!
Thursday, January 05, 2012

އޭމަގޭ އަޚާއެވެ! " ކާމިޔާބު ބޭނުންވާޙާލު ތިބާ ކާމިޔާބުގެ މަގުގައި ނުހިގައެވެ. ހަމަކަށަވަރުން ކަނޑުގެ އުޅަދުތައް އެއްގަމުގައި ނުދުވާނެއެވެ." ކިޔަމަންތެރި މީހުންނާއި ނުކިޔަމަންތެރި މީހުން ﷲގެ ޙަޟްރަތުގައި ހަމަހަމަ ވެގެންނުވެއެވެ. އޭ ﷲ އަށް އުރެދޭމީހާއެވެ، ހަނދާންކުރާށެވެ. ތިބާއުރެދެނީ ﷲގެ ވެރިކަމުގައެވެ. އެއިލާހުގެ ބިންމަތީގައެވެ. އެއިލާހުގެ އުޑުގެ ހިޔާވަހިކަމުދަށުގައެވެ. ފަހެ މީހަކު ތިބާގެ ގޭތެރޭގައި، ނުވަތަ ބާރުހިނގާތަނެއްގައި، ތިބާއަށް ނުކިޔަމަންތެރިވުމަށް ރުހޭނަންހެއްޔެވެ؟ ﷲ އެއިލާހުގެ ރަޙްމަތުން ތިބާދުރުކޮށް، އެއިލާހުގެ ފާފަފުއްސެވުމުން، މަޙްރޫމު ކުރައްވާފާނެކަމަށް ބިރުނުގަންނަނީހެއްޔެވެ؟ ވިސްނާށެވެ.

» އަނިޔާވެރި ވެރިކަމެއްގެ ނިމުން
Monday, January 02, 2012

ފިރުޢައުނުންނަކީ މިޞްރުގައި ދިގު ޒަމާނެއްވަންދެން އަނިޔާވެރި ވެރިކަމެއް ހިންގި ޖައްބާރުންތަކެކެވެ. މޫސާޢަލައިހިއްސަލާމުގެ ޒަމާނުގައި އުޅުނު ފިރްޢައުނު އެބައިމީހުންގެ ތެރޭގައި ހިމެނެއެވެ. ހަނދާން އާކޮށްލަން ބޭނުންވަނީ އަނިޔާވެރި ޖައްބާރަކަށްވެސް ވެރިކަމުގައި ދެމިހުރެވިދާނެ ކަމެވެ. އެކަމަކު ނިމުން އަންނަނީ ނޭނގިހުއްޓައި ހަމަކުއްލިއަކަށެވެ. އެހެންކަމުން، އަނިޔާވެރި ވެރިކަމާ އިދިކޮޅަށް ރޭވިގެން އަންނަ ކަންތައްތަކަކުން ވަގުތީ ގޮތުން ސަލާމަތްވުމަކީ އެކަމާމެދު ފަޚްރުވެރިވާންވި ކަމެއްނޫނެވެ. ލިބުނު ނަޞްރެއްކަމަށް ބަލަންވީ ކަމެއްނޫނެވެ. އަނިޔާވެރި ވެރިކަމެއްގެ ނިމުން ވެގެންދާނީ ހިތި އެއްޗަކަށެވެ. ﷲ އެދިވޮޑިގެންފި މުއްދަތަކަށް އެބަޔަކަށް ވެރިކަމުގައި ދެމިތިބެވި ދާނެއެވެ.

» ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ނިޒާމާ ދެމެދުގައިވާ ތަފާތުތައް
Sunday, January 01, 2012

މިއަދު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހުޅަނގުގެ ޑިމޮކްރަސީ އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފު ކުރުމަށް މަސައްކަތްކުރަމުން އެބަދެއެވެ. މިހެކަމުން މިފުރުޞަތުގައި އެއީ އަޅުގަނޑުމެން ފަދަ އިސްލާމީ މާޙައުލަކަށް ފެތޭ އެއްޗެއްތޯ ބަލާލުމަކީ މުހިއްމު ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. ހުޅަނގުގެ ޑިމޮކްރަސީއާއި އިސްލާމީ ނިޒާމާ ދެމެދު ވަރަށް ގިނަ ފަރަޤުތަކެއްވެއެވެ. އޭގެ ބައެއް ކަންތައްތައް ކުރުގޮތަކަށް ދަންނަވާލާނަމެވެ.

» އޭ ފުރައްސާރަ ކުރާމީހުންނޭވެ. ތިޔަބައިމީހުން އީމާން ވުމަށްފަހު، ތިޔަތިބީ ކާފަރު ވެފައިކަން ކަށަވަރެވެ.
Friday, December 30, 2011

މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އިސްލާމްދީނުގެ ޙުކުމްތަކާއި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތަށް މަލާމާތްކުރުންވަނީ އިތުރުވެގެން ގޮސްފައެވެ. އިސްލާމްދީނާއި ފުށުނާރާހާ ހިނދެއްގައި ޚިޔާލު ފާޅުކުރެވޭނެކަމަށް ޤާނޫނުގައި އަމިއްލައަށް ލިޔެ، އެލިޔުނު ޤާނޫނު ނިވާފަތަކަށް ހަދައިގެން، ތިމާމެން ހިތުހުރި ވާހަކައެއް ދައްކަމުން ގެންދަނީއެވެ.

» މެދުމިނަށް ތާއީދު
Sunday, December 18, 2011

އިސްލާމްދީނަކީ މެދުމިނުގެ ދީނެކެވެ. ރަހުބާނިއްޔަތާއި މާދިއްޔާތުން އެއްކިބާވެ ދުނިޔެއާއި އާޚިރަތް ޝަމިލުވާ ގޮތަށް އައިސްފައިވާ ރަޙުމަތުގެ ދީނެކެވެ.

» ޙާލުގެ ދުލުން...!
Saturday, December 17, 2011

ޡާލިމުންނާ ޙާކިމުން އޮޅި، އަންތަރީސް ހަމަ، ވެއްޖެއޭ، * ޢާލިމުންނާ ޖާހިލުން އޮޅި، ހިތް މަގޭ ހުއްޓިއްޖެއޭ! ދީނުގައިވާ އަޞްލުތަކުގާ، ކޮޅުފައިން ގަސްތުގަ ޖަހާ، * ވީނުބައިހާ ކަންކަމަށް މަގުތައް އެކީ ފަހި ކޮށްފިއޭ! ޥާޢިޡުންގެ ކަރާމަތާ، އަބުރާއި ޝަރަފާ ލޫޓުވާ، * ރާހިބުންނަށް ދީބުގައި ޤަދަރާ ޝަރަފް އެރުވިއްޖެއޭ! އިޤްތިޞާދީ އަދި ސިޔާސީ، އިޖްތިމާޢީ ރޮނގުތަކުން، އިންތިހާއީ ގޮންޖެހުންތައް، ކުރިމަގަށް ނެރެލައިފިއޭ!

» ޗުއްޓީ އެންމެ ހެޔޮގޮތުގައި
Friday, December 09, 2011

ސަޕްރައިޒް ދިނުމުގެ ބޭނުމުގައި އަހުލުވެރިންނަށް އެންގުމަކާނުލައި ކުއްލިޔަކަށް އައުމަކީ ގޯސްކަމެކެވެ. މިހެނީ ދަތުރުވެރިޔާ އެނބުރި އަންނައިރު ވާންޖެހޭ ތައްޔާރީތައް ހުންނާނެތީއެވެ. އަދި އަންނަވަގުތު އަންގާފައި އައުމަކީ މިކަމުގެ އެންމެ ރަނގަޅު ގޮތެވެ.

» ބޭނުމަކީ މީހަކު ނަރަކައަށް ފޮނުވާލުމެއް ނޫނެވެ. އެހެނެއްކަމަކު މީހަކު ނަރަކައިން ސަލާމަތް ކުރުމެވެ.
Wednesday, November 30, 2011

އިސްލާމްދީނުގެ މަޤްޞަދަކީ އެއްވެސް މީހަކު އެއްކިބާކޮށް، ނަރަކަ ވެރިއަކަށް ހަދާލުމެއް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކަށްވެސް ހިދާޔަތު ލިބި، ސުވަރުގޭގެ އަހުލުވެރިއަކަށް ވެގެން ދިޔުމަކީ އެއީ އިސްލާމްދީން އެދޭ ގޮތެވެ. މީހަކަށް ކުރެވޭ ކުށެއްގެ ސަބަބުން އޭނާއަށް ނަސޭހަތް ދިނުމެއް ނެތި، އޭނާއަކީ ކާފަރެއް ކަމަށް ނުވަތަ މުނާފިޤެއް ކަމަށް ނުވަތަ ބިދުއަވެރިއަކަށް ހެދުމަކީ އިސްލާމްދީނުގެ އުޞޫލެއް ނޫނެވެ. މީހަކަށް ކުށެއް ކުރެވުމުން އިސްލާމްދީން ދަސްކޮށްދެއްވާފައިވާ މަތިވެރި އުޞޫލަކީ އެމީހަކަށް ނަސޭހަތް ދިނުމަށެވެ. އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ. ރިވެތި ބަސްތަކުން މުޚާޠަބުކޮށްގެންނެވެ. މީގެ މިސާލު އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަމުން ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ގެންނަވާފައިވާ މޫސާ ޢަލައިހިއްސަލާމާއި ފިރުޢައުނުގެ ވާހަކައަށް ބަލާލަމާ ހިނގާށެވެ.

» ހިޖްރީ އާއަހަރަށް މަރުޙަބާ ކިޔަން ތިބާ ކިހާވަރަކަށް ތައްޔާރު ހެއްޔެވެ؟
Saturday, November 26, 2011

ފާއިތުވެގެންދާ ކޮންމެ ދުވަހަކާއި ކޮންމެ މަހަކާއި ކޮންމެ އަހަރަކީ އަޅުގަނޑުމެންގެ ޙަޔާތުން ފާއިތުވެގެންދާ ދުވަހެއް ނުވަތަ މަހެއް ނުވަތަ އަހަރެކެވެ. އަދި އެއީ އަޅުގަނޑުމެންގެ އަޖަލާއި ގާތްކުރާ ދުވަހެކެވެ. މާދަމާ އަޅުގަނޑުމެން ކުރިމަތި މިލަނީ ހިޖްރީ އާހަރަކާއެވެ. ތިމާގެ ޙަޔާތުން ފުރިހަމަ އެއް އަހަރު ދުވަސް ފާއިތުވެދާހިނދު، މިކަމުން ޢިބްރަތްތަކެއް ލިބިގަންނަން އެބަޖެހެއެވެ. ތިމާގެ ޙަޔާތުން ފާއިތުވެދާ އެންމެ ހިނދުކޮޅަކީވެސް އަނބުރާ ލިބޭނޭ އެއްޗެއްނޫންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ޞަފްޙާ ނަންބަރު:  < 1 2  3 4 5 6 7 8 9 10 >  >> 
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި